ހަރުކަށި ފިކުރުގައި ޖެހިފައި ތިބޭ ޒުވާނުން އެ ފިކުރުން ސަލާމަތް ކުރުމަށް ހިންގާ "ޑީ ރެޑިކަލައިޒް ޕްރޮގްރާމް" ތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދީނާ ދެކޮޅު ޕްރޮގްރާމެއް ކަމަށް ބުނާތީ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިލްޔާސް ވިދާޅުވީ ހަރުކަށި ފިކުރުގައި ޖެހިފައި ތިބޭ ޒުވާނުން އެ ފިކުރުން ސަލާމަތް ކުރުމަށް "ޑީ ރެޑިކަލައިޒް ޕްރޮގްރާމް"ތައް ހިންގަމުންދާ އިރު އެ ޕްރޮގްރާމުން ނަތީޖާ ނުކުންނަމުން ދޭތޯ ސުވާލު ކުރެއްވިއެވެ. އަދި އޭގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ވެސް ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މަހުލޫފް ވިދާޅުވީ ޑީ ރެޑިކަލައިޒޭޝަންގެ ޕްރޮގްރާމް ވަރަށް ރަނގަޅަށް މިހާރު ކުރިއަށް ގެންދެވޭ ކަމަށެވެ.

ނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވަނީ އަޅުގަނޑުމެން ހިންގާ ޕްރޮގްރާމަކީ އެއްވެސް ތާކުންތާކު ނުޖެހޭ އަދި އެއީ އިސްލާމް ދީނާ ދެކޮޅަށް ހިންގާ ޕްރޮގްރާމެއް ކަމަށް ދެއްކުމަށް ކޮޮންމެ ޕްރޮގްރާމެއް ނިމޭއިރަށް މަސައްކަތް ކުރާ ކުރުން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އެ ޕްރޮގްރާމްތަކަށް ދަނީ ވެސް އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރާ ތައުލީމު ހާސިލުކުރައްވައިގެން ތިބި ޝައިހުން ކަމަށެވެ.

"އެހެންވީމާ އެތަނަށް ގޮސް އެ މީހުން ދުވަހަކުވެސް ނަމާދު ނުކުރާށެކޭ ނުބުނޭ. ނޫންނަމަ އަޅުގަނޑުމެން އިސްލާމްދީނުގައި އަންގަވާފައިވާ މުސްލިމުން ކުރަން އަންގަވާފައިވާ ހުރިހާ ކަމެއް ކުރާގޮތަށް ވާހަކަ ދައްކައިފައި ވަނީ. އެކަމަކު ހަމަ އެ ޕްރޮގްރާމް ނިމޭއިރަށް އެ ތަނުގައި ކިޔައިދީފިއޭ ނަމާދު ނުކުރާށޭ. ޝަހާދަތް ކިއުމަކީ ގޯހެކޭ. މި ކަހަލަ ވާކަތަކެއް ދައްކައިގެން ރައްޔިތުންގެ ހިތްތަކުގައި އަސްލު އެ ޕްރޮގްރާމާ މެދު ބަލައިގަނެފައި އޮންނަ އޮތުން ބަދަލުކުރަން. އޭގެ ވިސްނުން ބަދަލުކުރަން،" މަހްލޫފް ވިދާޅުވިއެވެ.

"އެހެން ނަމަވެސް މި ފަހުން ވެސް ހަމަ ނ. އަތޮޅުގައި ހިންގި ޕްރޮގްރާމްގައި ހަމަ ތިން ހަތަރު ރަށެއް ބައިވެރިވެގެން ހަމަ ވަރަށް ރަނގަޅު. އޭގެ ތެރޭގައި ކުޑަކުދިންނާއި ކައުންސިލަރުންނާއި މައިންބަފައިންވެސް ބައިވެރިވެ ރަނގަޅު ނަތީޖާއެއް ނުކުންނަ ކަމަށް ގަބޫލު ކުރަން"

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަގީގަތް

    މައްސަލައަކީ ރައްޔިތުންނައް ލާދީނީ ބަޔަކު ވެރިކަމައް ގެނައިކަން

    37
  2. މަރީ

    ޔޯގާ ކަންތައް ކުރިއަށް ބާރަށް.

    17
    5
  3. ޑައެލޯގް

    މަހުލޫފުނަހަދާނެ ތެދެއް އެކަމުގެ ހެކިމިދެނީއެވެ. މަހުލޫފުވަނީ އޭނާދުވަހަކުވެސް އެމްޑީޕީއަކަށް ނުވަންނާނަމެވެ. އަދިބުނީވެސް ވަރަށްގަދަބަހަކުންނެވެ.

    28
  4. ހުސޭނުބޭ

    ކޮންމެވެސް މީހަކު ޑީ ރެޑިކަލޭޝަންގެ ދަށުން މިސޮރަށް ޝަހާދަތްލާދީބަލަ! މިހެން ބުނީމާ އެމްއެމްޕީއާރުސީގެ ޑޮލަރުބޮނޑި މިސޮރަށް ނުދައްކާތި.

    11
  5. ރިޔާ

    ލާދީނީ މީހުނަށް ކިޔަވާއި ދެވޭނީ ތިބުނާހެން ނަމާދު ނުކުރުމާއި ދީނީ ކަންކަމާދުރު ހެލިވާން

    10
  6. ސސ

    ކޮންމެ ނަމެއްކިޔަސް ހަރާމް ކަންކަން ހަރާމްވާނެ މޮޅެތި ނަންކިޔާއިގެން ރައްޔިތުންނަށް އޮޅުވާލަން އުޅެނީ ހިންޏަށް ހަކުރު އޮޅުވާލަން ލޮނު ޖަހައިގެން އުޅުނަސް އެކަމެއް ނުވާނެ !

  7. Anonymous

    އެންމެބޮޑު މއްސަލަ އަކީ ކަލޭވަރުގެ ގޮތެއްނެތް މީހަކު މިނިސްޓަރަކައް ލާފަ ރައްޔަތުންގެ ފައިސާއިން މުސާރަލިބޭކަން

    13
  8. ޙަސަން

    އެހެން ބުނަންޖެހެނީ ކަލޭމެން ޑިރެޑިކަލައިޒްކޮށް ނިމޭއިރު މިހާއޮންނަނީ ނަމާދެއް ނުކޮށް މަސްތުވެގެން ބުދެއްދޮށު ޒިނޭކުރުން.