ކްރޮއޭޝިއާގެ އޮޕާޓިޖާގައި ބޭއްވި އެޑްރިއާ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހްލޫފު (އެލީ) ރިހި މެޑަލެއް ހޯދައިފިއެވެ.

އެގާރަ އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކޮށް، ލައިބާ ރިހި މެޑަލް ހޯދީ މިކްސްޑް ޑަބަލްސް އިވެންޓުންނެވެ. ލައިބާއާ އެކުގައި ކުޅެފައި ވަނީ ސްލޮވީނިއާގެ މެޓިޗް ކެންޒް އޮގޯރެލެކްއެވެ.

ލައިބާ އާއި މެޓިޗް ފައިނަލުން ބަލިވީ ސްލޮވީނިއާގެ މާކް ޕޮގާސާ އާއި ޕިއާ ކްރިޒްމަނިކްގެ އަތުންނެވެ. ލައިބާގެ ޕެއާ ވަނީ ސެމީ ފައިނަލްގައި ސްލޮވީނިއާގެ މިޝަލް މަޓޭއިކާ އާއި އަޑޭލާ މަލަކޯވާގެ ޕެއާ ބަލިކޮށްފައެވެ.

މި މުބާރާތުގައި ލައިބާ ވަނީ ސިންގަލްސް ކެޓަގަރީން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެކަމަކު، އޭނާ ބަލިވެފައި ވަނީ ސްލޮވީނިއާގެ ޕިއާ ކްރިޒްމަނިކްއާ އަތުންނެވެ.

ރިހި މެޑަލް ހޯދުމުގެ އިތުރުން އެލީ ވަނީ މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގައި ސްލޮވީނިއާގެ ޕެއާއެކު ކުޅެ ލޯ މެޑަލް ހޯދައިފައެވެ.

އެލީ ވަނީ އިޓަލީގެ ބޮލްޒާނޯ ސިޓީގައި ކުރިއަށްދިޔަ ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ދެ އިވެންޓެއްގައި ލޯ މެޑަލް ހޯދައިފައެވެ.

އެލީއަކީ މިހާރު ބެޑްމިންޓަންގައި ތަފާތު ދައްކަމުން އަންނަ މޮޅު ކުޅުންތެރިއެކެވެ. ސަރުކާރާއި، ބެޑްމިންޓަން އެސޯސިއޭޝަންގެ މާލީ އެހީއާ ނުލައި އެލީ ދަނީ ރާއްޖެ ފަހުރުވެރިކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލީދީދި®

    އެލީއަށް މަރުޙަބާ!
    އެކަމަކު މިއާރޓިކަލްގަ މިބުނާ "ސަރުކާރާއި، ބެޑްމިންޓަން އެސޯސިއޭޝަންގެ މާލީ އެހީއާ ނުލައި އެލީ ދަނީ ރާއްޖެ ފަހުރުވެރިކޮށްދެމުންނެވެ." .....

    ޑެޑީ މުސާރަ ނަންގަވަނީ ސަރުކާރު މެދުވެރިވެގެން ރައްޔިތުންގެ އަތަކުން ނޫންތޯ؟
    ވީމާ ދިވެހި ރައްޔިތުންނަށްވެސް ޝުކުރު ހައްގުނުވޭތޯ؟

    "ދިވެހި ލޮބުވެތި ރައްޔިތުންގެ ދީލަތި މާލީއެހީ އާއިއެކު އެލީ ދަނީ ރާއްޖެ ފަހުރުވެރިކޮށްދެމުންނެވެ.".... މިގޮތް ކަޑަ؟

  2. Anonymous

    މަރްޙަބާ ކުޑަކުޑަ ޕްރިންސެސް

    3
    5
  3. ލޫޓުވާވ

    ބަދަލުގައިި ބައްޕަދަނީ މާލީއެހީ ނަގަމުން.

    13
    1
  4. ޅައިލާ

    ރާއްޖޭގައި ތިއަށްވުރެމާ މޮޅަށް ބެޑްމިންޓންކުޅޭ ކުދިން ތިއްބާ ލައިބާ އަށް ތިފުރުސަތު ލިބުނު ގޮތެއް ބުނެދޭންޖެހޭ.

    18
    1
    • އަލިކޮއި

      ކޮރަޕްޝަނޭ، ކޮރަޕްޝަނޭ %100 ކޮރަޕްޝަން.. ކޮރަޕްޝަންގެ އައްޕަ.. ކޮރަޕްޝަންގެ ބޭބެ، ކޮރަޕްޝަންގެ އަމޯ، ކޮރަޕްޝަން ކޮރަޕްޝަން..