މި ސަރުކާރުން މާލެ ސަރަހައްދުން މީހުންނަށް ގޯތި ދީފައިވަނީ އިންސާފުން ކަމަށް ޔޫތު މިނިސްޓަރ، އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން އާންމު ކުރި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓުވިޓެއްގައެވެ.

އެގޮތުން މަހުލޫފު ވިދާޅުވީ، 10،000 އަށްވުރެ ގިނަ މީހުންނަށް ގޯތި ދޫކޮށް ވަގުތީ ލިސްޓެއް އާއްމުކުރުމުން، މިދިޔަ ދެތިން ދުވަހު ތެރޭގައި ޝަކުވާ ގޮތުގައި ނޫނީ ކަންބޮޑުވުންތަކެއް ގޮތުގައި ފެނުނީ 20 ވަރަކަށް ކަންތައް ކަމަށެވެ.

ވަގުތީ ލިސްޓަކީ ގޯހެއް އޮތްނަމަ ޝަކުވާ ހުށައަަޅާ އެކަމެއް އިސްލާހުކުރަންދޭ ފުރުސަތެއް ކަމަށާއި މިވަރުގެ ބޮޑު ލިސްޓަކުން މިހާ މަދު ކަންކަން ފާހަގަކުރެވުމުން ސަރުކާރަށް ވަރަށް ރަނގަޅު މަސައްކަތެއް ކުރެވިފައިވާކަން ހާމަވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ވަކި ޕާޓީއެއް ވަކި އާއިލާއެއް ތަފާތުނުކޮށް ޝަރުތުހަމަވި ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއި އިންސާފުން ގޯތި ދީފައިވާކަން އެއީ ބަދަލުނުކުރެވޭނެ ހަގީގަތެއް." މަހުލޫފު ވިދާޅުވިއެވެ.

'ގެދޮރުވެރިޔާ ކޮމިޓީ' އިން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި ރާއްޖެއަށް ރައްވެހިކަން ބަދަލުކުރި ބޭރު ތިން މީހަކަށް ގޯތި ލިބެއެވެ. އެކަމާއި ގުޅިގެން ޕްލޭނިން މިނިސްޓްރީން ވަނީ ދާއިމީ ލިސްޓް ނެރޭއިރު، އެފަދައިން ދިމާވެފައިވާ މައްސަލަތަކާއި ޝަކުވާތަކަށް ބެލުމަށްފަހު، އެކަންކަން އިސްލާހު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޖާނޭ

    މަހޭ ނެތިދާނޭ. އެލޯބިން ދިވާނާ. އެފަރި ފަރި މޫނު އުޖާލާ. ބޮޑު ދޮގުވެރިއެއް

    32
    2
  2. ކާސިމް

    މަހުފޫޅު ފާޅުވެއްޖެ..........

    36
  3. އަލީ

    ކަލޭ އެމްއެމްޕީއާރުސީގެ 33މިލިޔަންޑޮލަރު އަދީބުއަތުން ކަލޭކައްވާލީވެސް އިންސާފުން. ބޮޑުޗޯރު.

    37
  4. މާމީ

    އިންޑިއާމީހުނައް ހީވާނީ މީތިމަންނަގެ ގައުމެއް ކަމައް

    33
  5. މުހަންމަދު

    ތިކަލޭގެގެ ސިކުޑިރަގަޅުތޯ ބަލަން ޖެހޭ……

    34
  6. ޢެމްއެސް

    މައްސަލަ ކިތަންމެހާވެސް ބޮޑު ރައްޔިތުންގެ ފައިސާއިން ބޮޑުޚަރަދުކޮށްގެން ހިއްކާބިން ހަމައެކަނި މާލޭމީހުނަށްދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން ހިލޭބިންދެވޭނީ އެބަޔަކު އުފެދުނު ރަށެއްގައި ހުންނަ ހުސްބިމުން އެކަނި ސަރުކާރުން ބޮޑުޚަރަދު ކޮށްގެން ހިއްކާބިމަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ ޙައްގު ބިން ވިމާ އެބިން ހިލޭ ހަމައެކަނި މާލޭމީހުނަށް ދިނުމަކީ ބޭއިންސާފެއް ހަމަ އެންމެ ރަގަޅުގޮތަކީ ބޮޑުޚަރަދުކޮށްގެން ހިއްކާބިން ވިއްކުން ނުވަތަ ފްލެޓް އަޅާފައި މާލޭގައި ބޯހިޔާވަހިކަން ނެތް މީހުނަށް ފުލެޓްގެ އަގު ހަމަވަންދެން މަހުންމަހަށް ކުލިދައްކާގޮތަށް ދިނުން ފުލެޓް ދިނުމުގައިވެސް ވަކިބަޔަކު އިސްތިސްނާކުރުމަކީ ގޯހެއް

    22
    4
  7. ަަައަޑޭ

    ލޮލައް މިރުސް އެޅިފަތަ، އިންޑިއާ އެންމެންނަކީ ވެސް ހަމަ ސަރުތު ހަމަވާ މީހުންތޯ....ސާބަސް މަގާމް ބޭނުންވިޔަސް ބޮޑުވަރުތީ..މިނޫންދުވަހެއް ވެސް އެބައޮތްކަން ހަދާންކުރޭ.ﷲ އަށް ބިރުވެތިވޭ

    32
  8. ހަގީގަތް

    ކަލެޔައް އިންސާފުވާނެ މިތާތިބި ނިކަމެތިންނަކަށް އިންސާފެއްނޫން

    33
  9. ޑރ ސާޖީ

    މިޔަށްވުރެއް ނާއިންސާފުން ކުރިކަމެއް މަ ނުދެކެން.

    36
    1
  10. ފަޓާސް

    މީތަ އިންސާފު ކަނޑައަޅާ މީހަކީ. ހަރާމް ކޯރުވުމުގެ އިންސާފު ކަނޑައަޅާދީބަލަ

    19
  11. ޑޮންޑޮން

    ގެއެއް ލިބުނީމަ އެހެން ދޯ ބުނާނީ

    15
    1
  12. 1100

    ބޮޑު އަނގަ ދުވަސްކޮޅެއް ފަހުން ފާޅުމިވީ ކީއްވެބާ؟ އެމްއެމްޕީއާރްސީ ޗޯރު

    21
  13. ފާތުން

    އެއީ ތެދެން ގަބޫލް ނުކޮށްފީޔާ ސަރުކާރު އޮރިޔާން ކުރާނެ

    23
  14. ބޮންދު

    ބޭރުމީހުންނަށް ގޯތިދޭ ސަރުކާރު ﷲ ރަހުމަތުން މިފަހަރު ބޭރުކޮށް މަހުލޫފަށް ކުޅިދަށްކާތަން ފެންނާނެ މަހުލޫފުގެ މަށްސަލަވެސް ސަރުކާރަށް ނުބެލުނީ ސަރުކާރު އޮރިޔާންކުރަންބުނީމަ އެހެންވީމަ އެބައެނގޭ ސަރުކާރު އޮތީ މިހާރުވެސް އޮރިޔާމުންކަން.

    12
  15. އއ

    މިވެސް ލަދުހަޔާތް ނެތްމީހެއް! މިހާރު ވަރައް ޔަގީން ......އަންނަވޯޓު ލަދެއް ޖެހިލުމެއްނެތި ސަރުކާރުން އޮޅުވާލާނެ ކަމާދޭތެރޭގަ. ! މިސަރުކާރު އޮވެގެން އިންސާފުވެރި އިންތިޙާބެއް ނުބާއްވާނެ. !

    11
  16. މަރުމޯލު

    މަހޭގެ ބެސްޓް ފުރެންޑް ދަރިއަށް ސްޕޯޓްސް އެވޯޑް ބަހާލި ގޮތަށް ގޯތިވެސް ބަހާލީ

    10
  17. ސާސް

    އިބޫއަށް ލަނޑު ދޭން ބަޔަކު ކުރިކަމަކާ ބޮޑަށް ވައްތަރީ ބޭރުމީހުންނާ މަރުވެފަ ތިބި އެތައް ސަތޭކަ މީހަކު ހިމަނައިގެން ގޯތި ދިނީމަ ރައްޔިތުން މިހާރު މިތިބި ވަރަށް ރުޅި ގަދަވެފަ ގޯތިދިނުން ވެގެން ދިޔައީ އެތައް ހާސް ބައެއްގެ ނަފްރަތާއި ރުޅިވެރިކަން އިންތިހާ އަށް އިތުރުވިކަމަކަށް ، މިކަމުގެ ސަބަބުން ވޯޓު ވަނީ މަދު ދެރަކަމެއް، ސަރުކާރުގެ އިދާރާތަކުގަ އަންނިގެ މީހުން ތިބެގެން ސޯލިހަށް ލަނޑުދެނީކަމަށް ވަރަށް ހީވޭ. އެހެންނާ ފަހެ އޮޅިގެން ބޭރުމީހުންގެ ނަން ގޯތި ލިސްޓަށް އަރަން ޖެހޭތަ ، އަދި މަރުވެފައިވާ ތިން ގަތަރު މީހުންގެ ނަން އަރާފާނެ އޮޅުމަކުން އެކަމަކު އެތައް ސަތޭކަ މީހުންގެ ނަން އޮތީމަ އަކްރަމް އަސްލަމްގެ ނިޔަތް ރަނގަޅު ނޫންކަން ކަށަވަރުވެ. ރައީސް ސޯލިހަށް ހާދަ ބޮޑު ލަނޑެކޭ އެދިނީ ދެރަކަމެއް.

  18. އަހްމަދު

    ގޯތި ދިންގޮތުން ފީފާގެ ރައީސް ކޮސްވިޔަށް އަހަރުމެން ކޮހެއްނުވޭ! ކަލޭ ބުނީމާ އަހަރުމެން ޖެހޭނީ ޤަބޫލު ކުރަން! ކަލޭމެން ދުވަހަކުވެސް ގޯސްކޮށް ކަމެއްނުކުރާނެ! ރުމުގެ ލޮލަކަށް އައިބެއް ނުފެންނާ މީހަމަ ތެދެއްކަން މިމީހުން ސާބިތު ކޮށްދެނީ!!!

    10
  19. ޙާމަ

    މަހުލޫފު ބުނި ޓީވީ އައް އަރާއިދެ މިވެރިކަން ގެންނަން އުޅުނުދުވަސްވަރު، މާލޭގަތިބި ބޯހިޔާވަހިކަމުގެ ދަތިކަން ލިބިިފަވާ އެންމެން ބަަލާފަ އެގޭގެއައްވަދެ އަތުގަ ހިފާފަ ގެންގޮސް މިސަރުކާރުން ދޭ ފްލެޓްތަކައް އެމީހުން ވައްދާނެވާހަކަވެސް..އަދި ވެސް އެނިކަމެތި މީހުން ތިބީ ހަމަ އެހާލުގަ...ފްލެޓް އާ ގޯތި ދިނީ ގެދޮރު ހުރިމީހުނައް...މިހާރަކު ދެން ތި މަހުލޫފުމެން ބުނާ އެއްޗަކައް އަހަރުމެން ވޯޓެއް ނުދޭނަން...

    10
  20. Anonymous

    ކަލޭމެން ދުނިޔޭގެ ބާކީ ބައި އަތުން ފައިން މަސައްކަތެއް ނުކޮއް އުޅެވޭވަރު ކޮއްފަ ތިޔަހެން ކިއިދާނެ ، ގޯތިތައް ދީފަ ހުރީ ކަލޭމެންގެ މީހުނައް މަހުޖަނުންނައް.

  21. ސިނާ

    އެދުހު ކަލޭ ބުގޭޔާ އެކުގޮސް ސައިކަލުގައި ގެނައީ ރިޝްވަތުގެ ކަޅުފައިސާދޯ! ލާރި ކޮތަޅު ގެޔައް ވެއްދިގޮތައް ހުސްކޮތަޅު ބޭރައް އައީ މުނާފިގު ފައިސާ އަށް ޖިސްމުވެސް ވިއްކާލާނެ މީހެއް ކަލެޔަކީ މަހޭ ނެތިދާނޭ، އަދި ލާރިކޮޅެއް ދިނީމަ އަނބިދަރިންވެސް ވިއްކާލަން ފަސްނުހ
    ޖެހޭނެ ކަހޭ ކަލެއެއް

  22. ބޮޑުވަރިހަމަ

    މަހުލޫފުގެ އިންސާފަކީ އިބޫ

  23. މުންނު

    ގޯތި ލިސްޓް ގަ މައްސަލަ ތަކެތް އެބަހުރި

  24. Anonymous

    ޤިޔާމަތްދުވަހުން އިންޞާފު އެނގޭނެ އެދުވަހުން ތިހެންގޮވާނެ އަނގައެއް ނޯންނާނެ. ތިވެރިން އެދުވަހުން ހިތާމަކުރާނެ. ދައުލަތުގެ މުދާ ހިތުހުރިގޮތަކަށް މި ބަހާ ހުސްކޮށްލަނީ.

  25. ޜައްޔިތުމީހާ

    މިސަރުކާރުގެ ބައެއްބޮޑުން މީރުވަނީ ޕޯޗްގަލް ބެލްޖިއަމް ޔޫކޭއިން ގެގަނެފަ އިންތިހާބު ކާމިއާބުނުވެއްޖެނަމަ ފިލަން ރައްޔިތުން މިވެރިންނާދޭތެރޭ ވަރައްސަމާލުވާންޖެހޭ

  26. އަބްދޫ

    ގޯތި ދީފަ ހުރީ އާއިލީވޯޓްގެ ރިސްވަތުގެ 10 މިލިއަނ ރުފިޔާގެ ރިސްވަރުގެ ގޮތުގަބާ؟

  27. ޗުކި އާދަނު

    ކަލޭ ރ.މީދޫގަ އަޅާ ގަޑުވަރު އިންސާފު

  28. އާތިފް 154 އަކަފޫޓުއޮތް ފުރަމާލެ ރައްވެއްސެއް

    ހިތާމަޔަކީ މަގޭ ދެފަރާތުގެ ކާފަމާމަ ވެސް މާލެ ވާަރުތަ އަރަމުން ގޮސް މާލޭގެ އެއް ދިމާލަކުން އެބަލިބެން އޮތް 82 އަކަފޫޓު އަދި އަނެއް އަވަށުން ލިބޭނެކަމަށް ބެލެވޭ 53 އަކަފޫޓް އަދި މާފަންނުން ބައްޕަނިޔާވުމުން މިހާރު އެގެއިން ވާރުތަ ވެއްޖެ 154 އަކަފޫޓު ސުވާލަކީ އަންބަކާއި 15 އަހަރުގެ ދެ އަންހެން ދަރިން ގޮވައިގެން މަ ކިހިނެއްހޭ އުމުރުގެ ބާކީ ދުވަސްތައް ހޭދަ ކުރާނީ މަށަކީ މަހުލޫފް ގޮތައް ފެލި ފެލި ދޮގުވިއްކައިގެން ވަޒީފާގައި ހުރިމީހެއްނޫން އެކަމުވެސް ތިޔަބުނަނީ ހަމަ ލިސްޓް މައްސަލައެއް ނެތޭ "ހޭބަލިވެދާނެ"

  29. ޝެލަރީ

    މީނަ މުއްސަނދިވި ގޮތެއްވެސް އަންނަ ސަރުކާރުތަކުންޖެހޭބަލަން

  30. ޝެލަރީ

    މީނަ މުއްސަނދިވި ގޮތެއްވެސް އަންނަ ސަރުކާރުތަކުންޖެހޭބަލަން ވަގުންގެލިސްޓްގަ އެބައިން

  31. ގުދުގުދާބެއްޔާ

    މާލޭ މީހުންނަށް ގޯތި ދޫކުރީ އެހެން ރައްރަށުގެ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ދޭ އުސޫލުން މާލޭ މީހަކައް ވީތީ ގާނޫނުން ތަފާތު ނުކޮއް! ދެން ރައްރަށުގެ މީހުން ކުރާ ސުވާލަކީ ރާއްޖެތެރޭ ރައްރަށާ މާލޭގެ ބިމާ އަޅާ ނުކިޔާނެކަމަށް! މިއީ މުޅިން އެހެން ވާހަކައެއް! މާލޭ މީހުން ކުރިކަމަކުންތަ މާލޭ ބިމުގެ އަގުއެރީ! އެގޮތައް ބަލާނަމަ ކ.މާފުށިން ހިއްކިބިން އެރަށުގެ މީހުންނަށް އެކަނި އެދިނީ! އެބިމަކީ މާލޭގެ އެއް އަވަށް ކަމުގައިވާ ހުޅުމާލޭގެ ބިމައްވުރެންވެސް އަގުބޮޑު. މަހުލޫފު އެބުނީ މިވާހަކަ! ދެން އޮތީ ދަފްތަރުގެ ވާހަކަ ދަފްތަރުގެ ގިނަ މީހުންނަކީ ހަޤީޤަތުގައި މާލޭ ގެ ރަށްވެރިންނެއްނޫން!އޭގެ ތެރޭގައި ވަރަށް މަދު ހަޤީޤީ މާލޭމީހުން.