ކުރިން ޕީޕީއެމްގެ މެޖޯރިޓީ އޮތް މ. އަތޮޅު މިހާރު އޮތީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް އެގޮތަށް ވިދާޅުވީ ރައީސް ސޯލިހުގެ ކެމްޕޭންއަށް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުތަކަކަށް ފަހު ކުރެއްވި ޓުވީޓެއްގަ އެވެ،

މަހުލޫފްގެ އެ ދަތުރުގައި ވަނީ މީމު އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.

އަދި މ. އަތޮޅުން އެންމެ ފަހުން ވަޑައިގެންނެވި ދިއްގަރަށް ކުރެއްވި ދަތުރުފުޅަށް ފަހު މަހުލޫފް ވިދާޅުވީ ގިނަ ބިޔަ މަޝްރޫއުތަކެއް ފެށިފައިވާ ކަމަށެވެ. އަދި މިހާރު އުއްމީދު ހުރީ އެ މަޝްރޫއުތައް އަވަހަށް ނިންމުަމަށް ކަމަށް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީގެ ވޮލީ ކޯޓު ނިމި އަދި ފުޓްސަލް ދަނޑު ނިންމަން ބޭނުންވާ ސާމާނު ވެސް ދިއްގަރަށް ގެންދެވިފައިވާ ކަމަށެވެ.

"މ އަތޮޅަކީ 2018 ވަނަ އަހަރު ރައީސް [ސޯލިހު] އަށް މެޖޯރިޓީ ނުލިބުނު އަތޮޅެއް ވިޔަސް އިންޝާ ﷲ މި ފަހަރު ތަފާތު ބޮޑުކޮށް ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ.". މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވަޑައިގަތް ދިއްގަރަކީ ހޯމް ސްޓޭ ފަތުރުވެރިކަން މި ސަރުކާރުން އެންމެ ފުރަތަމަ ތައާރަފް ކުރި ރަށް ވެސް މެއެެވެ. ނަމަވެސް ހޯމް ސްޓޭއަށް ފަތުރުވެރިންގެ ފަރާތުން މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ދިއްގަރުގެ އިތުރުން މ. ރަތްމަންދޫގައި އަޅާ ފުޓްސަލް ދަނޑުގެ މަސައްކަތަށް އިޝާރާތް ކުރައްވައި މަހުލޫފް ވިދާޅުވީ އެ ރަށުގައި ހިންގާ މަޝްރޫއުތަކުން ވެސް ސާބިތުކޮށްދެނީ މިސަރުކާރުން ކުޑަރަށެއް އަދި ބޮޑުރަށެއް ތަފާތު ނުކުރާނެކަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މާމީ

    އޮލާލަބަލަ މަރައް ތެޅެނީ

    27
  2. ލުޓޭރުންގެ ސަރުކާރު

    ކުރިން ޕޕމ އާއެކު ހުރިމީހެއް މަހުލޫފަކީވެސް ކުރިން މމޕރސގެ ޙިޔާނާތުގެ ދައުވާއުފުލުނު މީހެެއ މަހުލޫފަކީ.. ކުރިން މަހުލޫފުވިދާޅުވެފަވަނީ ތިމަން މަނިކުފާނު މޑޕއަށް ސޮއިކުރާނީ ހޭނައްތާފަކަމަށް ހޭއަރާއިރަށްއެބުރި ޕޕމއަށް އަންނާނެކަމަށް..އެހެންވީމަ ކުރިންވެފަހުރި ވަރަށް ކަންތައްތަ މިހާރު ބަދަލުވެއްޖެ..މަހުލޫފު މިހާރު ތިހުންނެވީ ހޭނެތިފަ ހޭއަރާ އިރަށް ޕޕމއަށް އަންނާނެ...މމުގެ މ ޖޯރިޓީވެސް ޕޕމއަށް އަންނާނެ..

    31
    2
  3. ބަކުރު

    ކުރިންގަޅޮޅު ދަނޑު މިހާރުބަދަލުވެ އޮތީ ބޮޑު25 ބުރީގެ ސްޓޭޑިއަމެއް އައްނަނީ ޗޯރުންގެ ނިމުން މާފުއްޓައް އޭރުގެންދިޔައީ އިސްލާހުކުރަންމަރުކަޒައް މިފަހަރު ގެންދާނީ ކުޑަގޮޅިއައް ޑޮލަރުބޭރުކުރަން އެތާ އޮރިޔާންކުރަން ބުނިއަސް ބިރުގަނެ ދޫކުރާނެބަޔަކުނުތިބޭނެ އިބޫގެ ދައުލައްއޮރިޔާކުރަންބުނީމަ ޕީޖީފައިލްބޮނޑިނެގިހެންނަގާނެ

    32
  4. މިތުރު

    އެންމެންތިބީ މަހުލޫފްޓީމާއެކު. ނަތީޖާއަށް ބަލާތި. ބޮޑެތިމާވަގުން

    21
    1
  5. މ. އަތޮޅު

    ކޮސްގޮވަނީތަ؟ ހަމަހޭގަތަ ތިހުރީ! މ. އަތޮޅަކީ ޕޕމ އަތޮޅެއް އެޔަކަށް ބަދަލެއް ނާންނާނެ! ރަށްރަށަށް ރޭގަނޑުގެ ވަގުތު ތަކުގާ އަރާތީ ތިބޭފުޅާ އަށް ތިކަން ނޭންގިގެން ތިޔައުޅެނީ!

    31
  6. ޖަވިއަނި

    ކަލޯ މޮޔަ ނުގޮވާ ކައްޒާބު

    30
  7. ރާފިޔު

    ވޯޓުލީމަ އިގޭނެ .ސޮރީ ސޯލިހް

    32
  8. ހުސޭނުބޭ

    ސަރުކާރުގައި އުޅޭ އަލިފާން ކާ މީހުން އޮޅުވާލަން ނިކަން މޮޅު ވާހަކަ ދައްކާނެ!

    31
  9. ކޮވިޑް

    ތިފެންނަނީ މަހުލޫފަށް ނަނާ ހުވަފެނެއް އިންޝާﷲ ލާހިކު ކުޅަދާނަ ވެގެން ނުވާނެ ތިކަން ކުރާކަށް އަހަރެމެން އިންޝާﷲ ތިޔަހެން ގްބޯނެހެއްދޭނެ މަހުލޫފް

    33
  10. އަޖައިބެއް

    5 އަހަރުތެރޭ އެއާރޕޯޓެއްނޭޅުނު

    20
  11. އިކުރާމު

    އެހެން ރައީސުން ދައުރު ނިމެން ހެދީމަ ދާނީ ރެބަން ކަނޑާލަން މީނާ އަދިވެސް ވައުދުވަނީ ކުރިން ވީވައުދުތައް ނުފުއްދާ

  12. އަދުހަމު

    މީމު އަތޮޅުގަވެސް އެބައުޅެ ދާދި ފަހުން ރައްވެހިވެފައިވާ ބައިވަރު ބޭރުމީހުން ވޯޓުލެވޭގޮތައް

  13. ދަރަނި ދަންތުރަ

    މީމު އަތޮޅު މީހުން ބޭނުމެއްނުވޭ މަކަރާއި ޙީލަތުން ޑޮލަރު ބިޒިނަސް ކުރާ ހާއިނުންނެތް ކަލޯމެންގެ ސައިޒު ފެއްނާނެ ސެޕްޓެމްބަރު މަސް ނިމޭއިރު ޖަލަށް ދާން ތައްޔާރުވޭ މަހޭ

  14. ހިންނަވަރު ޖޫލީ

    ކަލޭ ތިހެން ބުނި މޫންބޭ ކާރީގަ ވުރެވެސް ، ޔާންޓޭ ކާރީގައި ހުރެގެން ގެންވެސް ، ކަލޭ ދުލުން ބުނެފިއްޔާ ދާނީ އިދިކޮޅަށް . ބޮޑު ފޫވިހައެއް