ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ސުލައިމާން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ރުހުން ދެއްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކޮށްފައިވާ މަޖިލީހުގެ ޖަލްސާގައި ސުލައިމާނަށް ރުހުން ދިނުމަށް މަޖިލީހުން ފާސް ކުރީ ހާޒިރުވި 32 މެންބަރުންގެ އިއްތިފާގުންނެވެ. މިއަހަރު މަޖިލިސް ހުޅުވި ޖަލްސާއަށް ފަހު އިދިކޮޅު މެންބަރުން މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.
ސުލައިމާން އީސީގެ ރައީސްކަމާއި މެންބަރު ކަމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެެވެ.
އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ.
އެންއައިސީ އަކީ ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ މުއައްސަސާތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.
މިއަދު މަޖިލިސް ޖަލްސާގައި ވަނީ ޖަޕާނުގެ ސަފީރު ކަމަށް ވެސް ބޭފުޅަކު އައްޔަން ކުރަން ވެސް ރުހުން ދެއްވާފައެވެ. މަޖިލީހުން ރުހުން ދެއްވީ ޖަޕާނުގެ ސަފީރު ކަމަށް މ.ފޭމަންސް، އިބްރާހީމް އުވައިސް އައްޔަން ކުރަންށެވެ. އޭނާ އަށް ރުހުން ދިނުމަށް 31 މެންބަރުން ވޯޓް ދެއްވިއެވެ.
ޖަލްސާގައި ބައިވެރިނުވާ މަޖިލީހުގެ މެންބަރުންނަށް މުސާރަ ލިބޭ ދެއްތޯ ބަރާބަރަށް.. މަދުނުވޭ؟ ދެން މިމީހުން ރައްޔިތުންނޭ، ޤައުމޭ ކީމަދެން ހިނި އަންނަނީ..
އެނގޭ މާކުރިންވެސް.
މަރުހަބާ ރީދުލޭމެންގެ ނުބައި ނުލަފާ ލާދީނީކަމުން މި ގައުމު ސަލާމަތްކޮއްދެއްވާ.... ޝޭހު އިލިޔާސް ބުނީ ލާދީނީ ކިޔޭނޭ...
ސުލޭ އަށް ވުރެ އިންޓެގްރިޓީ ބޮޑު މީހެއް މިއުޑުދަށުގައި ނެތް..