މާލޭ ސިޓީ ކައުންސިލްއިން ގަސް ވިއްކާ މައްސަލަ ބަލާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

އަލީ ނިޔާޒް އެގޮތަށް ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ
ގަނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގެ ތެރެއިން އެެވެ.

އަލީ ނިޔާޒް ވިދާޅުވީ މިހާރު މާލޭ ސިޓީ ކައުންސިލްއިން ވިޔަފާރި ކުރަމުންދަނީ ގަވައިދާ ހިލާފަށް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްއިން ވަނީ އެ ކައުންސިލްއިން ހިންގަން ނިންމާފައިވާ "އެއް ލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓައި ހައްދައި ގަސް ވިއްކަން މާލޭގެ ކާނިވާ ސަރަަހައްދުގައި ފިހާރައެއް ހުޅުވާފަ އެވެ.

ގަސް ވިއްކުމުގެ ވިޔަފާރިއަށް ވަނުމުން ފާޑު ވިދާޅުވެ އަލީ ނިޔާޒް ވިދާޅުވީ ކައުންސިލްތަކަށް ވިޔަފާރި ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް ވިޔަފާރި ކުރަން ވާނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީކޮށް އެ ކުންފުނީގެ ހުއްދަ ލިބިގެން ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި މާލޭ ސިޓީ ކައުންސިލްއިން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އަދި ނުއުފައްދާ، ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދާ އިރުގައި ހުއްދަ ދޭ ބައެއް ކަންތައްތައް އެބަހުރި. މާލޭ ސިޓީ ކައުންސިލްއިން މާލޭގައި އެތައް ބަޔަކު ކުރާ ވިޔަފާރިއަކަށް އަރައިގަނެވޭ ގޮތަށް އެ ހުއްދަ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދޭނެ ކަމަކަށް އަޅިގަނޑު ގަބޫލެއް ނުކުރަން" އަލީ ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަސް ވިޔަފާރި ކުރެވޭނެ ގޮތަށް ހުއްދަ ދީފައި ވަނީ ސައި ހޮޓާތައް ހިންގުމާއި ކުދި އާންމު ވިޔަފާރިތަކަށް ވަދެވޭ ގޮތަށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްއިން ވިޔާފަރިކުރަން ރަޖިސްޓްރާ އޮފް ކޮމްޕެނީސްއިން ހުއްދަ ދީފައި ނުވާ އިރު އެ ވިޔަފާރި ކުރަނީ ކޮން އުސޫލަކުން ކަމެއް ނޭނގޭ ކަމަށެވެ. އަދި އެކަން ހިނގާ ގޮތް ބަލާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްއިން ގަސް ވިއްކާތީ އަމާޒުވި ފާޑު ކިއުންތަކަށް ރައްދު ދެއްވައި މިިދިޔަ އާދިއްތަ ދުވަހު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލްއިން ގަސް ވިއްކި ނަމަވެސް އެފަދަ އެހެން ވިޔަފާރިތަކަށް ގެއްލުންވާނެ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    އެމްޑީޕީ އާއި އެމްޑީޕީ މެމްބަރުންނަކީ ޤައުމު ހިންގޭވަރުގެ އިލްމީ ޤާބިލް ކަމާއި ހުނަރު ލިބިފައިވާ ބަޔެއްނޫން، އެމީހުނަށް އެގޭހާވެސް ކަމަކީ މީހަކު ބަޔަކު ރަގަޅުފައިދާ ހުރިކަމެއްކުރާނަމަ އެކަމާއި ހަސަދަވެރިވުން !

    39
    4
    • މަބޭ

      އާންމުންގެ ވިޔަފާރިތެރެޔައް ސަރުކާރު ކުންފުނިތައްވަދެ އެވިޔަފާރިކުރުން އޯކޭތޯ މިސާލަކައް ފެރީގެހުދުނަތް

      23
      1
  2. Anonymous

    އަލީ ނިޔާޒް ތީ ކޮންތާކުން އިލްމު އުގެނި ތަޖުރިބާ ލިބިގެން ހުރި މީހެއްތޯ ؟

    36
    3
  3. ލޭނާރު

    ރާއްޖެ ލާމަރުކަޒު ކޮށް ކައުންސިލްތައް ތަޅު އެޅުވީމަ ކަމަކު ނުދާނެ، ރާއްޖެ އަކީ އޯޕަން މާރކެޓެއް އޮންނަ ތަނެއް، ރާއްޖޭގެ އެކިއެކި ތަންތަން ކޮޅުގައި މަސްކައްކާ ހިއްކާ، ދެން ކީއްކުރަންތޯ މިފްކޯ އިން ނުވަތަ އެންސިސް އިން މަސްހިއްކާ ރިހާކުރު ކައްކަނީ.
    ގަސްވެސް އަދި އެހެނިހެން ވިޔަފާރިތައްވެސް ކައުންސިލުން ކުރަންވީ.

    34
    1
    • ބހންޗތ

      މިގައުމަކީ ކަލޭގެ އާއިލާގެ ތަރިއެއްތަ.

  4. ހައިރާން

    ރައްޔިތުންގެ މަޖިލިސްގެ އިދާރާއަކީ ތަހްގީގީ އިދާރާއެއްތަ؟ ކައުންސިލްތަކަށް އާމްދަނީ ހޯދުމަށްޓަކައި ގާނޫނުގެ ތެރެއިން ހުއްދަކަންކަން ކުރެވޭނެ ކަމަށް ގާނޫނުގައި އޮންނަނީ.

    32
  5. ބޯހަލާކު

    ކަލޯ ނޮޅިވަރަމުގަވެސް ރައްޔިތުންގެ ގަސްތައް ވިއްކާ ހުސްކުރަނީ. ހުރިހާ ފައިދާއެއް ކައުންސިލަރުން ޖީބަށް.

    17
  6. ހުސޭނުބޭ

    ކަލެޔަށް ވީ ލާމަރުކަޒީ ޤާނޫނު ކިޔާ އަސާރައެއް ކާންދޭން

    18
  7. ޙަނދުކޭތަ

    ކަލޭމެން ފެލިފެލި ތިއްބަ ހަމަ ގަސްވިއްކާނީ ދެންލަލަލާ

    21
  8. ކޯލެލް

    ބަލަންވީނުން މިތަނުގަ މީހުންއުޅެވޭނެ މާހައުލެއްގާއިމުކުރެވޭތޯ..ގާނޫނުނެތިގެން ފިޔަވަޅުނޭޅިތިބި ފުލުހުންއެބުނާ މީހުންނަ ގާނޫނުހެދިއްޔާ މާތާހިރުވާނެގޯ..

  9. ހަންހާރަމާލެ

    މާލޭގެ މަގުތަކަށް ގާނޫނާޚިލާފަށް ކުނިއަޅާ މީހުންގެ މައްސަލަ ބަލަންވީނު. އަދި މަގުތަކަށް އަޅާ ކުނި ވެމްކޯއިން ކޮންމެ ދުވަހަކު ނަގާ އުކާލާއިރު ބައެއްމީހުން އަގުދައްކައިގެން ކުނިއުކާލަންޖެހޭ މައްސަލަވެސް ބަލަންވީނު. އެހެންނޫނީ ވެމްކޯއަށް ފައިސާ ނުދައްކާ އެންމެންވެސް މަގުމައްޗަށް ކުނިކޮތަޅު ނެރެންވީނު.

  10. Anonymous

    ގަސްވިއްކާތީ ހަސަދަވެރިވަނީ !

  11. ިސަން

    ކޮންމައްސަލަ އެއް ކަލޭމެންނަށް ބެލެނީ،ފުރަތހަމަ ބަލާބަ ލިވާތު ކުޅި މައްސަލަ އެއީ މާ ނުރައްކާ ތެރި ބައްޔެއް،ﷲގެ ކޯފާ އެއްވެސް ނެއެގިތިއްބާ އަތުވެދާނެ....

  12. އެލެންގީރު

    ކަލޯ މާލޭ ސިޓީ ކައުންސިލުން ގަސް ވިއްކާ މައްސަލަ އިހަށް ނުބަލާ އިލްމެއްވެސް އަދި ހިލްމެއްވެސް ނެތި ކަލޯގެ ބޭބެ ރާއްޖޭގެ ރައީސުކަން ކުރާތީ މިކަން ބަލާ ފިޔަވަޅު އަޅަންވީނުންތޯއެވެ. ކަލޯމެން ވެރިކަމަށް އަންނަންވެގެން ކިޔަބަނދި ވަރުތަކުގެތެރޭގައި ތިމަންނާމެންގެ ސަރުކާރެއްގައި ސަރުކާރުން އެއްވެސް ޒާތެއްގެ ވިޔަފާރިއެއް ނުކުރާނެކަމަށް ވަނީ އެތަކެއް ވައުދުވެފައެވެ. އެކަމަކު އެސްޓީއޯ، އެމްޓީސީސީ ފެނަކައިން އެެެމްޕީއެލް އެޗްޑީސީއިން ވިޔަފާރިތައް އެއޮތްދަނީ ކުރަމުންނެވެ. ކަލޯއަކަށް އެކަންވެސް ނޭގެނީ ބުނާބަސް ނޭގޭތީތޯ ނުވަތަ ލިޔެފަހުންނަ އެއްޗެހި ކިޔަން ނޭގޭތީތޯ؟ ހަމަ އަހާލި. އިމިރާނު ހެދިހެން ބުރާންތިވެ ހުރެ މަ ތައުވާން ޖެހޭނެކަމަށް ނުބުނާތީ. މަ ރެއާއި ދުވާލު އެތަކެއްފަހަރު ތައުބާވެ އަސްތައުފާރު ކުރަމުއެވެ.