ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން 20 އަށްވުރެ ގިނަ މީހުން ގޮތް ނޭނގޭ ގޮތައް މަރުވެފައިވާ ކަމަށާއި އެމައްސަލަތައް ތަހްގީގު ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ރާއްޖެ އިންތިހާބުވުމުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ އަސާސީ އިންސާނީ ހައްގު ކަމަށްވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްބެއުޅުމުގެ މިނިވަންކަން ދިވެހި ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ސަރުކާރަށް ގޮވާލަނީ ގާނޫނާއި ހިލާފަށް މަނާކޮށްފައިވާ އެއްވެ އުޅުމުގެ ހައްގާއި ހިޔާލު ފާޅުކުރުމުގެ ހައްގު އިޔާޔަ ކޮށްދޭން. އަދި 2018 ވަނަ އަހަރުން ފެށިގެން ހިނގާފައިވާ ގޮތް ނޭނގޭ 20 އަށް ވުރެ ގިނަ މަރުގެ ތަހްގީގު ކޮށްދިނުމަށް." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި 20 އަށް ވުރެ ގިނަ މަރުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ހަމައެކަނި ޖަލުތަކުގައި މަރުވި މީހުންގެ އަދަދު ވެސް މިހާރު ވަނީ ހަތަކަށް އަރާފައެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ޖަލުގައި މަރުވި މީހުން

- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި، އީރާންގެ ރައްޔިތެއްކަމަށްވާ ރަހުމަތުﷲ، 49، (ޖުލައި 24، 2020)
- ހައްޔަރުކުރި ވަކި ސަބަބެއް ނޭނގޭ ގޮތަށް ހައްޔަރުކޮށް ބަންދުކޮށްފައިހުރި ޔަމަންގެ ޔާސިރު ޔަހުޔާ (އޮގަސްޓް 2، 2020)
- ހުޅުމާލެ ޖަލުގައި ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމް، 40، (ސެޕްޓެމްބަރު 13، 2021)
- މާލޭ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މ. މަލަސް/ ކ. މާލެ އިސްމާއީލް ޝަބީން، 46، (އޮކްޓޯބަރު 6، 2021)
- ބަންގްލަދޭޝްގެ އެމްޑީ އަކްތަރު ހޮސެއިން، 50، މާލޭ ޖަލުގައި ބަންދުކޮށްފައި ހުއްޓައި (ނޮވެމްބަރު 18، 2021)
- ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އއ. ހިމަންދޫ ހެޕީ ރެސްޓް އަލީ މުހައްމަދު، 58،(މެއި 23، 2022)
- މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މ. މުލީ، ހުދުފިނިފެންމާގޭ، 43 ސެޕްޓެމްބަރ 15، 2022)

ރައީސް ސޯލިހް ރައީސް ކަމާއި ހަވާލުވި ދުވަހު ވަނީ ކުރިން ހިނގާފައިވާ މަރުތަކުގެ ހަގީގަތް ހޯދުމަށް ކަމަށް ބުނެ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ. ނަމަވެސް އެކޮމިޝަނަށް ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނުނން

    ފިނިފެންމާ ޝައީދޫ ކަލޭމެންގެ މޮޅުވެރިކަމުގަ ކިތައްމީހުން މަރުވި ދޯ އަދި ކިތައްމީހުން ވީނުވީއެއްނޭގި ގެއްލުނު ދޯ ؟؟؟؟؟؟

    3
    13
  2. މުހަންމަދު

    ތީ މިފަހަރު ރިޔާސީ ކެމްޕޭނުގަ ވިއްކަން ޔާމީނަށް ލިބުނު ރަގަޅު 20 މަރު ......މި 20 މަރުގެ ހަޤީޤަތް ވެރިކަމަށް ހޮވި ފުރަތަމަ 48 ގަޑި އިރު ތެރޭ ހޯދާނެ ކަމަށް ގޮވީމަ ހުންނާނީ ހަތަރެސްކަން ހަމަ ވެފައި.....

    4
    10
  3. ދަރަނި ދަންތުރަ

    މަރުތަކުގެ މައްސަލަ ބަލަން އައި ސޯލިބޭގެ ވެރިކަމުގައި ގޮތްނޭންގޭ މަރުތަށް އިތުރުވީ ހިތާމަވެރި ހާދިސާތަކާ ކާރިސާތައް އިތުރުވީ ސޯލިބޭ އިސްތިއުފާ

    18
  4. ޒައިކް

    ވާހަކަ އޮޅުވާލަން ނޫޅޭ ޔާމީނު ވެރިކަމުގަ ވަޅިހަރާ މަރާ ވައްޓާލި 24 ދިވެހިންގެ ވާހަކަ ދައްކާ.. ގޮތް ނޭނގެއޭ ސިއްރޭ ވަސްވާހޭ ސިހުރޭ ކިޔާނެކަމެއް ނެތް

    2
    17
  5. ޑައެލޯގް

    އިބޫ ވެރިކަމަށް އަންނަންވެގެންބުނީ ގޮތްނޭގޭ މަރުތައް ބަލާނެކަމެވެ. ނަމަވެސް އެކަމުންވެސް އިބޫގެ ސަރުކާރު 1 ވަނައަށް ގޮސްފިއެވެ. ލޯނުނުނަގަންބުނި، ސިޔާސީމަގާު އިތުރުނުކުރަންބުނި، ޖުޑިސަރީ އިސްލާހްކުރަންބުނި، ކޮންކްރީޓް ތަރްއްގީނުކުރަންބުނި މިގޮތަށް ބައިވަރު ބުނި އެކަމަކު ދިމާއިދިކޮޅަށްނިމެނީއެވެ.

    16
  6. އިސްޢާފް ސަލީމް

    ކޮބައި މަރުކޮމެޓީ މިހާރު؟ ކޮބައި އިލްޔާސް ޙުސައިން މިހާރު؟ ކޮބައި ފަހަރި މިހާރު؟ ކޮބައި މައުމޫނު މިހާރު؟ ކޮބައި ގާސިމު މިހާރު؟ ޔާމީންގެ ދައުރުގައި މީހަކު ޑީކޯވެގެންމަރުވިޔަސް ފަޔަށް ހިނިއަރައިގެން ޔާމީނަށް ޤާތިލަށް ގޮވާފަ މިހާރު އަޑެއް ބަޑެއް މި ނީވެނީ ހަމަ ލިބޭ ބައިވަރު ގިނަކަމުންތަ؟

    19
  7. ދިރާސާ

    މަރުވުމާ ވީނުވީއެއްނޭގި ގެއްލުންއެއީ ކޮންމެދުވަސްވަރެއްގައިވެސް ހިނގާފާނެކަމެއް ކޮންމެބޭފުޅަކު ވެރިކަމުގައި ހުންނެވިއަސް ހިނގައިފާނެކަމެއް އެކަމުގެ ހެއްކެތްމިހާރު
    ފެންނަމުންދަނީ ނަމަވެސްހިތާމައަކީ މިގޮތަށް ކަންތަށްހިނގަމުންދާއިރުވެސް އެކަން
    ގަބޫލްނުކޮށް ވަކިފަރާތެއްބަދުނާމުކުރުމަށް ނުވަތަ ވަކިމަގްސަދެއްހާސިލްކުރުމަށް ވަކި
    ދުވަސްވަރެއްގެ މަރުތަކާ ގެއްލިފައިވާފަރާތްތަކަށް ވީގޮތާ ހެދިގޮތާ ގޮތްހެދިފަރާތްތަށް
    ހޯދުމަށް އަލަށް މަރުކޮމިޝަންހަދާ އެކަމަށް ބޮޑުޚަރަދުކޮށް އެކަމުގެ ނަތީޖާއެތަށް
    ދުވަހެއްގެފަހުންވެސް ނުލިބުން ( ހަރުބަހެއްގަބުނޭ 1 އެއްގުދުހުރިމީހަކާދިމާލަށް 7 ގުދު
    ހުރިމީހަކު ގުދޯގުދޯ ގޮވިޔޭ މިހެންނުވިޔާމުން ރަގަޅު