މާސް އެޅުމުގެ އެންމެ ފުރިހަމަ ގޮތުގައި ދަރުވަރުން ފިލާވަޅުގައި ބައިވެރި ނުވެވޭ ކަމަށް ބުނެ މާސް އެޅުން ހުޅުމާލޭގައި ހުންނަ ރެހެންދީ ސްކޫލްގައި މަނާކޮށްފިއެވެ.

ރެހެންދީ ސްކޫލްއިން ބެލެނިވެރިންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އާންމު ހާލަތަށް ރުޖޫއަވުމާއި ގުޅިގެން އެޗްޕީއޭ އިން މިހާރު ވަނީ މާސްކް ނެގުން ހުއްދަކޮށްފައި ކަމަށެވެ.

އެހެންނަމަވެސް 2023-2022 ވަނަ އަހަރުގެ ދިރާސީ އަހަރު ސްކޫލްތަކުގެ ކިޔެވުން އާންމު ހާލަތަކަށް ގެނެވި ކިޔަވައިދެމުން ގެންދާއިރު އަދިވެސް ބައެއް ދަރިވަރުން ސްކޫލަށް އަންނަނީ މާސްކު އަޅައިގެން ކަމަށާއި ނަމަވެސް މާސްކުގެ ސަބަބުން ދަރިވަރުން އެންމެ އެދެވޭ ގޮތުގައި ފިލާވަޅަށް ސަމާލުކަން ނުދޭ ކަމަށް އެ މެސެޖުގައި ވަނީ ބުނެފައެވެ.

"މާސްކު އަޅައިގެން ތިބެ އެންމެ ފުރިހަމަގޮތުގައި ދަރިވަރުންނަށް ފިލާވަޅުގައި ބައިވެރިނުވެވުމާއި މުއާމަލާތުކުރުމުގެ ހުނަރާއި ދަރިވަރުން ދުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައި" ސްކޫލުން ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

އެހެންކަމުން މާދަމާއިން ފެށިގެން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އަޅަން ނުޖެހޭނެ ކަމަށް ރެހެންދީ ސްކޫލުން ބުނެފައި ވެއެވެ.

ނަމަވެސް ސިއްހީ މައްސަލައަކާއި ގުޅިގެން މާސްކު އަޅަން ޖެހޭ ދަރިވަރުން ޑޮކްޓަރުގެ ލިޔުމެއް ކްލާސް ޓީޗަރާއި ހަވާލުކުރުމުން މާސްކް އަޅައިގެން ސްކޫލަށް އައުމުގެ ހުއްދަ ދޭނެ ކަމަށް މެސެޖުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިދަ ދަނޑި

    އަނެއްކާ އަނެއް ވާހަކަ… ކުލާހުގަ ހުންނަ 2 ފަންކާގެ ތެރެއިން އެނބުރޭނީ އެކަތި.. އެވެސް ފިނިހަކަ ސްޕީޑުގަ.. މިވާ ހޫނުގަ މިހާ ފެންވަރު ރަނގަޅު ކްލާސްރޫމް ތަކުގަ ކުދިން ތިބެންޖެހޭތީ ފުރިހަމަ ގޮތުގަ ފިލާވަޅުގައި ބައިވެރި ނުވެވޭ ވާހަކަ ދައްކަބަލަ…

    9
    1
  2. 🙁🙁🙁

    މާސްކު އަޅުވަން މަޖުބޫރު ކުރުވީމަ ވީގޮތް. ކުދިން މާސްކު ނަގަން ޖެހިލުންވެ ލަދުވެސް ގަންނަނީ، ފިރިހެންކުދިންވެެސް!

  3. ކިހާ

    މަދިރީގެ އުނދަގުލާ ހުރެވެސް ކުދިންނަށް އެދެވޭ ގޮތުގަ ފިލާވަޅުގަ ބައިވެރި ނުވެވޭ...