ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގައި މިމަހު ކުރިއަށް ގެންދިޔަ ކެޑޭޓް ކޭމްޕެއްގެ ތެރޭގައި އަންހެން ދަރިވަރުންތަކެއް ބަރަހަނާކޮށް، ހޮޅިއަކުން އެކުދިންގެ ގަޔަށް ފެން ޖެހި ކަމަށް މީޑިއާގައި ރިޕޯޓް ކުރި ޚަބަރު ރެހެންދި ސްކޫލުން ދޮގުކޮށްފިއެވެ.

ރެހެންދި ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ މީޑިއާއިން ފެތުރި ވާހަކަތަކާ ގުޅިގެން ރެހެންދި ސްކޫލާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި ކެޑޭޓް ކޯ ގުޅިގެން ބެލިބެލުމުން ވެސް އެނގުނީ، ޚަބަރުގައި އޮތް ބީދައިން އެފަދަ ކަމެއް ހިނގާފައި ނެތްކަމެވެ.

ނަމަވެސް "ވަގުތު" އަށް މައުލޫމާތު ދިން ރެހެންދި ސްކޫލްގެ ބައެއް ބެލެނިވެރިން ވެސް ބުނީ ކެޑޭޓް ކޭމްޕްގައި ބައިވެރިވި އަންހެން ދަރިވަރުންތައް ސަފަކަށް އެތުރުމަށް ފަހު ހެދުމުގެ އެތެރެއިން ލައިގެން ތިބޭ އެއްޗެހި ފިޔަވައި އެހެން އެއްޗެހި ބޭލުވުމަށްފަހު ދަރިވަރުންގެ ގަޔަށް އިންސްޓެކްޓަރު ފެން ޖެހި ކަމަށެވެ.

"އެތަނުގައި ތިބީ މުޅިން ވެސް އަންހެން ދަރިވަރުން. ފެން ޖެހީ ވެސް އަންހެން އިންސްޓެކްޓަރެއް. ކެޑޭޓް ޓީޝާޓްގެ އެތެރެއިން ލައިގެން ތިބޭ އެއްޗެއްސަށް އެކަނި ހަދާލުމަށްފަހު ފެން ޖެހީ. އެތެރެއިން ލައިގެން ތިބި އެއްޗެހި ނުބޭލުވި ނަމަވެސް އެތައް ކުދިންނެއްގެ ކުރިމަތީގައި އެފަދަ ގޮތަކަށް ބަރަހަނާ ކުރުވުމަކީ އުސޫލުތަކާއި ވެސް ހިލާފު ކަމެއް. އެއީ މީގެ ކުރިން މިފަދަ ކޭމްޕްތަކުގައި ކަން ކުރާ ގޮތެއް ވެސް ނޫން." ބެލެނިވެރިޔަކު ބުންޏެވެ.

"ވަގުތު" އަށް މައުލޫމާތު ދިން އެހެން ބެލެނިވެރިޔަކު ބުނީ އަންހެން ދަރިވަރުން އެތެރެއިންލާ އެއްޗެހި ފިޔަވައި އެހެން އެއްޗެހި ބޭލުވުމަށްފަހު ކަންތައް ކުރި ގޮތުން އެތައް ދަރިވަރުންނަކަށް ނަފްސާނީ ގޮތުން ވެސް އަސަރު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ރެހެންދި ސްކޫލުން އެހުރިހާ ވާހަކައެއް ދޮގުކޮށް ބުނީ ފަތުރަމުންދާ ޚަބަރަކީ ސްކޫލާއި ކެޑޭޓް ކޯ އާއި ދަރިވަރުންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭ ފަދަ ވާހަކަތަކެއް ކަމަށެވެ.

ކޭމްޕްގައި ބައިވެރިވީ 78 އަންހެން ދަރިވަރުންނާއި 122 ފިރިހެން ދަރިވަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ެބޭރުވޭ

    ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ ރައީސް އިބޫ ކަލޭ ރައީސް އޮފީހުން ބޭރުވޭ

    27
    4
  2. މަލޫ

    އޯއެމްޖީ

    15
  3. ޙަދިސައިބު

    ކެޑޭޓުގައި އަހުލާގީ ގޮތުން ދަށުދަރަޖައިގެ ބަސްތަށް ބޭނުންކުރާ އެމްއެންޑީއެފް ޓްރޭނިންގ ތަކުގައުވެސް ދީނާޚިލާފު ނާތަހުޒީބު ކަންކަން ކުރޭ!

    40
    4
  4. ހުސޭނުބޭ

    ތިކަން ކޮށްފި. ޔަޤީން. ތި ނޫނަސް ކެޑޭޓް ކޭމްޕް ތަންތަނުގައި ބާއްވާ. ތިކަހަލަ އަޑެއް ނީވޭ. ތިކަން ނުރީތީވެ އެ އަޑުއަޑު އެ ގޮވަނީ. ޑރ އިޔާޒް ކަންފަތްދަށުގައި ބުނެބަލަ ދުޢާ ދެއްވި ވެރިންގެ ޙާލަކީ މިއޭ

    36
    4
  5. ލާދީނީ

    ސްކޫލުގެ ބަހެއް ބެލެނެވެރިންވެސް މުހިއްމެއްނޫން. އިންސްޓެކްޓަރާއި 78 ކުދިން ޙާޟިރުކޮށް ސުވާލުކޮށްބަލަ.

    38
    1
    • އަހްމަދު

      އެކަމަކު ސުވާލުކުރަންވާނީ މިނިވަން މުއައްސަސާއަކުން. ޕޮލިހުންނަކީ މިނިވަން މުއައްސަސާއެއްކަމަށް ގަބޫލެއް ނުކުރަން.

  6. ލާދީނީ އައުޓް

    މިކަހަލަ އެތައް ކަމެއް ވަމުން މިދަނީ. ދީނާ ހިލާފު ނާތަހުޒީބު ކަންތައްތައް ގަދަކަމުން ކުދިންނަށް ދަސްކޮށްދޭން މަސައްކަތް ކުރަމުން ދަނީ. މިއިތޯ މަންހަޖުގަ އޮންނަ ކަންކަމަކީ؟މިނިސްޓަރު އައިޝަތު އިސްތިއުފާ

    46
  7. އހ

    މިއީ ޔަހޫދީ ސަރުކާރެއް ސަރުކާރާ ގުޅުން ހުރި ތަން ތަން ވެސް ވާނީ އެހެން

    37
    2
  8. މޮޔަސޮރު

    ތިއީ ކުރާކަމެއް، ތާޖުއްދީނު ސްކޫލްގެ ސްކައުޓް ކޭމޕްގައިވެސް ފިރިހެން ކުދިން ޖަނގިޔައަށް ހަދާފައި ސަރ ފެންހޮޅިން ފެންވެރުވި، މިއީ ޤައުމީ މަންހަޖުން ކުދިންނަށް ލިބޭ ތަރުބިޔަތަކީ! ދެން ބުނޭ މިއީ ދޮގެކޭ!

    41
  9. ހިމް

    ޚަބަރުގައި އޮތް ބީދައިން އެކަން ނުހިނގަންޏާ އެ ހިނގި ގޮތެއްވެސް ސްކޫލަށް ބުނެދެވެންވާނެ. ފޮރުވަން އުޅެންޖެހޭނީ ކުށެއް ވެވިފައި އޮތީމާ.

    44
  10. Anonymous

    ޢެޑިއުކޭޝަން ދައިތަ ބޭރުކުރަން އެބަޖެހޭ

    37
    1
    • އައްޔަ

      އެއްގުދުލީ ދައިތަ ބޭރުކުރާއިރަށް ހަތްގުދުލީ ދައިތައެއް އަންނާނެ. މި ސަރުކާރަކު ނެތް ސަލާމަތެއް.

  11. އުގުރި

    މިއަދު އަހަރުމެން ރައްޔިތުންގެ ފެންވަރަކީ މިއީ... އަހަރުމެންގެ ދެލޮލުގެ ކޮއި ކަމުގައިވާ ދަރިންނަށް ބަރަހަނާކޮށް ފެން ޖަހާ ބޭނުންހާ ކަމެއް އެބަކުރޭ... ދެން ހަމަ އޯކޭ ކޮއްލާގެން ތިބެނީތާ..
    އެމްޑީޕީގެ ވެރިކަމެއް ނޫން

    32
  12. އުގުރި

    މިއަދު އަހަރުމެން ރައްޔިތުންގެ ފެންވަރަކީ މިއީ... އަހަރުމެންގެ ދެލޮލުގެ ކޮއި ކަމުގައިވާ ދަރިންނަށް ބަރަހަނާކޮށް ފެން ޖަހާ ބޭނުންހާ ކަމެއް އެބަކުރޭ... ދެން ހަމަ އޯކޭ ކޮއްލާގެން ތިބެނީތާ..
    އެމްޑީޕީގެ ވެރިކަމެއް ނޫންނަމަ ތިޔަ މަދަރުސާ ވެސް ތަޅާލީސް..

    22
    1
  13. ޚާލިދު

    ﷲއަށް ވާ އުރެދުމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނޯންނާނެކަން ކުދިންނަށް ދަސްކޮށްދޭންވީ

    35
    1
  14. ސޯޓްލިބެ

    ލިވާތު ސަރުކާރުން ކުރުވާކަންންތީ

    31
    1
  15. މައިންނޯ

    ވަޓް ދަ ހެލް!!! އާނ އަންބާ ކިޔާފަ ތިތާކަށް ފޮނުވާތި! ދަރިން ނަފްސާނީ ވެގެން އަމިއްލަ އަށް އަނިޔާ

    29
    1
  16. ކަމަނަ

    ތިޔައީ އަނިޔާވެރި ޖަލެއްގައި ކަން ކުރާނެގޮތް . އަނެއްކާ އަލަމްގިރިގެ އަންހެން ވައްތަރު އިންސްޓްރަކްޓަރެއް ބާ ހުރީ

    35
    1
  17. ޝާޑް

    ޢެއްޖިންސުން ގުލުންހިންގަން ބޭނުންވާ މޫމްމެންޓްގެ އިންސްޓަކްޓަރަކާވަތްތަރީ.

    33
  18. އަހުމަދު

    ނާޗަރަންގީ މިނިސްޓްރީއިން ކުރިއަރުވަން ބޭނުންވާނީ ނާޗަރަންގީ ކުރިއެރުވުންނޫން ދެން ކޮންކަމެއްތޯ؟ މުނާފިގުން ގެ ދުލުން ދޮގުބުނުން ނޫން އެހެހ ހެން ބަ ހެއް ބޭރެއް ނުވާނެ.

    26
  19. Anonymous

    ދިވެހިރާއްޖޭގެ އެޑިޔުކޭޝަން ސިސްޓަމް ބޮޑު ބަލާވެރިކަމަކަށް ވެއްޖެ. މިހާރު ބައެއް ސްކޫލްތަކުން އަންގަނީ ދަރިވަރު ސްކޫލަށް ދާންޖެހޭނީ ގޭގައި ހުންނަ ކުނިކޮތަޅު ހިފައިގެންނޭ. ސްކޫލަށް ކުނިކޮތަޅު ހިފައިގެންގޮސް ސްކޫލްގައި ހަދާފައި އޮންނަ ކުނިގޮނޑަކަށް އެއްލާލަން އަންގަނީ. މިވާހަކަ ވެސް މީޑިއާއިން ލިޔުނީމަ ބުނާނެ ދޮގެކޭ. ސްކޫލްތަކުން މިއުޅެނީ ވެމްކޯއަށް ބޭނުންވާ ކުނިއުކާ މުވައްޒަފުން އުފަންދަން ދޯ.

    23
  20. މުހައްމަދު ހަސަން

    އެކަން ކުރަން ލަދު ނުގަންނަ ކުދިން އެގޮތަށް ކަންކުރުމަށް އެންގިކަމަށް އެކަމުގައި ބައިވެރި ދަރިވަރަކު ބުނިކަމަށް ޕޭރެންޓެއް މައުލޫމާތު ދިން. އެއީ ހުރިހާ ކުދިން ފާހާނާ އަށް ވަދެ ފެންވަރަން ވަގުތު ނެތީމަ ކުރިކަމެއްކަމަށްވަނީ. މީ ސްކޫލް މާހައުލުގައި އެއްވެސް ގޮތަކަށް ހިގާގެން ވާނެ ކަމެއްނޫން.

    16
    2
  21. ހަސަންޓޭ

    ވަރަށް ހީނުވޭ މިފަދަ ވާހަކައެއް އިވިދާނެހެން އެފަދަ ކަމެއް ނުހިނގަންޏާ. ސްކޫލުން ކޮންކަމަކާތަ އެއްބަސްވީ، މުޅި ދިވެހި ތާރީހުގަވެސް ނުހުންނާނެ ސްކޫލަކުން މިކަހަލަ ކަމަކަށް އެއްބަސްވެފައެއް. ކުދީންގެ އިންޓަވިއުއެއް ގެނައުން މުހިންމު. ބައިދަވޭ ހުސް އަންހެނުން ތިބޭތަނެއްގަ އަންހެނުން ނިވާކަން ކުޑަވުން ދީނާ ހިލާފެއް ނުވާނު!

    13
    10
    • ރޭސް

      ބަލަ އެއްޖިންސަށް ފީލިންގްސް އައިސްގެން އުޅޭ މީހުން އުޅޭތިއޭނު ފަޔަށް ހިނިއަރައިގެން މިހާރުވެސް އެއުޅެނީ ދެންކީކޭ ތިކިޔަނީ..

  22. ހުވަދޫ އަލިބެއްޔާ

    ކެޑޭޓްގަ ދަރިން ބައިވެރި ނުކުރަންވީ ސަބަބެއް..

  23. ގަލަން ތުނޑު

    ކުދިން ކީކޭތަ ބުނީ

  24. ވަގުންނޭ

    އެމްޑީޕީ ޕްރައިމަރީގައި ކެނެރީގެ ނަޝީދު ވެސް ވާދަ ކުރާނެ ކަމެއް ނެތް އަދި ރައީސް އިބޫ ވެސް ވާދަ ކުރާނެ ކަމެއް ނެތް އަދި ރައީސް އިބޫ އާއި ކެނެރީގެ ނަޝީދު ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ވެސް ކަމެއް ނެތް އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖެ އިންޑިއާ އަށް ވިއްކާލާ ކަޓް ކާލައިގެން ގައުމުގެ އިގްތިސާދު ނޮޅާލަނީއޭ މިހާރުވެސް ހަމައެކަނި ރައީސް އިބޫ ރާއްޖޭން ބޭރަށް ކުރި ދަތުރު ތަކުގެ ޚަރަދުން ވެލާނާ އެއާރޕޯރޓްގެ ޓާރމިނަލް ނިންމޭނެއޭ މިވަގުން ތައް ވެރިކަމަށް ފާވެ ރާއްޖެ ދަވާލާ ހުސްއަރުވާލައިފިއޭ...

  25. ނަމަ

    ކިހިނެންބާ މިވަނީ އަޑެއްކިޔާފިއްޔާ ރެދެއްލާނެއޭ ކިޔާއުޅޭ އަޑު އިވޭ

  26. ކަނބުލޮ

    ދަރިވަރުން ބުނަނީ އެއީ މިހާރު ޢާއްމު ކަމއެްކަމަކަމަށް.ކުރީގެ ވޭތުވި 4 އަހަރުގައިވެސް އެކަން ހިނގިކަމަށް. ސިފައިން ވެސް އެކަން ކުރާކަމަށް. އަޖައިބެއްނު ބަރަހަނާ ނުކުރިޔަސް ފެން ޖެހޭނެ. މިހާރު ކަންކަން މިޔޮއްގެން އޯވަރލޯޑްވަނީ . މިހާރު ނުހުއްޓިއްޔާ އަންނަން އޮތް ޖީލުތަކަށް ވ ވ ނުބައި އަސަރުކުރާނެ. މިންގަނޑުތައް ފަހަނައަޅައި ދިޔަ ނުދީ. ޚާއްސަކޮށް އަޅުގަނޑުމެންގެ އަންހެން ދރިން ހެޔޮގޮތުގައި ދީނީ ހަމަތަކާއި އެއްގޮތަށް ބޮޑުވިޔަދީ. ހަމަ އެފަދައިން ފިރިހެން ދަރީންވެސް. ޔޫރަޕްގައި ކެޑެޓް ނުވަތަ ގާލް ގައިޑް ކަން ކަން ހިންގާގޮތަށް ރާއްޖޭގައި ހިންގާކަށް ނުޖެހޭ. އިސްލާމީ ރީތި އާދަކާދަ ތަކާއެކު ހިންގޭނެ ކަންކަން އެއީ. އާދޭސް ކުރަން މިކަން ޙައްލުކުރޭ.

  27. Anonymous

    ތިޔަ ހުރިހާ ކަމެއްވެސް ކުރާނެ. މި ރާއްޖޭގެ މުޤައްރަރުތަކަށް ވެސް ޔަހޫދީންގެ މުޤައްރަރުވައްދައިފި. އަނެއްކާ ތިޔަތަނަކީ ރެހެންދި ތިންކް ގްރީން އޭ ކިޔާފައި ބޮޑު ކަމެއް ބޭއްވި ތަނެއް. މިހިސާބުން އެނގިއްޖެ ތިޔައީ މޮޑުނު ދިވެހިބަހުން އުނގަންނައިދޭ ތަނެއް ކަމަށް

  28. އާދަންބެ

    އަަހަންނަކީވެސް ކެޑޭޓްގަ އެތައް މަޤާމެއްގަ ހުރި މީހެއް. އެއަށްފަހު ސިފައިންގޭގަވެސް މީހުން ތަމްރީންކުރުމުގަ އުޅުނިން އަހަރުތަކެއް ވަންދެން. ކެޑޭޓްއަކީ ދިވެހި މާހައުލަށް އެންމެ އެކަށޭނެ މޮޑެލްއެއް ނޫން. ދަރިން ކެޑޭޓްގަ ބައިވެރިނުކުރުވުން ބެލެނެވެރިންގެ ކިބައިން މިއެދެނީ. އެކަމުން އަސްލު ފައިދާއެއް ކުރާނީ ސިފައިންގެއަށް ވަދެވޭ ކުދިންނަށް އެކަނި. އެވެން ވަރަށް ކުޑަ މިންވަރެއް. ކުރުކޮށް ބުނާނަމަ ދަރިވަރުންނަށް ބޭކާރުވެގެންދާ ވަގުތުތަކަކާއި ޚަރަދުތަކެއް.

  29. ކޮރަލް

    އަންހެން ކުދީން ހަޔާތް ކަނޑު ވާލަން ކުރު އެއްޗެހި ލައްވައިގެން ކުޅިވަރު ކުޅުން ފަދަ ކަންކަން އެބަ ކުރުވަ އެވެ.

  30. މުހައްމަދު

    އެތެރޭން ބޮޑީސޫޓް ލައިގެންތަ ތިބީ.. އެހެންނޫނަސް ތިކަމަކީ ކެޑޭޓް، ޕޮލިސް، އެމްއެންޑީއެފް ޓުރޭނިންގްތަކުގަ އާންމުކޮށް ކުރާކަމެއް. ދެން މިފަހަރު މީޑިޔާއަށް މިވާހަކަ އެރިކަން...

  31. ޙަސަން ޞާލިހު

    ކެޑޭޓް ކޭމްޕްތަކުގައި ދަސްކޮށްދޭ ހުރިހާ ކަންކަމަކީ ރަނގަޅުނޫން ކަންކަމަށް ދެކޭ ބަޔަކުވެސް އުޅޭނެ. އެކަމަކު ތިބާވަތުގެ ކަމެއް ހިނގީމަ ވީގޮތް ރަނގަޅަށް ބަލައި ކަށަވަރުކުރުން މުހިންމު. ސަބަބަކީ، ކެޑޭޓް ޙަރަކާތްތައް ކުރިމަގުގައި ހަރުދަނާކުރުމަށް މައުލޫމާތުގެ މުހިންމުކަން ބޮޑުވުން. ކެޑޭޓްގައި ދަސްކޮށްދޭ ގިނަ ކަންކަމަކީ ޢާންމު ދިރިއުޅުމަށް ހޭލުންތެރިކުރުވާ އަދި ދަރިވަރުންގެ ކޮންފިޑެންސް އިތުރުކުރުވާ ކަންކަމަށް ވާތީ

  32. އަލީ ގަމާރު

    ކެޑޭޓަކީ ސުންނަތުން ސާބިތުވާ ކަމެއްތޯ.ނޫން ދެއްތޯ.ދެން ކީއްވެ ތޯ ހުއްދަ ކުރަނީ އިސްލާމީ ގައުމެއްގަ