ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވައި ތަޣައްޔަރު ވެފައި ވާތީ ނުރައްކާތެރިކަން ކުރިމަތި ވެދާނެތީ ބޭރަށް ނިކުމެ އުޅޭ އިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ކުރި ޓުވިޓެއްގައި ބުނެފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ އައިކިޔު އެއާ ވިޝުއަލް އެޕް މެދުވެރިކޮށް މި ދުވަސްވަރު ރާއްޖޭގެ ވައި ސާފުވާނެ މިންވަރު ބެލޭނެ ކަމަށެވެ. އަދި ވައި ނުސާފުވާނެ މިންވަރު ބަލައި ބޭރަށް ނިކުމެ އުޅޭއިރު، މާސްކް އަޅައިގެން އުޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަން ދޭންވީ ކަންތައް:

  • ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން.
  • ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުން.
  • ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން.
  • ތުއްތު ކުދިން ބޭރަށް ނުނެރުން.
  • ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
  • ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑު ޖައްސާލުން

އައިކިޔު އެއާ ވިޝުއަލް އެޕް އިން ދައްކާ ގޮތުގައި މިވަގުތު އެންމެ ވައި ނުސާފުވެފައިވަނީ ހދ. ކުޅުދުއްފުށި ސިޓީއެވެ. އެސިޓީގެ އެއާ ކޮލިޓީ (އޭކިއުއައި) ވަނީ 168 ގައެވެ. މިއީ އެޗްޕީއޭއިން ބުނާ ގޮތުގައި މާސްކު އަޅަން ޖެހޭ ވަރަށް ނުރައްކާތެރިއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެފައި ވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވުމުން ދާތީ، އުތުރު އިންޑިއާގެ ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ފަހުޒަމާނުގެ އަލާމާތްތަކުގެ ތެރެއިން އުޑުން އަރާނެ ދުންގަނޑު ތިއެރީއެވެ. ތިދުންގަނޑުގެ ސަބަބުން އެތައް ބަޔަކު މަރުވާނެއެވެ. ގިނައިން މަރުވާނީ މުއުމިނުންނެވެ. ދުނިޔޭގައި ދިރިތިބޭނީ ދައްޖާލާ ބައިވެރިވާނެ ލާދީނީ މީހުންނެވެ. ތިދުންގަނޑު ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް އެބައަރައެވެ. ހޭހުރި މީހަކު ތައުބާވެ ލާދީނީ މީހުންގެ ކިބައިން ސަލާމަތްވާންވީއެވެ. ތިދުންގަނޑު މައިތިރިވާނީ އެންމެން އިސްލާމްދީނާ އެއްގޮތަށް ދިރިއުޅެން ފެށީމައެވެ. މާސްކަކުން ކުރާނެ ފައިދާއެއް ނެތެވެ.

    11
    3
    • Anonymous

      ހޭޒު ނަތިވަންޏާ މާސްކު އެޅުން ރަގަޅު، އިންޑިޔާގެ ދަޑުވެރިން ދަޑުސާފުކުރަން އެންދީމާ އަންނަ ދުން !