ޖުމްހޫރީ މައިދާނުގައި އޮންނަ ވިނަގަނޑު ހަލާކުވުމުން ވިނަ އިންދުމަށްޓަކައި ޖުމްހޫރީ މައިދާން ބަންދުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ ޖުމްހޫރީ މައިދާނުގައި ވިނަ އިންދުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އިއްޔެ އިން ފެށިގެން ޖުމްހޫރީ މައިދާނުގެ ވިނަގަނޑުތައް މައްޗަށް މީހުންނަށް ނޭރޭނެހެން ވަނީ ދާ ޖަހާފައެވެ.

މާލޭގެ މޭޔަރުކަމާއި ޑރ.މުހައްމަދު މުއިއްޒު ހަވާލުވެ ވަޑައިގެން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރީތި ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. ގިނަ ދުވަސްތަކަކަށް ޖުމްހޫރީ މައިދާން ބަންދުކޮށް، އެތަނުގައި ކުރިން އޮތް ވިނަގަނޑު އެއްކޮށް ނެގުމަށްފަހު އޮސްޓްރޭލިއާ އިން ގެނައި ވިނައެއް އެތަނުގައި އިންދިއެވެ.

ވިނަ އަލުން އިންދައި މުޅި މައިދާން ފެހި ކޮށްލުމަށްފަހު އަލުން ހުޅުވާލީ މިދިޔަ އޭޕްރީލް މަހުއެވެ.

މިހާރު އޮތް މާލޭ ސިޓީ ކައުންސިލް އައިއިރު އެއްވެސް ވަރަކަށް އަޅާނުލައި، ޖުމްހޫރީ މައިދާނުގެ އާބާތުރަ ނުފިލުވާ ދޫކޮށްލައިފައި އޮންނަތާ އެތައް ދުވަހެއް އޮތީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަނދުކޭތަ

    މުޅި ތިތާގަ ގާއަތުރަބަލަ ދުނިޔޭގެ އެންމެން އެއްވެ ލަނގިރިޖަހާތާކު ކީއްކުރަން އިންދާ ވިނައެއްތަ ވިނަ އިންދާ އަވައްޖެއްނުވާނެ ގާއަތުރަމަަ ބަހީ

  2. 2023

    މުއިއްޒު 2023 ގެ ކެމްޕޭން ދެއްތޮ، މެކުހަށް ޖަހައިފަ ބަހައްޓާ.

    1
    1