ރާއްޖޭގެ ތިން ރަށެއްގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފި އެވެ.

ހެލްތް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ ތިން ރަށެއްގައި ހޮސްޕިޓަލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

އެ ތިން ރަށަކީ:

  • ހއ. ހޯރަފުށި
  • ބ. ތުޅާދޫ
  • ރ. މީދޫ

ރާއްޖޭގެ ފަސް ރަށެއްގައި އާ ސިއްހީ މަރުކަޒުތައް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ޓެންޑާއަށް މިނިސްޓްރީން ވަނީ ވަރަށް ފަހުން ފޮނުވާފަ އެވެ.

ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅައި ދޭނެ ބަޔަކު ހޯދަމަށް މި އަހަރުގެ ކުރީކޮޅުގައި ފިނޭންސް މިނިސްޓްރީން އިއުލާނު ކުރި އެވެ. އެ ރަށްތަކުގައި ހޮސްޕިޓަލް އަޅަނީ ކުވެއިތު ފަންޑުގެ އެހީގަ އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.