ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 10،000 ރުފިޔާގެ ވެރިފަރާތް ހޯދައި އެ ފަރާތާއި ފައިސާ ހަވާލުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 12:04 އެހައިކަންހާއިރު ބޮޑުތަކުރުފާނު މަގު، 1 ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ހުދުކުލައި ސިޓީ އުރައެއް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ސިޓީއުރައިގައި 10،000 އަށްވުރެ ގިނަ ރުފިޔާ ހުއްޓެެވެ.

އެ ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ވެރިފަރާތް ހޯދިފައިނުވާތީ ފުލުހުން ވަނީ އެ ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް އިއުލާނު ކޮށްފައެެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ފައިސާތައް މިހާރު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޯއްވަޅި އަލީ

    ރައްޔިތުން ގެ އިތުބާރު ގެއްލި އަގު ވެއްޓޭ ހިސާބަށް ދިޔައިމަ ޑްރާމާ ކުޅެނީ!! މާދަން ބުނާނެ ފުލުހުން ގެ ބެލުމުގަ ދަށުގަ ކަޅު ދަބަހެއްގަ 1މިލިއަން ޑޮލަރ ގެ ވެރި ފަރާތް ހޯދަނީއޭ! އަނެއްދުވަހު ބުނަނެ ވެރިފަރާތަ އެފައިސާ ހަވާލު ކޮއްފިޔޭ، ދިވެހި ސަރުކާރަށް އިންޑިއާ އިން މިލިއަން ޑޮލަރުގެ ލޯނު ދޭ ގޮަތަށް، ލޯނެއް ދިން ކަމަށް އިނގެނީ ނޫސްތަކުގަ ޖެހީމަ، ދެން އެފައިސާ ޖަމާ ކުރި ބެންކެއް ލިޔުމެއް ނޯވެ، ފުލުހުން ނަށް ބުނެލަން އޮތީ ކަލޭމެން ތިކުޅޭ ޑްރާމާ މިހާރު ދިވެހި ރައްޔިތުން ބަލައެއް ނުގަނެޔޭ!!

    2
    1
  2. ސަމާ

    އަސްލުވެސް މި ޚަބަރު ވަރަށް ފޭކް، ލާރި ހޮވި ފަރާތް ނުވަތަ ވެރި ފަރާތް ހާމަ ކޮށްލުން ކީއްވާނީ!!!ބޮޑަށް ވައްތަރީ އިމްރާންގެ އޯގާތެރިކަން ދައްކަން އުޅެހެން.