ތ. ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ޕޮޕިއުލާ މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފި އެވެ.

އޭސީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ޕޮޕިއުލާ މޯލްޑިވްސްގެ ފަރާތުން އެ ކޮމިޝަނަށް މީހަކު ހާޒިރުވާން އެންގި ކަމަށެވެ. ނަމަވެސް އެ މުއްދަތުގައި އެއްވެސް މީހަކު ހާޒިރުވެފައިނުވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެހެންކަމުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ކަށް ޕޮޕިއުލާ މޯލްޑިވްސްގެ ފަރާތުން މީހަކު އޭސީސީއަށް ހާޒިރުވުމަށް އެ ކޮމިޝަނުން އިއުލާނުގައި ބުނެފައި ވެއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުވާ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އޭސީސީއިން ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ މީހުންގެ ތެރޭގައި ރިޔާޒް ރަޝީދުގެ އިތުރުން ހިމެނޭ ޕޮޕިއުލާ މޯލްޑިވްސް ހިމެނޭ ކަން އެނގިފައިވެއެވެ.

ޕޮޕިއުލާ މޯލްޑިވްސްއަކީ ރިޔާޒް ރަޝީދުގެ ދެ ދަރިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ރިޔާޒަށް ލިބުނު 455،000 އެމެރިކާ ޑޮލަރު އޭނާގެ މެރީޑިއަން ކުންފުނި މެދުވެރިކޮށް ޕޮޕިއުލާ މޯލްޑިވްސް ކުންފުންޏަށް ދެ ފަހަރެއްގެ މަތިން ޓްރާންސްފާކޮށްފައިވާ ކަމަށް މީގެ ކުރިން އޭސީސީއިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑައެލޯގް

    މިސަރުކާރަށް މިއޮތްހާދުވަހު ތިޔަކަމެއްނުކުރެވުނެވެ. އަދިނުވެސްކުރާނެއެވެ. މިއީ 2023 އަންނާތީ ދެއްކުމަށްކުރާކަމެކެވެ. ތިކަންތަހުގީގުކޮށްކޮށްތިއްބާ ދައުރުނިމޭނެއެވެ. ސަބަބަކީ އެމްޕީއާރުސީގެ ފައިސާގަ ޖެހިފަތިބީ ގިނައިން އެމްޑީޕީމީހުންނެވެ. ޕީޕީއެމުން ޖެހުނުމީހެއްވިއްޔާ އެވަނީ ޖުމްހޫރީޕާޓީއާގުޅިފައެވެ. ޔާމީނު ވިދާޅުވީތެދެކެވެ. އަސްލުވަގުން ޔާމީނަށްހޯދޭނީ ސަބަބަކީ ގަޓްހުންނާނެއެވެ. ވީމާ ރައްޔިތުން ވިސްނަންވީ

    23
    1
  2. ޢަހުމަދު1

    ޢިންތިޙާބު ގާތްވީމަތަ އިންސާފު ހޯދަން އުޅެނީ.

    14
  3. އަބުދުﷲ

    . މާލީ ގާބިލުކަމަކީ ރިފަރެންސް ލިޔުންކަމުގަބަލާ ލަދުކުޑަ މޮޔަ ބައެއް އުޅޭތަނެއް. !!!!! މިފެންވަރުގެ ބަޔަކައް ހީލަތްތެރިކަން ހުންނަމީހުންގެ ކަންތަކެއް ނުބެލޭނެ. !!!!!!ޙުށަހަޅާއެއްކަމެއްވެސް ނުބަލާ މުސާރަކާބައެއް!!!! . އެސެޓު ރިކަވަރީ ކޮމިސަން އެކޭ އެއްވެސް ތަފާތެއއ ނެތް .

    10
  4. ސައްޕު

    ކޮބާހޭ އެމްޑީޕީން އެމްއެމްޕީއާރސީގެ ލާރިގަނޑު ކޭމީހުން ތިޔައޭސީސީއަކައްވެސް ނުކެރޭނެ އެއިންމީހަކު ހާޒިރުކުރާކައް
    ވަގުތުން ބޭރުކުރާނެ ލަހެއްފަހެއްނޯންނާނެ ކެރެންޏާ ގެންގޮސްބަލަ

  5. Anonymous

    އެމްއެމްޕީއާރްސީއޭ މިކިޔާ ގޭސް ގަޑަކީ ދެތިން ވިޔަފާރިވެރިން މިރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތަކެއް ހީލައްތެރި ރޭވުމަކުން އަތުލައިގަންނަން ހިންގި ކަންތައްގަޑެއް އެކަމެއް ނުވެސް ބެލާނެ، ރައްޔިތުން ގުންބޯ ހައްދަނީ !

  6. މުލުވަގު

    މިއީ ގައުމީ މުލުވަގުގެ ހިމާޔަތުގައި އުޅޭ ވަގުންގެ މައްސަލައެއް ނުބެލޭނެ. އަރުވާނީ ބާރު އަޑެއް. ޖަމަލު ފޮޑިއަށް ވެގެންދާނީ.