އައްޑޫ ސިޓީ ގަމުގައި، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ހިންގަމުންދާ ފްލައިންގ ސްކޫލްއިން ފުރަތަމަ ފަހަރަށް ދެ ދަރިވަރަކު ކޯސް ނިންމައިފިއެވެ.

މިހާރު ގަމުގައި ހިންގަމުން ދަނީ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް އޭވިއޭޝަން އެކަޑަމީއެވެ.

އެ އެކަޑަމީން މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކް ޖެހި ޕޯސްޓެއްގައި ވަނީ ކޮމާޝަލް ޕައިލެޓް ލައިންސަން (ސީޕީއެލް އިންޓަގްރޭޓެޑް ކޯސް) ކާމިޔާބުކަމާއެކު ފުރިހަމަ ކުރި ފުރަތަމަ ދެ ސްޓޫޑެންޓް ޕައިލެޓުން ކަމަށްވާ އެ އެކަޑަމީގެ އަޖުމަލް ފާރިދު އަދި ރަޔާހް ރަޝީދަށް ތަހުނިޔާ ކިޔާފައެވެ.

މީގެ ކުރިން އައްޑޫގައި ފްލައިން ސްކޫލް ހިންގަމުން އައީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އެވެ. އެކުންފުންޏާއެކު އައްޑޫ އިންޓަނޭޝަނަލް އެެއާޕޯޓް (އޭއައިއޭ)އިން ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެ އެއްބަސްވުން އާ ނުކުރަން އޭއައިއޭއިން ވަނީ ނިންމާފައެވެ.

އޭއައިއޭއިން އޭއޭއޭ އާއި އެކީ އެއްބަސްވުން އާ ނުކުރަން ނިންމިއިރު، އެ ސްކޫލްގައި ކިޔަވަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންގެ ކިޔެވުން ހުއްޓިފައިވާތާ ގިނަ މަސްތަކެއް ވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަށުމީހާ

    ދެދަރިވަރުން ކޯސްފުރިހަމަ ކުރުމުން ވަރައް އުފަކުރަން
    ނަމަވެސްހިތާމަޔަކީ ފްލިއިކުރަން އިން 30 މިނެޓްގެފްލަޔިން އަރވާސް ނިންމުމަށް ނެގިދެއަހަރުގެ ދިގުރާސްތާ ދެންތިބިދަރިވަރުން ކޯސްނިންމުމަށް އަދިކިތައް އަހަރު ނަގާނެތޯ މީއުފެދޭސުވާލަކީ؟؟؟؟؟؟؟؟

  2. ދރދ

    ރަޔާ އައް މަރުހަބާ

  3. ޢިސްތި

    މަރުހަބާ ރަޔާ.2020 ގައި ނިމެން ޖެހޭ 2 ދަރިވަރަކު 2022 ގައި ނިންމާ ލެވުނީ ކުރީގެ ސްކޫލް ގެ އިހުމާލުން.