ވަޒީފާ އަށް ނުކުންނަ މައިބަފައިންނަށް އެ މީހުންގެ ކުދިން ބެލެހެއްޓުމަށް ސަރުކާރުގެ އޮފީސްތަކުގައި "ޗައިލްޑް ކެއާ ސްޕޭސް" ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދް ފޮނުއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ މި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރޭގައި ހިމެނޭ މާލޭގައި އެފޯޑަބަލް ޑޭކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ތަނެއް ވުޖޫދު ކުރުމަށް މިނިސްޓްރީން މިހާތަނަށް އައިއިރު ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

އެގޮތުން ޑޭކެއާގެ ހިދުމަތް ފޯރުކޮށްދިނުމަށް މާލެ އިން ބޭނުންވާ ޖާގަ ކަށަވަރު ކުރުމަށްޓަކައި ކަމާ ގުޅުން ހުރި އެކި އިދާރާތަކާ އެކުގައި ގިނަ މަޝްވަރާތަކެއް ކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މާލޭގެ ޖާގައިގެ ދަތިކަމާ ހުރެ ޑޭކެއާގެ ހިދުމަތް ގާއިމު ކުރާނެ ބިމެއް ލިބިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވެ، އޭޑީބީގެ އެހީގައި ޖެންޑާ މިނިސްޓްރީން ފަށާފައިވާ "ސްޓްރެންތަނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވްސް (އެސްޖީއައިއައި) ޕްރޮޖެކްޓް" ގައި ހިމަނައިގެން މާލެ އިން ރަނގަޅު ޖާގައެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ޖާގަ ނުލިބޭތީ އެ ޕްރޮޖެކްޓުން އެ މަސައްކަތް އުނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާއިޝަތު މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި ކުދިން ބެލުމަށް ބޭނުން ކުރެވޭނެ އެހެން ލުޔެއް ހޯދައި ދިނުމަށް ތަފާތު އެހެން މޮޑަލްތައް ދިރާސާކޮށް، ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ޗައިލްޑް ކެއާ ސްޕޭސް ގާއިމް ކުރުމަށް ރައީސް އޮފީހާއެކު މި އަހަރުގެ އޮގަސްޓު މަހު މަޝްވަރާ ކޮށްފައިވެއެވެ.

އެ މަސައްކަތް ކުރުމަށް ސޯޝަލް ކައުންސިލަށް ހުށަހެޅުމުން އެކަން ތަންފީޒު ކުރަން މިހާރު ވަނީ އަންގާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންވެ، އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުނިތަކާ ވަކިވަކިން މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުންފުނިތަކުން ދީފައި ހުރި މައުލޫމާތަށް ބަލާއިރު، މި އަހަރު ސްޓެލްކޯ އާއި އެމްޕީއެލުން އެ ހިދުމަތް ގާއިމް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ގިނި

    އަންހެނުން އެއްވެސް ހަމައެއް ނެތި ވަޒީފާތަކަށް ނެރުނީމަ ވާގޮތް މިއީ. ކުރަންޖެހޭ ޚަރަދު ބޮޑުވެފަ އާއިލީ ދިރިއުޅުމާ ކުދިންނަށް ގާތުން އަޅާލުމާ އެކުދިންގެ ތަރުބިއްޔަތު ގެއްލެނީ

    18
    1
    • ގިރިސް

      ފިރިހެނުން އެމީހުންގެ ޒިންމާ ހިތުން ރުހުމުން އެއްވެސް ދަތިކަމެއް ނެތި އަދާ ކުރެވޭނަމަ އަންހެނުން ނުޖެހޭނެ ވަޒީފާއަށް ނުކުންނާކަށް ބައެއް ފިރިހެނުން އެމީހުންގެ އަނބިންނަށް ހަރަދުދޭކަށް ބޭނުމެއްނުވޭ އަނެއްބައިމީހުން އާއިލާގެ ހަރަދުތައް ބެލެހެއްޓެނީ ދެމީހުން ވަޒީފާއަށް ގޮސްގެން.

      6
      3
  2. މުފައްކިރު

    ހިންނަވަރު ނޫރާނީއާގެ ހުސްކޮއް ކުދިންލާންވީނު

    14
  3. މުފައްކިރު

    ނޫރާނީއާގެ ހުސްކޮއް ކުދިންލާންވީނު

    13
  4. މިނީ

    ސްޓެލްކޯ ހާދަ ގަދަ ކޮށްލީ

  5. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    އިބޫ އަށް ކިޔަވައިދިން އިބޫ ގެ "މިސް" އަށް ވެސް މިނިސްޓަރުކަން! ދެން އިބޫ ބުނާނެ އިބޫ ގެ ގާތް މީހަކަށް، ތިމާގެ މީހަކަށް ވަޒީފާ އެއް ނުދެމޭ. އިބޫ ބުނަނީ މިއީ ކޯލިޝަން ސަރުކާރެކޭ. އެކަމަކު އިބޫ ގެ "މިސް"، ޢާއިޝަތު މުޙައްމަދު ދީދީ އަކީ އެއްވެސް ޕާޓީ އެއްގެ މީހެއް ނޫން. މިކަހަލަ ދެއުޅިއެއް ނުވާ ކަންތައް އިބޫ ކޮށްފައި، އިބޫ މިބުނަނީ ޒުވާނުން ކުޑަމުސާރަ އަކަށް ވަޒީފާ އަށް ނުކުންނާށޭ. ގާތް މީހުންނަށާއި، އިބޫގެ "މިސް" އަށާއި ތިމާގެ މީހުންނަށް އިބޫ ވަޒީފާ މިދެނީ. ޔާމީން ގެ ތިމާގެ މީހަކަށް، ގާތް މީހަކަށް ވަޒީފާ އެއް ދެއްވާފައެއް ނެތް. 2023 ގައި ޔާމީން ޙިޔާރު ކުރައްވަވާ!

  6. ނަޒީ

    ނުކިޔަވައިތިބި އެކްޓިވިސްޓުންގެ ބަޔަކަށް ވަޒީފާތަކެއްދޭން ޖެހޭތީ އެކަމަށް މަގުކޮށަނީ! ކިތަންމެ ވަރެއް އެރުވިޔަސް އިންޝާއަﷲ 2023 ގެފަހުން ޞާލިޙް އޮންނާނީ ޖަލުގަ

  7. ޢަބްދުﷲ

    މާލެ އެކަނި؟ ކޮބާ އެހެން ރަށްތައް؟

  8. ސައިނީ

    ދެން އޮފީސް ގަޑީގަވެސް ކަބޮލުން ގޭކެޔާގަ ތިވޭނީ ދޯ!

  9. ކޮރަލް

    ފުރަތަމަ އޮފީސް ތަކުގަ ނަމާދު ކޮށްލެވޭނެ ތަން ކޮޅެއް ހަދަން ވީ އެވެ.

    12
  10. Anonymous

    އިފީހަށް ދަމުން ކުޑަކުދިން ގެންގުޅޭމީހުން ކަމަނާގެ އޮފީހާއި ހަވާލު ކުރާގޮތަށް ހަދަންވީ ނުންތޯ ދެން އޮފީސް ނިމިގެން އަންނައިރު ގޮވައިގެން ދާގޮތަށް .