ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާ އާއި ހަވާލުކުރަން ގޮވާލައި ގަލޮޅު މޯޗަރީ ކައިރީ މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން އެތަނުން ބައެއް މީހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމް އާއި ޕީއެންސީގެ ސެނެޓް މެންބަރުން ވެސް ހިމެނެއެވެ. ހައްޔަރު ކުރި މީހުންގެ އަދަދު ރަސްމީ ފަރާތަކުން އަދި ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް ޕީޕީއެމް އިން ބުނާ ގޮތުގައި ހަތަރު މީހަކު ވަނީ މިރޭ ހައްޔަރު ކޮށްފައެވެ.

އަބްދުﷲ ރަޝީދުގެ މަރަށް އިންސާފު ހޯދައި ދިނުމަށާއި އާއިލާއިން އެދޭގޮތައް އޭނާގެ ހަށިގަނޑު އާއިލާ އާއި ހަވާލު ކޮށްދޭން ގޮވާލައި ޕީޕީއެމްގެ މެންބަރުން އެޕާޓީގެ އޮފީސް ކުރިމަތިން މިރޭ މުޒާހަރާ ފެށީ 21:00 ކަންހާއިރުއެވެ. ފަހުން އެމީހުން ވަނީ އަބްދުﷲ ރަޝީދުގެ ހަށިގަނޑު ބާއްވާފައި އޮތް ގަލޮޅު ސަހަރާ ކައިރިއަށް ގޮސްފައެވެ.

ގަލޮޅު ސަހަރާ ކައިރިއަށް އެއްވި މީހުން ގޮވާލަމުން ދިޔައީ އަބްދުﷲ ރަޝީދުގެ މަރަށް އިންސާފު ހޯދައި ދިނުމަށާއި ރައީސް ސޯލިހާއި ހޯމް މިނިސްޓަރ އިމްރާން މަގާމުން އިސްތިއުފާ ދިނުމަށެވެ. އެއީ އިންސާފު ހޯދައި ދިނުމުގައި އެބޭފުޅުން ފެއިލް ވުމުން ކަމަށް އެއްވި މީހުން ބުނެފައި ވެއެވެ.

އަންގާރަ ދުވަހު ނިޔާވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނައީ ބުދަ ވިލޭރޭގެ ވަގުތެއްގައެވެ. އޭގެ ފަހުން ހަށިގަނޑު ބަލާލަން އާއިލާ އިން އެދުމުން ވެސް ފުލުހުން އާއިލާ އަށް ހަށިގަނޑު ދައްކާފައެއް ނުވެއެވެ.

މިރޭ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ

ވިދާޅުވީ އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް އެކޮމިޝަނުން ޖިނާއީ ތަހްގީގެއް ފަށާފައިވާ ކަމަށެވެ.

މައްސަލައިގެ ތަހްގީގު ކުރިއަށް ގެންދަނީ ފުލުހުންނާއި ގުޅިގެން ކަމަށާއި ނަމަވެސް މައްސަލައިގައި ލީޑިން އިންވެސްޓިގޭޓަރެއްގެ ދައުރު އަދާކުރާނީ އިންޓަގްރިޓީ ކޮމިޝަނުން ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެއެވެ. އިންޓަގްރިޓީ ކޮމިޝަންގެ ބަޔާނުގައި އިތުރަށް ވިދާޅުވީ މިތަހްގީގުގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ކޮމިޝަންގެ ތަހްގީގަށް އެހީތެރިވެދިނުން ކަމަށެވެ.

އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާ އާއި ހަވާލުކޮށްދޭން އާއިލާ އިން ތަކުރާރުކޮށް އާދޭސް ކުރަމުން ގެންދިޔަ ނަމަވެސް އިންޓަގްރިޓީ ކޮމިޝަނުގެ ބަޔާނުގައި ވިދާޅުވީ "މިމައްސަލައިގައި އިންސާފަށް ވާސިލްވުމަށް މުހިއްމު ކަމަކަށް ވާތީ ތަހްގީގު ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ނިންމާފައިވާ ކަމަށެވެ."

އާއިލާ އިން އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހަވާލު ކޮށްދޭން އެދެމުން ބުނެފައި ވަނީ ފުލުހުން އިހުމާލުވީ އަބްދުﷲ ރަޝީދަށް ފަރުވާ ދިނުމުގައި ކަމަށާއި ޕޯސްޓްމޯޓަމް ހެދުމަކުން ފުލުހުންގެ އިހުމާލު ވަކިން ބޮޑަށް ހާމަވާނެ ގޮތެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން ވީއެންމެ އަވަހަކަށް ހަށިގަނޑު ވަޅުލައި ދިނުމަށް އާއިލާ އިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ނޫނޭ މިސަރުކާރުން މީހުން ހައްޔަރެއް ނުކުރާނެ.
    ތިޔަވާނީ ކުރީސަރުކާރުގެ ކަމަކަށް.
    ހުރިހާ ރަނގަޅު ކަމަށާއިގެން ވަޢްދު ވެފައި އައި ބަޔަކު ތިޔަކަހަލަ ކަންތައްކުރޭތޭ.
    އިރާދަކުރެއްވިޔާ ދެންމާލަހެއް ނުވާނެތޯޗެ
    "އަޖުފާޖެއް ނޭނގިވާ މިސްރާބު ނޭނގޭމިތުރަކަށް
    މާލިމީ ކަންދިނުމުގައިހުންގާނީކުރަނީ ކޮންކުށެއް"

    20
    2
  2. ނުލަފާ ކިބޫ

    ފައިބާ..ފިރިއައުނު ވެސް މިހާ އަނިޔާވެރިކަމެއް ނުދެނަހުރިން..ވަރަށް ވެދުން..އެމް.ޑީ.ޕީ ގެ އަނިޠާވެރި ވެރިކަން ،ގޮތްނޭގޭ މަރުތައް، އިހުމާލުންނާއި ގަސްތުގައި މީހުންގެ ފުރާނަޔާއި މުދަލަށް މިދޭ އަނިޔާތައް ބެލޭނެ ދުވަހެއް ނާންނާނެތޯ؟ އިންޝާﷲ މި އަނިޔާވެރިވެރިންނަށް ދޭނެ ވޯޓެއްދެނެއް ނޯންނާނެ.އިންޝާﷲ

    16
    1
  3. ނާހަމަ ތެދެއް

    ތީ އެއްވެސް ބޭނުން ބައެއްނޫން ހަމަ އެކައްޗެއްތީ

    1
    10
  4. ޢިއްތިހާދު

    އަޑުއުފުލަންވީ އެދޮގުހަދާ އިމްރާން އަތުގަ ހުރި ނުހައްގުން އަނިޔާދީ މަރާލިކަމައްބުނާ ލިއުންތައް ދައްކަންދެން އެލިއުން އަތުގަމިހިރީއޭކިޔާފަ ދެއްކިއިރު އޭނައައްހިއްވަރުދޭން އެމުޒާހަރާގަ އޭރުހުރި ބައިވެރިއް އިބޫއަކީ ފޮޓޯތައް މިހާރުވެސް ނެޓުންފެނޭ

    17
    1
  5. ދަރަނި ދަންތުރަ

    ތިޔަ ހަށިގަނޑު އެމް ސީ ހަމީދު އާ ފަހަރި އިމްރާން ހަފައިގެން ކާލާ އާއިލާ ނުރުހުނަސް ، ތިއޮތީ ސޯލިބޭގެ އިންސާފު އުތުރި އަރާފަ

    20
    2
  6. ކޮޔާ

    ވަގު އިބޫ އިސްތިއުފާ ވަގު ސޯލިހު އިސްތިއުފަ ވަގެ ޢިމްރާނު އިސްތިއުފާ މީހުން މެރުން ހުއްޓާލާ

    16
    1
  7. ބީމް

    އިޒުރޭލް ފުލުހުން ލަށްވާމީހުންނުމަރާ.

    15
    1
  8. އަން

    މިކަންތައް ސިޔާސީކޮށް މިކަމުގައި ނާޖާއިޒު ފައިދާ ނަގަން އުޅޭއުޅުން ބަލައެއް ނުގަނުވޭ.

    4
    19
    • ކޮމެންޓޫ

      އާ ކަލޭމެން އެމްޑީޕީ މުރުތައްދުންގެ ހައްގެއް އެއީ

      10
  9. ޓ

    2007 ގައި ހުސައިން ސޮލާހު މަރު ވެގެން...ތިޔަ އެމްޑީޕީ ކިހާވަރެއް އެރުވި...ތާރީޚް އިޔާދަވެއްޖެ ހަމަ ގަލޮޅު ސަހަރާ... ޢޭރު އެކަން ދުނިޔޭގެ ސަމާލު ކަމަށް ގެނެސް ސިޔާސީ ކުރީ ކޮންބައެއް....މިފަހަރު ގުއިރޯނުގައި ތިޔައޮތީ ޖެހިފައި...ރީތި ވެއްޖެއެއްނު...ހަ ހައްހާހާ....

  10. ޢަންހެން ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

    ކޮބާ ، އެސޮރު މިހާރު ޒީޜޯ އިން ފީޕީ ކުދިންގެ ބުރަމަސައްކަތުން ހީރޯ އަކަށް ހަދައިފި...