ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ނިޔާވި ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދު މަރުވި މައްސަލައިގައި ހަމައެކަނި ފެނުނު މަންޒަރުގެ މައްޗަށް ބަލައިގެންނުވާނެ ނުވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.

ރަޝީދު މަރުވީ މިދިޔަ އޮކްޓޫބަރު މަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށް ލޯންޗަށް އެރުވި ތަނުން މެޔަށް ތަދެއް އަރައިގެން ނެވެ. އެ މައްސަލައިގައި ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު ހޯމް މިނިސްޓަރު އިމްރާން މީގެ ކުރިން ވިދާޅުވީ ހާދިސާގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެހެންވެ އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އެޅިތޯ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާންއާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ އެ މައްސަލަ ހިނގައި ދިޔަ ގޮތް އޭނާ ބެލި ކަމަށާއި އަދި ރަޝީދު މަރުވި މަންޒަރު ފެނުނު މީހުންނަށް ފެނުނު މަންޒަރުތަކާއި އެ މައްސަލަ ތަހުގީގުކުުރުމުން ފެންނަ މަންޒަރުތަކާއި އޭގެ ފަހަތުން ފެންނަ ކަންކަން ތަފާތުވާނެ ކަމަށެވެ.

ރަޝީދު މަރުވި މަންޒަރު ހަމަ ލޮލޮން ފެނިވަޑައިގަތް ބޭފުޅުންގެ ތެރޭގައި މަޑަވެލި މެމްބަރު ފިރުޝާން ވެސް ހިމެނިލައްވަ އެވެ.

އިމްރާން ވިދާޅުވީ ފިރުޝާންމެން ފަދަ ބޭފުޅުންނަށް ރަޝީދުގެ މަރު ފެެނުމުގެ ކުރިން ކަން ހިނގައިދިޔަ ގޮތާއި އަދި އޭގެ ފަހުންވެސް ކަންހިނގާ ދިޔަ ގޮތް ބެއްލެވި ކަމަށެވެ. އެހެންކަމުން ހަމައެކަނި މެދުތެރެއިން މަންޒަރުތައް ފެނުނު ބައެއްގެ މައްޗަށް ބަލާފައި މައްސަލައެއްގައި އެ ވަރުގެ ޖަޖްމަންޓެއް ނެރުން އެއީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.

"މިސާލަކަށް ރައްޔިތުންގެ ކުރިމަތިން އޭނަ ގެންދިޔަ އިރު، އެ ފެނިގެންދިޔަ ފަސް މިނެޓުގެ މައްޗަށް ނުވަތަ ދިހަ މިނެޓު ކިޔަމާ ހިނގާ ދިގުކޮށް، އެވަގުތަށް ބަލާފަ އެކަމުގެ މައްޗަށް ޖަޖްމަންޓެއް ނެރެފިއްޔާ އަޅުގަނޑު ގަބޫލުކުރަނީ އެއީ ނުބައި ޖަޖްމަންޓަކަށް ވާނެކަމަށް. އެއީ އެއަށްވުރެ މާ ބޮޑު މައްސަލައެއް، ފަހަތުގައި މާ ގިނަ ކަންކަން ހުރި މައްސަލައެއް،" އިމްރާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން

    އިމުރާނޫއަކަށް މިހާރު ތިޔަކަހަލަ ކަންކަމުގައި އިސްލާމީ ޝަރީއަތެއް ވެސް ރަނގަޅެއް ނުވާނެ. އޭނާޤ ޤއެހެރީ މޯދީގެ ސިހުރުގައި ޖެހި މޮޔަވެފައި

  2. ކޮވިޑް

    ވެދާނެތާ މި ކަމުގައި މީނާގެ އަތެއްވަނީ ކަމަށް . އެހެން ނޫންނަމަ ކޮންމެސް ފުލުސް ކުއްޖަކު މި ކަމުގަ ރައްޔަތުންނަށް ދައްކަން ވެސް ކަންޑާލީސް . ބަލަ މެމްބަރު ކުރިމަތީގަ ހުއްޓާ ހިންގާދިޔަ ހާދިޝާ އެއް މީދެއްތޯ؟