ފުލުހުންގެ އިހުމާލުން ނިޔާވި ގދ. ހޯޑެއްދޫ މީހެއް ކަމަށްވާ އަބްދުﷲ ރަޝީދު (މާޓީ)ގެ އާއިލާއަށް އިތުރު ހިތްދަތިކަމެއްދޭން ވަނީ ފޫގަޅާފައި ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ފިރުޝާންގެ ފާޑުކިޔުން އަމާޒުވީ މާޓީގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ވަގުތީ ނަތީޖާ ވެސް އާއިލާ އަށް ހާމަ ނުކުރާނެ ކަމަށް، އޭނާގެ މަރުގެ ތަހުގީގު ހިންގާ ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނުމުން އެކަމަށް ރައްދުދީ ކުރި ޓްވީޓެއްގައެވެ.

މާޓީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން މޭގައި ރިއްސާތީ ފަރުވާ ދިނުމަށް އެދެމުން ދިޔައިރު އެތަނޔގައި މެންބަރު ފިރުޝާން ވެސް ހުންނެވިއެވެ. މާޓީއަށް ފަރުވާ ދޭން ފިރުޝާން ވެސް އެތައް ފަހަރަކު ފުލުހުންގެ ކިބައިން އެދުނެވެ. ނަމަވެސް ފުލުހުން މާޓީއަށް ފަރުވާއެއް ނުދިނެވެ. އެންމެފަހުން އޭނާ ހެލްތު ސެންޓަރަށް ގެންދިޔައިރު އޮތީ ނިޔާވެފައެވެ.

ފިރުޝާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މާޓީގެ ޕޯސްޓްމޯޓަމް ރިޕޯޓް އާއިލާއާއި ހިއްސާކުރުމަށް އެދިފައެވެ. "ފުލުހުންގެ އިހުމާލުން މަރުވުމުންވެސް، ދެންވެސް ދެވެން އޮތް ހިތްދަތިކަމެއް އެ އާއިލާއަށް ދިނުމަށް ފޫގަޅައިގެން. އާއިލާއަށް ރިޕޯޓް ހިއްސާކުރޭ." ފިރުޝާންގެ ޓްވީޓްގައި ވިދާޅުވިއެވެ.

އެންއައިސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރަޝީދުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު އާއިލާ އަށް ހަމާ ނުކުރަނީ މި މައްސަލައިގެ ގޮތުން ކަމަށެވެ.

"އާއިލާއިން އުޅުނު ވަގުތީ ރިޕޯޓު ހޯދަން، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެއްވެސް މައުލޫމާތެއް އާއިލާއާ ވެސް ހިއްސާ ނުކުރަން ކޮމިޝަނުން ނިންމާފައި ވަނީ. އެހެންވެ އަދި ހިއްސާ ނުކޮށް އޮތީ. އަދި އޮތީ ފައިނަލް ރިޕޯޓު ލިބުނަސް މީޑިއާއާ ވެސް ހިއްސާ ކުރާގޮތަކަށް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.

އެންއައިސީގެ މިހާރުގެ ރައީސް އަކީ ކުރީގެ ސަރުކާރުގައި ބީއެމްއެލްގެ ލިޔުންތަކެއް ލީކް ކޮށްލައިގެން ވަޒީފާ އިން ވަކިކުރި ގާސިމް އަބްދުލްކަރީމް އެވެ. އެންއައިސީއަށް ހުށަހެޅޭ ވަރަށް ގިނަ މައްސަލަތަކުގެ ތަހްގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

މާޓީ ނިޔާވީ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ކިހިނެއް ހިއްސާ ކުރާނީ އެމީހުންގެ އިހުމާލު އޮތީމަ 😂

    28
    1
    • މިއޮށް ހަލާކުވެދަނީ..

      ދެން އުނިއިތުރު ގެނެސްގެން ހާމަކުރޭ.

  2. ވިކުރާ ކަރޯ

    މަސްތުވާ ތަކެތި ވިއްކާމީހުން ބަލާ ނަހަދާ މަސްތުގައި ޖެހިފައިތިބި މީހުންގެ އާއިލާގެ މީހުން އަބަދުމެ އެކުރާ ހިތާމަ.. އެތަކެތި ވިއްކާގެން ކިންގް ހެދިގެން އެއުޅެނީ މީސްމީހުންނަށް އެހެންމީހުން ރަހުމް ކުރެވިދާނެބާ.

    11
    3
    • ޢަހު

      ހައްޔަރު ކުރީ ތުހމަތަކަށް މަރުވީ ފުލުހުންގެ އިހުމާލުން މިތަނުން ސާބިތުވީ ފުލުހުންގެ އިހުމާލުން އަބްދުﷲ ނިޔާވިކަން އެހެންވީމަ ދެން ފުލުހުންނަށް ދެއްކޭނީ ކޮން ބަހަނާއެއް

      17
      1
      • ޖާނު

        އެމީހުން ކީއްކުރަން ތިރިޕޯޓް ހޯދަން ތިއުޅެނި އާއިލާއިން ބޭނުމެއް ނުވިއެއްނު ފޯސްޓް މޯޓަމް ހަދާކަށް

  3. ޖަވާދު

    ފުލުހުންގެ އިހުމާލު ބޮޑުކޮށް އޮތީމާ ހާމަ ކުރާކަށް ނުކެރޭނެ

  4. ހޮއްކޮ

    ކޮންމެ މީހަކުއަތުންވިޔަސް އެވަރައް މަސްތުވާތަކެތި ހޯދިއްޖެނަމަ ހާޓް އެޓޭކު ޖެހޭނެ އަދި ބޯމީހުން ރުޅިގަދަވެ ޒުވާބު ކުރާނެ މީހަގީގަތް