ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހާޓު އެޓޭކެއް ޖެހިގެން ނިޔާވި ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދުގެ ފޯސްޓްމޯޓަމްގެ ނަތީޖާ މި ވަގުތު ހާމަކުރެވެން ނެތް ކަމަށް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ބުނެފި އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އަބްދުﷲގެ އާއިލާއިން ދެކޮޅު ހެދިފަ އެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ވަނީ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވެން ނެތް ކަމަށް ހުކުމް ކޮށްފައެވެ. އޭގެ ފަހުން އިންޑިއާގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު އަބްދުﷲގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ޖަނާޒާ ވަނީ ބާއްވާފަ އެވެ.

އަބްދުﷲގެ ޕޯސްޓް މޯޓަމް ހެދިތާ ދެ ހަފްތާ ވެފައިވާއިރު އެ ރިޕޯޓާއި ގުޅިގެން "ވަގުތުން" ކުރި ސުވާލަކަށް ޖަވާބު ދެމުން އެންއައިސީގެ އޮފިޝަލަކު ވިދާޅުވީ ޕޯސްޓްމޯޓަމް ރިޕޯޓް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

"ތަހުގީގުގެ އިނީޝިއަލް ސްޓޭޖްވީމަ ޕޯސްޓްމޯޓަމް ރިޕޯޓް މި ވަގުތު ހާމަކުރެވެން ނެތް. އެ ރިޕޯޓް ހާމަކުރެވޭނެ ތާރީހެއްވެސް ބުނާކަން ނޭނގޭ." އޮފިޝަލު ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދުގެ ޖަނާޒާ ބާއްވައިފި

ހޯނޑެއްދޫ އިން އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެކަމަކު، ލޯންޗަށް އެރުވި ތަނުން މެޔަށް ތަދެއް އަރައިގެން އެ ވޭނުގައި އޭނާ ވަނީ ނިޔާވެފައެވެ.

ޑޮކްޓަރުންގެ ރިޕޯޓުގައި ބުނެފައި ވަނީ އޭނާ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. މި މައްސަލައިގައި އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ.

މި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދަނީ ތަހުގީގް ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢ

    އިހުމާލުވިފަރާތުމް މައްސަލަ ބަލަނީ ހަމައެފަރާތުން ޕޯސްޓްމޯޓަން ރިޕޯޓް ހާމަނުކޮއް ހިފަހައްޓަނީ މީހަމަސަދޫމް

    55
  2. ނަމަ

    ނަތީޖާ ހާމަ ކުރާނެ ވަގުތަކަން އިންތިޒާރު ކޮއްލަ ކޮއްލަ ތިބެއްބާ ޖެހޭނީ

    28
  3. އހ

    ތިޔޮތީ ތީގެ އަސްލު ފަޅާއަރާފައި

    37
  4. ހަސަން

    ސަދޫމް ގެ ވެރިކަން . ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް ކޮބާ އެމްޑީޕީގެ ފުންނާބު އުސް ފަނޑިޔާރުން .

    32
  5. ކަނބުލޮ

    އެއީ ވޯރލްޑް ކަޕް ފެށިގެން އުޅޭތީތަ.

    24
    • ޜަނާ

      ޢެއީ ފުލުހުންގެ އިހުމާލުން ހިނގާފަވާ ކަމަކަށްވާތީ

      23
  6. ގާސިމް

    ހެޔޮ ވާނީ އަޅެ ކިހިނެއް 😔

    17
  7. ވިސްނާ

    ތިކަމުގައި ގޯހެއްވާކަމުގައި ނުވަތަ އިހުމާލުވާންޖެހޭފަރާތަކުން އިހުމާލުވެފައިވާކަން ވަރަށްބޮޑަށް
    ބެލެވޭ އެއީ ޕޯސްޓްމޯޓަމް ރިޕޯރޓް ިމހާދުވަސްވެފައިވާއިރުވެސް ހާމަނުކުރުމާ އަދި ހާމަކުރެވޭނެ
    ތާރީޙެއްވެސް ނުބުނުން 2300ގެ އިންތިޚާބުގެކުރިން އެރިޕޯރޓް ހާމަކުރާނެކަމަށް ނުބެލެވޭ އަދި
    ރިޕޯޓްހާމަކުރާނީ 2300 ގެ އިންތިޚާބުގެ ނަތީޖާ ލިބޭގޮތަކުންތޯ އެހެންކަމަށްވާނަމަ ވޯޓްލުމަށްތިއްބެވި ރަށްޔިތުންގެ ކިބައިގައި މަރުހޫމްޢަބްދުﷲރަޝީދުގެ ޕޯސްޓްމޯޓަމްގެރިޕޯޓްގެ
    ނަތީޖާހޯދުމުގެބާރުލިބިގެންވޭ ލޮބުވެތި ރަށްޔިތުން ރަގަޅަށްވިސްނަވާ މިހާރުހިންގާ ސަރުކާރު
    2300ގައިއޮވެގެން އެއްވެސްކަމެއްގައި ރަގަޅުނަތީޖާއެއް ނުލިބޭނެކަމަށް ބައްލަވާ

    13
  8. އަހްމަދު

    މީ މިހާރުމިކަހަލަކޮންމެ ކޮމިޝަނެއްގެވެސްހާލަތަކީ ނަގޫފިތިތާށިވެފަ މިމީހުންނާދޭތެގަވެސް ފިޔަވަޅުއެޅޭނެދުވަހެއް އަންނާނެކަމަށް އުންމީދުކުރަން

    19
  9. އަސްލު މާހިރު

    އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށްވާނަމަ އެ ހާމަނުކޮށް އޮންނަންޖެހޭ ސަބަބެއްނެތް. މަރުހޫމްގެ އާއިލާއަށް އިތުރު ވޭނެއް ޖެއްސުމުގެ ހައްގު ތިޔަބުނާ އިދާރާއަށް ލިބިފައިވަނީތޯ؟

    17
  10. ާދަލޭކް

    ފަހުޒަމާނުގެ އަލާމާތް މިފެމްނަނީ ވެރިން ނަށް މިހާރު އެގޭނީ މަރުވީމަ މަސް ގަނޑަށް ހަދަން ވީގޮތް ވެސް ވާރުތަވެރިިން ނަކަށް އެއްވެސް އާރެއް ބާރެއް ނެއި .ވެރިން ގެ އުނދަގޫ ބޮޑުވެ އާއްމުން ކަނޑަށް ފުއްމާލަން ޖެހޭ ހިސާބު މިވަނީ.

    17
    1
  11. އަލީ

    ނަތީޖާ ވަރަށް ސާފް އެކަމަކު ނުލިބޭނީ އިސްސާފް މީހަމަ
    ސަދޫމް....

    20
  12. އަހްމަދު

    ކިތަންމެ ވަރަށް ހިފެހެއްޓިއަސް ގިޔާމަތްދުވަހުން ހާމަ ވާނެ. އެދުވަހު ތިޔަ އޮފިޝަލާ ވެސް ސުވާލު ކުރެވޭނެ.

    13
  13. އިބިލީސް

    ރައްޔިތުންގެ ލޭ މައިތިރިވެ މީހުން އޭނާ މަތިން ހަދާން ނެތޭހާ ދުވަސްކޮއްފަ އިއުލާން ކޮއްލަންވެގެން ދޯ

    14
  14. ރަނާ

    އާއިލާއާ ރައްޔިތުންގެ ނުްގަބޫލުގަ ޕޯސްޓްމޯޓަމް ހަދަންވެގެން ފައިވިއްދާލާފަތިބިއިރު ހީވަނީ އެހެންފަދަކަމެއްހެން، އެކަމަކު އެންމެން ނުގަބޫލުގަ އެވެސް ހަދާފަ ނަތީޖާމަކުރާކަށް ނުކެރުނު، މިޖެހުނީކޮންތާކު؟

  15. ރަން ރީނދޫ

    އެމްޑީއެން އެމްޑީޕީ ސަރުކާރަށް މިޖެހޭ ހާލުދޯ. ކޮބާ އަނިޔާވެރި ސަރުކާރު ވެސް ރައްޔިތުންނަށް ފެނިއްޖެ. ދެން ހަމަ ރަނގަޅަށް އެއްކަމެއްވެސް ނުވެ ބޯކޮޅު އަޑިއަށް ހިފާލާފަ.