ދީނީ ފަތުވާ ދެއްވުމަށް ރާއްޖެ ވަޑައިގެން ހުންނެވި މުފްތީ މެންކުގެ ދަރުސް މިރޭ ފުވައްމުލަށް ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ޒިމްބާބުވޭގެ ދީނީ އިލްމުވެރިޔާ މެންކް އެ ސިޓީގައި ދޭ ހާއްސަ ދަރުސް އޮންނާނީ މިރޭ 8:45 ގައި ހާފިޒު އަހުމަދު ސްކޫލްގައެވެ. އެ ދުރުސްގެ މައުލޫއަކީ "އިސްލާމް، ކައިންޑްސް އެންޑް ބެނެވޮލެންސް" އެވެ.
އެއަށް ފަހު، މާދަމާ ރޭ އައްޑޫގައި ދަރުސް ދެއްވުމަށް ވެސް އޭނާ ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ދަރުސް ޓުއާ ނިންމައިލާނީ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބާއްވާ ހާއްސަ ދަރުހަކަށް ފަހުގައެވެ.
ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ އިލްމުވެރިޔާ ރޭ ވަނީ މާލޭގައި ވެސް ދަރުސް ދެއްވައިފައެވެ. ރޭގެ ދަރުހުގެ މައުޟޫއަކީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް" އެވެ.
މިގޮތުން މެންކް ވިދާޅުވީ ބައެއް މީހުން އެކި ކަންކަމާ މާޔޫސްވެ އެންޒައިޓީއާ ކުރިމަތިލާން ޖެހޭ ކަމަށެެވެ. އެގޮތުން ބައެއް ފަަހަރު މައިންބަފައިން މުސްކުޅިވާތަން ފެނި މީހާ އެކަނިވުމުގެ ބިރާއި ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، އެފަދަ ދަނޑިވަޅުގައި ވެސް މާތްﷲ އޭނާއަށް ދިރުއުޅުގެ ގާބިލުކަން ދެއްވާފައިވާ ކަމަށާއި އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފައި އަދި ހަމަޖެހުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މެންކް ވިދާޅުވީ ކީރިތި ރަސޫލާގެ ދަރިކަލުން ސުވަރުގެވަޑައިގަތުމުން ވެސް ހަދީޘް ކުރެއްވީ ދަރިކަލުން ދުނިޔެއަށް އުފަންކުރެއްވީ ވެސް ﷲ ކަމަށާއި އަދި ގެންދެވީ ވެސް ﷲ ގެ ހަޒްރަތަށް ކަމަށެވެ. އަދި ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ ކަމަށާއި އަދި މީހުން އަޅުގަނޑުމެންނާ ވަކިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ ދެރަވާ ކަންކަން އަންނާނެ، އެކަމަކު އޭގެ މާނައަކީ އެނދުން ނުތެދުވެ އަދި ފަތިސް ނަމާދަށް ވެސް ނުތެދުވެ އޮތުމެއް ނޫން. ކޮންމެ ހާލެއްގައި އޮތަސް ފަތިސް ނަމާދަކީ ފަތިސް ނަމާދު. މެންދުރު ނަމާދަކީ މެންދުރު ނަމާދު. ނަމާދުކޮށް ﷲ މަތިން ހަނދުމަ ކުރަން ޖެހޭނެ. ﷲއާ ދެމެދު ގާތް ގުޅުމެއް އުފައްދަށް ޖެހޭ" މެންކް ވިދާޅުވިއެވެ.
މެންކް އެންމެ ފަހުން ރާއްޖެ ވަޑައިގަތީ 2020 އަހަރުއެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ވެސް އޭނާ ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ދެން ފުވައްމުލަކުގައި ވެސް ނުބައި ކަމެއް ކުރަން ހިތަށް އަރާފާނެ މީހަކު ވެސް ނޫޅޭނެ. ތުނބުޅިލީ އެހެން ޝޭޚުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާއިރު މިތުނބުޅި ދިގު ޝައިޚަށް އެކަހަލަ ކަމެއް ކުރިމަތިނުވަނީ ކީއްވެބާ؟
އެކަން އެނގިއްޖެ މިއަދު...... ޓީޗަތެއްގެ ބޯ ވިޔަ އެފަޅާލީ.....