މީހަކު ނިޔާވުމުން އޮޓޮޕްސީ ހެދުމުގެ ބާރު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ލިބިގެންނުވާ ކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ.ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ އާއިލާގެ ނިންމުމާއި ދެކޮޅަށް އޭނާގެ އޮޓޮޕްސީ ހަދަން އެންއައިސީން ނިންމާފައިވަނިކޮށް، އެ މައްސަލައާއި ގުޅިގެންނެވެ.
ގދ. ހޯނޑެއްދޫ އިން އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެކަމަކު، ލޯންޗަށް އެރުވި ތަނުން މެޔަށް ތަދެއް އަރައިގެން އެ ވޭނުގައި އޭނާ ވަނީ ނިޔާވެފައެވެ.
Dharifulhu Marah Thelhi, Romun Kuri Aadheys Mammage Dhulun; Aniyaaveri Mareh https://t.co/ED4EsZtakU
— Vaguthu Online (@VaguthuOnline) October 27, 2022
ޑޮކްޓަރުންގެ ރިޕޯޓުގައި ބުނެފައި ވަނީ އޭނާ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. މި މައްސަލައިގައި އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ.
ފައިރޫޝް ވިދާޅުވީ ޖިނައީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ ތެރެއިން، ޕޯސްޓްމޯޓަމް ހެދުމަށް ނިންމުމުގެ އިޚުތިޔާރު ދީފައިވާ ހަމައެކަނި މުއައްސަސާއަކީ ފުލުހުންގެ އިދާރާކަމަށެވެ. އެހެންވެ، އެފަދަ ކަމެއް ނިންމުމުގެ ބާރު އެންއައިސީއަށް ލިބިގެންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ)ގައި ސާފުކޮށްދޭ ފުލުހުން އޮޓޮޕްސީ ހެދުމުގެ ކުރިން ކޯޓު އަމުރެއް ހޯދަން ޖެހޭކަން. އެންމެ ބޮޑެތި މައްސަލަތަކުގައި ވެސް އެފަދަ ނިންމުމެއް ނިންމޭނީ ފުލުހުންގެ ހިދުމަތަށް އެކަނި" އޭނާ ވިދާޅުވިއެވެ.
Police and no other institution in the CJS. The statute required (the MPS) to issue a regulation outlining the specifics. I am unaware of a regulation that fulfills this legal obligation, and the Police Powers Regulation certainly ignored this topic. The Police Service Act,
—2/3— Phairoosch, PhD (@Phairoosch) October 29, 2022
ފުލުހުންގެ ހިދުމަތުގެ ޤާނޫނަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެނައި އިސްލާހަށްވުރެ ފަހުން ފާސްކުރެވި ތަސްދީގުކުރި ޤާނޫނެއް ކަމުގައިވުމުން، އޮޓޮޕްސީއެއް ހަދަނީނަމަ ކޯޓު އަމުރެއް ކޮންމެހެން ވެސް އޮންނަންވާނެއެވެ. އޭނާ ވިދަޅުވީ ގުޅިގެން ހިންގާ ތަހުގީގެއް ނަމަވެސް ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރާއި ބާރު ކޮމިޝަނުން އަމިއްލައަށް ހޯދައިނުގަނެވޭނެ ކަމަށެވެ.
ފުލުހުންގެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާ އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ފައިރޫޝް ވިދާޅުވީ އޭނާ ވިދާޅުވި އެއްޗެއް ވިދާޅުވީ އަމަލީ ތަޖުރިބާގެ އަލީގައި ކަމަށެވެ.
އަބްދުﷲގެ މަރަށް ހަތަރު ދުވަސް ވެފައިވާއިރު އޭނާ ވަޅުނުލާ ލަސްކުރާތީ އާއިލާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިގޮތުން، އޮޓޮޕްސީ ހެދުން ހުއްޓުވާ، އޭނާގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރުމަށް ގޮވާލާ އެމީހުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.
Alhugandah Ves Bappa Ge Moonu Balaalan Furusath Nudhin - Dharifulhu https://t.co/sTtwoCXrkE
— Vaguthu Online (@VaguthuOnline) October 27, 2022
މިހާތަނަށް އަބްދުﷲ ގެ އާއިލާއަށް އޭނާގެ މޫނު ވެސް ދައްކާފައިނުވާ އިރު އެމީހުން ބުނެފައިވަނީ ޕޯސްޓްމޯޓަމް ހަދައިފި ނަމަ އާއިލާއިން ހަށިގަނޑާ ހަވާލުނުވާނެ ކަމަށެވެ. އަދި، ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ގޮވާލާ އާއިލާގެ ފަރާތުން މިހާރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރު ފަހު ދޭއް ޖަހާއިރަށް ވަނީ ތާވަލުކޮށްފައެވެ.
އާއިލާއިން ޕޯސްޓްމޯޓަމް ހަދަން ދެކޮޅު ހެދި ނަމަވެސް މި މައްސަލަ ތަހުގީގު ކުރާ އިންޓެގްރިޓީ ކޮމިޝަނުން ބުނެފައިވަނީ މައްސަލައިގައި އިންސާފާ ހަމައަށް ވާސިލުވުމަށް ޕޯސްޓްމޯޓަމެއް ހެދުން ބޭނުންތެރި ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.
ކިހާދެރަކަމެއް... ސީޕީ ހަމީދު ގެ އަމިއްލަ ތަރިކަމުދާތަ؟ ރަގަޅުކަމެއް ނުވިތާކަށް ކުރަނީ އިންތިހާ ނުބައިނުލަފާ ޖަނަވާރުން ކަންތައްތައް ކުރާގޮތަށް ކަންތައްތައް. އިސްތިޢުފާދީފަ ދާކަށްވެސް ނޫޅެޔޭ.
މި ސަރުކާރަކީ ޤާނޫން އަސާސީ އެއްފަރާތުގައި ބާއްވާފައި ރަސްކަމަކާއި އެއްގޮތަށް ވެރިކަންކުރާ ބައިގަނޑެކެވެ. ޤާނޫނު އަސާސީގައި އޮތީ ކީކޭކަން ބަލާކަށް ބޭނުމެއްވެސްނެތެވެ.
ފައިރޫޒް ބުނެދީބަލަ އިންސާނަކު މަރާ ހަނގުރާމަ ކުރަމުން ދާއިރު ސިއްހީ ފަރުވާނުދީ ހިފެހެއްޓުމުގެ ބާރު ލިބިގެންވަނީ ކޮން މުއައްސަސާއަކަށްތަ؟
އެހެންބަޔަކު އިންސާނަކަށް ފަރުވާދޭން އުޅެފިނަމަ އެކަމެއް ހުއްޓުވުމުގެ ބާރު ލިބިގެންވަނީ ކޮން މުއައްސަސާއަކަށް؟