މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން، އެއް ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ހަމަޖައްސަވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ، އަންނަ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ، 8:30 ގައި، ދަރުބާރުގޭގައެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިފަހަރު ދެއްވުމަށް ހަމަޖައްސަވައިފައިވަނީ، މިއަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި ކަމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުރާލި

    ނޫން އިންޑިއާގެ މިނިވަން ދުވަހު ތިޔަސެޓުފިކެޓުތަށް ދޭންބާއްވާ އޭރުން ގޮނޑިކޮށްކޮ މައިސަރުކާރު ވަރަށް އުފާވާނެ.

  2. Anonymous

    ރައްޔތިުންނަށް ވަރިހަމަ ރަންނުނާއި ޖަވާހިރުްންވާ ތާޖުއެޅުވިޔަސް . 2023 ގައި ނުލިބޭނެޔޭވޯޓެއް.

  3. Anonymous

    ނޮވެމްބަރު ތިނެއްވެސް ފާހަގަ ކޮށްލަދެއްވުން އެދެން
    19ޝަހީދުންގެ ޒިކުރާ ދިރުވާންޖެހޭ.