ޖުމްހޫރީ ދުވަހުގެެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، މިރޭ ބާއްވަވާ ގޮތަށް އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ.

"ދައުވަތު އެރުވިފައިވާ ބޭފުޅުން، ދައުވަތު އެރުވިފައިވާ ގަޑިއަށް މާދަމާރޭ ޖަލްސާއަށް ވަޑައިގެންދެއްވުން އެދެން." ހޯމް މިނިސްޓްރީން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

މާފަންނުގައި ހުންނަ ގަރާޖެއްގައި އާއި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ސްރީލަންކާ އަދި ލަންކާގެ ރައްޔިތުންނެވެ. މި ހާދިސާގައި 14 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

އަދި ބަންގްލަދޭޝް ފިރިހެނެއްގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށްވެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މާދަމާރޭ އިނާމް ދެނީ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ދިނުން އޮންނާނެއެވެ.