ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބާއްވަމުން އަންނަ ޕެރޭޑް މިއަހަރު ނުބާއްވަން ނިންމައިފިއެވެ.

މާދަމާ ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން މިރޭ ބާއްވަން އޮތް ޖަލްސާ ވެސް ރޭ މާލޭގައި އަލިފާނުގެ ހިތާމަވެރި ހާދިސާއެއް ހިނގުމާއި ގުޅިގެން ވަނީ މާދަމާ ރެއަށް ފަސްކޮށްފައެވެ.

މާދަމާ ޕެރޭޑް ބާއްވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޕެރޭޑް ނުބާއްވާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އެމްއެންޑީއެފްއިން ނުދެއެވެ.

ބެލެވޭ ގޮތުގައި ޕެރޭޑް ނުބާއްވަން ނިންމީ އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.

މާފަންނުގައި ހުންނަ ގަރާޖެއްގައި އާއި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ސްރީލަންކާ އަދި ލަންކާގެ ރައްޔިތުންނެވެ. މި ހާދިސާގައި 14 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

މާދަމާ ރޭ ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވާއިރު މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ދިނުން އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޗާފް

    އިންޑިޔާ މީހުން މަރުވީމަ މިޖެހެނީ ޖުމްހޫރީ ދުވަސްވެސް ފާހަނގަ ނުކުރަން.

    10
    1
  2. ކެނެރީ

    ޕެރޭޑް ނުބޭއްވިއަސް ގައުމުގެ ދެ ރައީސް އަދި މަޖިލީހުގެ ރައީސް ޔޫރަޕުގެ ކޮންމެވެސް ގައުމަކަށް އިތުރު ބޭފުޅުން މޮޅަކާއެކު އަވަހަށް ފުރާވަޑައި ގަންނަވާ

  3. އައްލާގެ އަފީފް

    އިންޑިއާގައި ދުވާލަކު ތިކަހަލަ ކިތައް ހާދިސާ ހިނގާތަ އަދި ކިތައް މީހުން މަރުވެގެން ދަނީ އެކަމަކު އެމީހުންހެ ގައުމީ ދުވަސް މިނިވަންދުސް މިދުވަސްތައް އެމީހުން ފާހަގަ ކުރޭ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ނުކުރެވޭނެ އެއްވެސް ހާލަތެއް ނެތް ތިޔަ ހިނގި އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ބަޔަކު ހަމަލައެއް ދީގެން ކުރި ކަމެއް ނަމަ އޯކޭ ހުރިހާ ދުވަހެއް ފާހަގަ ނުކުރިޔަސް އެކަމަކު މިއަހަރު ޖުމްހޫރީ ދުވަސް ފާހަގަ ކުރަންޖެހޭނެ ސީދާ ތާރީޚްގައި އެކަން ނުކުރެވުނަސް މަގައުމުގެ ހައިބަތު ދައްކުވައިދޭ ދުވަސްތައް ފާހަގަ ނުކޮށް ދޫކުރެވޭނީ ކާރިސާއެއް މެދުވެރިވެގެން އެހެން ނޫނީ އެދުވަސްތައް ފާހަގަ ކުރަން ޖެހޭނެ

  4. ކައުންސެލަރު

    އިންޑިޔާ މީހުންތަކެއް މަރުވީމަ ނުބޭއްވީ..
    ރާއްޖޭގެ ބަޔަކު މަރުވިނަމަވެސް ބޭއްވީސް. ކޮންކަހަލަ ޔަހޫދީ ބައިގަނޑެއްމީ

  5. މުހައްމަދު

    ކޮންގައުމެއްގެ މީހުންތަކެއްކަމުގައި ވިއަސް ހާދިސާއެއްގައި މިހާގިނަ މީހުން މަރުވުން އެއީ ވަރަށް ހިތާމަވެރި ކަމެއް ފިތުނަ އުފެދޭ ގޮތަށް ވާހަކަނުފައްކާ