ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކުރިއިރު އެކަމާއި ދެކޮޅަށް ވޯޓުދެއްވާފައިވަނީ ކޮމެޓީގައި ބައިވެރިވި 19 މެންބަރުންނެވެ.

ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހްތައް ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅީ އޮގަސްޓް 28 ވަނަ ދުވަހުއެވެ. ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާށެެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ:

  • ޖީއެސްޓީ- %6 އިން %8 އަށް ބޮޑުކުރުމަށް
  • ޓީޖީއެސްޓީ- %12 އިން %16 އަށް ބޮޑުކުރުމަށް

މިއަދު އެކަމަށް ކޮމެޓީގައި ވޯޓަށް އެހުމުން ސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ޖުމްލަ 19 މެމްބަރެކެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 11 މެމްބަރަކާއި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެބްރަކު ހިމެނެއެވެ.

ޓެކްސް ބޮޑުކުރަން ވޯޓުނުދެއްވި މެންބަރުން:

  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބުރާހީމް މުއިއްޒު
  • މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  • ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ
  • މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  • ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު
  • މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
  • ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
  • ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް
  • މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
  • ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު
  • މަހިބަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގު
  • ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން

ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމިއިރު ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައިވެއެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރަން ހުށަހެޅުމާއި ގުޅިގެން ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ތެރޭގައި ވެސް ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

މިގޮތުން، އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ޓެކްސް ބޮޑުކުރުމަށް ތާއީދު ނުކުރައްވާއިރު ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ގެންދަވަނީ އެއީ ކޮންމެހެން ވެސް މިވަގުތު ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ، އެގޮތަށް ވޯޓު ދިނުމަށް ގޮވާލަމުންނެވެ. އެ ބިލާއި ގުޅިގެން އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.

އެކަމަކު، ސަރުކާރުން ބުނެފައިވަނީ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ޓެކްސް ބޮޑުކުރަން ޖެހޭ ކަމަށާއި އެއީ އެހެން ގައުމުތަކުގައި ވެސް އެކަން ކުރަމުން އަންނަ ގޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަނައްޓޭ

    ރައްޔިތުން ފެލައިގެން ތަރައްޤީގެ މަޝްރުއުތައް ނުހިންގިއްޔާ ރަނގަޅީ. ނުވަންޔާ އިސްތިއުފާދީފަ ގޭގަ ތިބެބަލަ މި.ބައިގަނޑު

    38
  2. ލަތީފް

    ކަލޭމެނައް ވޯޓް ހަރާންވީ ދިވެހި ރައްޔިތުންގެ މައްޗައް މިހާރު

    32
  3. ސަވާދު

    ސޯލިހައް ވައުދު ފުޢްދޭނީ ޢަލަންގިރި ކުޅެގެން

    14
  4. ލޯބިވާ

    މަހިތަށް އަރާ އެމްޑޕ ގަ މިތިބީ ޕާޓީފަިކުރުގަ ޖެހި ހަމަބުއްދި ފިލާގާ ގޮސްފަތިބި ބީތަައިން ބާއއޭ ދެން ބަލަން ތިބެ މާގިނަދުވަހެއް ނުވާނެ ޑޮލަރުގެ އަގު ރޭޓް -/17ރ ބޮޑް ކުރާތަން މިއާލާތުން ވެރިކަމށް އައިސް ކޮންމެފަހަރަކު ޖީއެސްޓީ ބޮޑްކޮށް ގައުމު އިންޑިޔަަގެ އަަލުވެތިކަމަށް ދުއްވާލާ

    14