ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސާވޭއެއް ހެދުމަށް ގައުމީ ތަފާސްހިސާބުތަކާއި ބެހޭ އިދާރާ, މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނިންމައިފި އެވެ.

ތަފާސް ހިސާބުތަކާއި ބެހޭ އިދާރާއިން ބުނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަވޭ އެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ހުރިހާ ރައްޔިތުން ވެސް އެ ބިއުރޯގެ ވެބްސައިޓްގައިވާ ފޯމު މެދުވެރިކޮށް މައުލޫމާތު ފުރިހަމަކުރުމަށް ވަނީ އެދިފަ އެވެ.

ތަފާސް ހިސާބުތަކާއި ބެހޭ އިދާރާއިން މި އަހަރު ވަނީ ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.

ބޯހިމެނުމުގެ މަސައްކަތައް ފަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މީގެ އަށް އަހަރު ކުރީގެ ތަފާސްހިސާބުތަކާއި އަޅާ ކިޔާއިރު، ބައިލައްކަށް ވުރެ އިތުރު ވުމެކެވެ. އެގޮތުން ފާއިތުވެދިޔަ އަށް އަހަރު ތެރޭގައި އިތުރުވެފައިވާ ކަމަށް ދައްކަނީ 16،897 ދިވެހިންނާއި، 33،527 ބިދޭސީންނެވެ.

މީގެ ކުރިން ރާއްޖޭގައި ބޯހިމަނާފައި ވަނީ 2014 ގައެވެ.

އެގޮތުން އެ އަހަރު ރާއްޖޭގައި ޖުމްލަ 402،071 މީހުން އުޅޭ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، އެއީ 338،434 ދިވެހިންނާއި، 63،637 ބިދޭސީންނެވެ.

މި އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ގުނުނު އާބާދީއަށް ބަލާއިރު، މުޅި ރާއްޖޭގައި 452،495 މީހުން ދިރިއުޅޭ ކަމަށް ދައްކައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ، ބޯހިމެނުން 2022 ގައި މިހާތަނަށް ގުނިފައިވާ އާބާދީއަކީ، އިދާރީ ރިކޯޑްތަކަށް ބަލާއިރު، ރާއްޖޭގެ ތެޖިސްޓަރޑް އާބާދީގެ 89% ކަމަށެވެ. އަދި ރެޖިިސްޓަރޑް އާބާދީގެ ތެރޭގައި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނު

    އަންނަ ރިޔާސީ އިންތިޚާބަށް ނުފުޒުފޯރުވާ އެމީހުންގަނެލަން ކުރަންއުޅޭކަމެއް. މިކަން އިމިގްރޭޝަންގެ ޑޭޓާ ތަކުން މާރަނގަޅަށްވެސްއެގޭނެ.

  2. Anonymous

    ތުޔައީ ހަމަ ރަގަޅަށްވެސް ތަފާތު ހިސާބުތަކެއް، ދިމަލެއްވެސް ނުވާނެ މާކަ ބޮޑު ނަތީޖާއެއްވެސް ނުނެރެވޭނެ ތިޔައިން