ނ. ކެނދިކުދޫގައި ޖޫނިއަރ ކޮލެޖް ތަރައްގީކުރުމާއި ހިންގުން ވިލާ އެޑިއުކޭޝަނާ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޫނިއަރ ކޮލެޖްތައް ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރުއޫގެ ތެރެއިން ކެނދިކުޅުދޫގައި ގާއިމްކުރުމަށް ނިންމާފައިވާ ޖޫނިއަރ ކޮލެޖް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިއުކޭޝަނާ ހަވާލުކުރުމަށް އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އެ ކޮލެޖް ހިންގުމަށް ވިލާ އެޑިއުކޭޝަން ކުންފުންޏަށް ދީފައި ވަނީ 50 އަހަރެވެ. އެ ކޮލެޖްގެ ހުރިހާ މަސައްކަތެއް ނިިންމުމަށް ދީފައި ވަނީ 27 މަހެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުގެ އިސްނެގުމުގެ މަތިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައ މަތީ ތައުލީމަށް ކިިޔަވައިދޭ މަރުކަޒުތައް ބިނާކުރުމަށް އެކުލަވާލާފައިވާ ސްޓެރެޖީޓިކް އެކްޝަން ޕްލޭނުގައި ހިމަނައިގެން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ތެރެއިން ކުރިއަށް ގެންދާ މަޝްެރުއޫއެއް ކަމަށް މިނިސްޓްރީން މިިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ކެނދިކުޅުދޫގައި ގާއިިމްކުރާ ކޮލެޖް ހާއްސަވާނީ ޓޫރިޒަމާއި ހޮސްޕިޓާލިޓީއަށެވެ. އެ ކޮލެޖުގައި އެ ދާއިރާއަށް ހާއްސަކުރެވިގެން އެކި ގިންތިތަކުގެ ކޯސްތައް ކުރިއަށް ގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ ވަކި ދާއިރާއަކަށް ހާއްސަ ކޮލެޖެއް ނަމަވެސް އެހެން ބައެއް ކޯސްތައްވެސް އެ ކޮލެޖުގައި ހިންގާނެ ކަމަށެވެ.

މިކަމަށް ހާއްސަކޮށް 86،000 އަކަފޫޓުގެ ބިމެއް ކެނދިކުޅުދޫއިން ހަމަޖައްސާފައިވާއިރު، އެ ބިމުގައި ކޮލެޖްގެ ކިޔައިވައިދޭ ބައިތަކުގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއްވެސް ގާއިމްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު