ބ. އަތޮޅު ރިސޯޓެއްގައި ބަގީ އާއެކު މޫދަށް ވެއްޓުނު އަންހެނަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު، އެ ރިސޯޓްގެ ޖެޓީ މަތިން ބަގީ ދުއްވުމުގެ ތެރޭގައި ބަގީއާއެކު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލުމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.

އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު މި ހާދިސާ ހިނގިއިރު، އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އޭނާ ބަގީން ވެއްޓިފައިވާ ކަަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެރޭ 23:10 ހާއިރު އެވެ.

އޮފިޝަލް ވިދާޅުވީ، އެ ހާދިސާގައި އަނިޔާވެފައި ވަނީ 26 އަހަރުގެ މޮރޮކޯ އަންހެނަކަށް ކަަމަށެވެ.

އަދި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ީރިސަކު

    ޢޭނާ ވެންޓިލޭޓަރުން މިއަދު ނަގައިފި. ސިކުނޑި މަރުވީ. ޢޭނަ ނިޔާވެއްޖެ. މޮރޮކޯ ކުއްޖެއް. ޜިސޯޓުގެ އިހުމާލު ބަލަންޖެހޭ

  2. ވަހުތާން

    ފުލުހުންގެ ހުވާ. ބަލަންޖެހޭކަންކަން ދަނީ ބަލަމުން.