ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަަށްވާ ސްމާޓްކޮމް އިން މިފަދަ ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މިއި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުން ކުރާ ގޮތާއި ބެހޭ މައުލޫމާތު ވީހާވެސް ގާތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ފެއާ އެކެވެ.

އެޗްޑީސީން ނިންމާފައި ވަނީ ކޮންމެ އަހަރަކުވެސް މި ފެއާ ބޭއްވުމަެވެ.

އެ ކުންފުނިން މައުލޫމާތުދޭގޮތުގައި، މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ އަދި ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން ތައްޔާރު ކޮށްދިނުމަށް ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތަކަށެވެ.

އަދި މީގެ އިތުރުން މިފަދަ އިވެންޓްތަކުން ތަފާތު ސައިބަރ ކުށްތައް އާއްމުވެފައިވާ މިފަދަ ޒަމާނެއްގައި މުޖުތަމައު މިކަންކަމުން ސަލާމަތް ކުރުމަށް ހޭލުންތެރި ކުރުވުމަށް އެހީތެރި ވެދެވޭނެ ކަމަށް ބުނެފައި ވެއެވެ.

އޭގެ އިތުރުން، މި ފެއާގައި ސްމާޓް ސިޓީ ސޮލުޝަންތަކާ ބެހޭ މުހިއްމު މައުލޫމާތާއި، އެހެނިހެން ޑިޖިޓަލް ހިދުމަތްތަކާ ބެހޭ މައުލޫމާއި އަދި ސައިބަރ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަންތައްވެސް ދޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މި ފެއާގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ ސްޓޯލް އެ ކުންފުނިން ހަމަޖައްސައިދޭނެއެވެ. މި އިވެންޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ލިންކުގައިވާ ފޯމު ފުރާލުމުން ރަޖިސްޓްރީ ވެވޭނެއެވެ.

ސްމާޓްކޮމް އަދި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކު ހިދުމަތްތައް ފެށިތާ އެއް އަހަރު ވުމާ ގުޅިގެން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް ދަނީ ބާއްވަމުންނެވެ. މިގޮތުން އެކުންފުނިން ސަރުކާރުގެ އެކި މުއައްސަސާތަކާއި، ކުންފުނިތަކާއި އަދި އަމިއްލަ ތަފާތު ވިޔަފާރިތަކާއި ގުޅިގެން ސްމާޓްކޮމް ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 19 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޫއޫދު

    ރައްޔިތުން ދިރިއުޅުމުގަހުރި ދަތިތަކާ ވިސްނާނެ ވަގުތެއް ނުދޭންވެގެން އެކިކުޅިވަރުތަކާ މިއުޒިކު ޝޯތައްބާއްވާ އޮޅުވާލަނީ ވެރިކަމުގެދަހިވެތިކަމުގަ އެކުޅިވަރުތެރޭ ރައީސްއޮފީހުން ނެރޭ ހަފްތާބަޑި ޝޯވެސްބާއްވަނީ ކާޅެއްނެނެގެން ކިޔޭނުކިޔޭނޭގި ރައްޔިތުންނައް ރައްދުދީ ވަކިފަރުދުނައްވެސް