ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައެވެ.

ރައީސް ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ އިބްރަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް، މާތް ﷲގެ މަދަދާއި ނަސަރުން ކާމިޔާބު ދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ނަސްރުގެ ދުވަހުން އަޅުގަނޑުމެނަށް ލިބޭ އަނެއް އިބުރަތަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެކަން. ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ ގާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ގައުމު ބޭނުންވޭ." ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަސްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެ ގޮތުގައި ސާބިތުވެ ތިބުމުގެ އަޒުމް އައުކުރުން ކަމަށެވެ. އަދި ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫހު މުޅި އަސްކަރިއްޔާގައި ދެމެހެއްޓުމަށް، ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުންވެސް މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

މިއަދަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، މާލެއަށް ދެވުނު ޢުދުވާނީ ޙަމަލާއަށް 34 އަހަރު ފުރުނު ދުވަހެވެ. އެ ޢުދުވާނީ ޙަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަލިމުތް

    ދިވެހިންހާ ގަމާރު ބަޔަކު ދުނިޔޭގަ ވެސް ނޫޅޭނެ. ބާޣީއާއިލާއަށް ވެރިކަން ދީގެން ކޮނޑުހުޅުން އަތް ނެއްޓޭވަރަށް އަތް ޖަހާޖަހާ!

    31
  2. ވިސްނާލާ

    ނޮވެމްބަރު 3 ގެ ހަމަލާއަކީ ކެނެރީގޭ ސިއްކަ އަހުމަދު މަނިކު ހިންގި ކަމެއް. އޭނާގެ ދަރިއާ އިބޫ ސޯލިހު އިނދެގެން ހުރެ މޮޅު ވާހަކަ މިދައްކަނީ. ވޯޓުން ތަޅާ ބޭރު ކުރަން ޖެހޭ

    25
  3. Anonymous

    ދިވެހިގައުމު އަޅުވެތިކޮއް ސަރަހައްދުން ބައެއް ވިއްކާލި ދިވެހިގައުމުގެ ޢައްދާރަކީކަލޭ މިގައުމު ދުވަހަކުވެސް ކަލެއައް މމގަުމު މައޢފުނުކުރާނެ

    20
  4. ޑައެލޯގް

    އެއްބައިވަންތަކަމަކީ އެމްޑީއެންއާއި އުތެމައާއި ލާދީނީފިކުރުތަކަށާއި ރަސޫލާއަށް ފުރައްސާރަކުރި މީހުނާއި މިސްކިތަށް ބޮޑުކަމުދިޔަމީހާއާއި ހަތިމަށްކުޅުޖެހިމީހާއާއި ރަށެއްގައި ބުދަށްއަޅުކަން ކުރަމުންދިޔަ އިންޑިޔާމީހުނާއެކު އެއްބައިވަންތަވުމެވެ. އަދި ޔޯގާއާއި ޝިރުކުން ގައުމުސަލާމަތްކުރަން ނިކުތްމީހުނަށް އަދަބުދިނުމެވެ.

    24
  5. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    އިބޫ އަށް ދިވެހިރާއްޖޭގެ ރައްޔިތުން ދަސްވެފަކާނެތެވެ. މިހެން މިބުނީ، "އެކުވެރިކަމަކީ ގަދަފަދަ ބާރެއް" ކަމަށް ދޭހަވާގޮތަށް އިބޫ ވާހަކަ ދައްކާއިރު، އިބޫ އެކަން، ޢަމަލުން ނުދައްކާކަން ދިވެހިރާއްޖޭގެ ރައްޔިތުން ދަނެއެވެ. ނަޝީދު އާއި އިބޫ ގެ ދެމެދުގައި އެކުވެރިކަމެއް ނެތްކަން ދިވެހި ހުރިހާ ރައްޔިތުން ދަނެއެވެ. ބަހާއި ޢަމަލާ ދިމާނުވާނީ ޔަހޫދީން ގެއޭ ބުނެއުޅެއެވެ. އިބޫގެ ސިފަ އަކީ މިއެވެ. އިބޫ ކުރި މުޙިއްމު ހުވާ ތައް، "ކީހާ ޅެން ފަރިއްސަށް ވެގެން" މިއޮއްގެން ނިމެނީއެވެ. ޙާއްސަކޮށް އިންސާފްގެ ކަންތަކެވެ.

    21
  6. ޢެރިކް

    ޓުޔައީ އުދުވާން ރޭވުމަށް އުޅުނު ގުރޫޕްން އެތިކޮލެއް އުތާ!!!!!!! ޚޮބާ 19 ދިވެހިން . ޅަދެއް ނުގަނޭދޯ

    18
  7. ފިޔަވަޅު

    ކީކޭތަ މި ވިދާޅުވަނީ.

    20
  8. Anonymous

    ޑިވެހިގައުމު ލޫޓުވާލާ ދިވެިން އަޅުވެތިކުރި ޙާއިނުދިވެހިގައުމު ދުވަހަކުވެސް ކަލެއައް މައާފުނުކުރާނެ

    21
  9. ކެނެރީ

    ބަފާބެގެ ދުވަހުގެ ހިތާބު ، ޗޯރު އިބޫ އިސްތިއުފާ

    20
  10. 😡😡😡

    ލަދުހަޔާތެއްނެތް މީހުން މިފެންނަނީ

    14
  11. ހުސޭނުބޭ

    ހަޔާތްކުޑަ މީހާ! ހާޖަރާގޭ ލުޠުފީ ލަންކާ އެމްބަސީގައި ވަގަށް ފިލުވައިގެން ވީއައިޕީ ފެންވަރުގައި ފެންގުޅެފައި ފަޅޮލޭތަ ތި ކިޔަނީ

    15
  12. ހުސެންބެ

    އީމާންތެރިކަމުން ގޮސް މެންކު ދަރުސް ނިންމާފަ މަނިކެ ގެ މިއުޒިކު ޟޯ އަށް މީތި ކަޑަ.ދެން އޮތީ މިއޮތް ހުރިހާ ޖަލްސާ ތަކަށާއި ދަރުސް ތަކަށާއި އިވެންޓްތަކަށް ގޮސް ނަސްރުގެ ދުވަހުގެ ޖަލްސާ އެއް ނުދެވުނު ދިދަ ނަގަން ވެސް ނުދެވުނު ކަޑަ

    14
  13. ނެތީމޭނެތީމޭ

    ޝަހީދުންގެ ޒިކުރާގެ ރިހިޔޫބީލް ފާހަގަ ކުރާއިރު މަމެން މީ އެދުވަހުގެ ކުރި މަސައްކަތަށް އެވޯރޑް ލިބިފައި ތިބި މީހުންނޭ ތަމެންގެ ކައްޕަޅި ސަރުކާރުން މަމެން އެކޮށްދިން ޚިދްމަތް ފާހަގަ ނުކުރުން އެއީ ތަމެން މިރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާ ކަމުގެ އަލިގަދަ ދަލީލު ތަކޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ...

  14. ހޭރެވޭ

    ލަދެއް ހަޔާތެއް ނެތޭ...

    12
  15. ޙުސޭނުބެ

    ޢަދިވެސް އެހެންބަޔަކު ނުބައި ރޭވުން ރާވާކަމަށް ގަދަ