ސްރީލަންކާގެ ތަމަޅައިން 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 03 ވަނަ ދުވަހުގެ ހަމަލާ އާއި ގުޅިގެން ރާއްޖޭގައި ފާހަގަ ކުރާ ނަސްރުގެ ދުވަހުގެ ހަނދާންތައް އާކޮށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޅެމެއް ޓުވިޓާގައި މިއަދު އާންމު ކުރައްވައިފި އެވެ.

ހަތަރު ބައިތުގެ މައްޗަށް އެކުލެވޭ އެ ޅެން ފައްޓަވަމުން ރައީސް ވިދާޅުވީ އަނެއްކާވެސް ބިރުވެރި ސިއްކަ ދުވަސް ރާއްޖެ އައިސްފި ކަމަށެވެ.

ސިއްކަގެ ވާހަކަ ޅެމުގައި ގެންނެވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާގެ ބައްޕާފުޅު ސިއްކަ އަހުމަދު އިސްމާއިލް މަނިކު ނޮވެމްބަރު ތިނެއްގައި ބައިވެރިއެއްކަން ސާބިތުވި 15 އަހަރުގެ ޖަލު ހުކުމެއް ވެސް އައި މީހެކެވެ.

ރައީސް ޔާމީންގެ ޅެމުގައި ވިދާޅުވީ ތިނެއް ނޮވެމްބަރުގައި ދިވެހީން ގަތުލުކޮށް ދިން އަނިޔާތަކަށް ތިރީސް ހަތަރު އަހަރުވިޔަސް ނިމުމެއް ނެތް ކަމަށެވެ. އެދުވަހު ގައުމު ދިފާއުކުރި އަބްތާލުންގެ ނަން ކިލަނބުކޮށްފައިވާ ކަމަށާއި އަދި އެ ދުވަހު ބަލިވި މީހުން އެ ދުވަސް ފާހަގަ ކުރަން ބޭނުންނުވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރު އައިފަހުން ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މާގިނަ ހާއްސަ ހަރަކާތްތަކެއް ނުބާއްވާތީ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މިއަހަރު ވެސް ނަސްރުގެ ދުވަސް ފާހަގަ ކުރަން ހާއްސަ ޖަލްސާއެއް ބާއްވަން ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަހުމަދު

    މިއީ ހަމަ ސިއްކަ ދުވަސް. މިއަދުގެ ޒިކުރާ އާކުރަން ޖެހޭ. މިގައުމަށް ނޮވެމްބަރު 3 ގައި އާއި ބާގީން އެތައް ބިލިޔަނެއް ކައިފި. އެ ދަރަނިތައް ދައްކަން ޖެހެނީ ނިކަމެތި ރައްޔިތުން

    43
    1
  2. ލަދު

    ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްކަން އެބަ އިނގޭ. ތިބޭފުޅާގެ ވެރިކަމުގަވެސް 3 ނޮވެންބަރު ކުލަގަދަކޮށް ފާހަގަނުކުރީ ތިބޭފުޅާގެ އާއިލީ ގުޅުމެއް އޮތަތީތޯ ސުވާލުކޮށްލަން ބޭނުން!!

    6
    53
  3. ހަޖަމް

    މިހާރު ޝިރުނީ ރަޝީދު މެން ވަރަށް ރުޅި އަންނާނެ އުޅުމެއްއަދަބެއްނެތް އެކަހަލަ މީހުން އުޅޭ ތަނެއް ރީނދޫ ޕާޓީ އަކީ ކަލޭމެން އަތުން ފައިން މަސައްކަތެއް ކޮއްގެން ލާރިހޯދަބަލަ އައްޕަގެ ތައްޕާހުން ތިއުޅެނީ އެއްވެސް ޒިންމާއެއް ހަރުދަނާކަމެއް ހިލްމެއް ނެތް ބޮޑު ފޅ އަނގައެއް އޮންނަނީ

    20
  4. 💯

    އިންޑިޔާ އަޑިގަ ތިބެމެ ބިރުވެރި "ސިއްކަ ދުވަސް" އެނބުރި އަތުވެއްޖެ

    39
    5
  5. ދަރަނި ދަންތުރަ

    ނަވާރަ ދިވެހިންގެ ލޭ ބޯލި ސިއްކަ ފަޒުނާ ، ގައުމަށް ގައްދާރުވި ގައްދާރެއް

    40
    2
  6. ޙާލަތު

    ރައްޔިތުންނަށް ބިރުވެރި 5 އަހަރު ބިރުވެރި ވެރިކަމެއް ކުރި މީހަކު އެނބުރި އަތުވެއްޖެ ކަމަށް ބުނެލުނަމަ. މީނާއަކީ ހަނދާންނެތޭބަލި ޖެހިފަ ހުންނަ މީހެއް ބައެއް ޙާލަތްތަކުގައި.

    3
    36
  7. ޙާލަތު

    7 ފެބްރުއަރީ ލައިވްކޮށް ކުރި ބަޣާވާތިގެ ބައިވެރިންނަށް އަދަބު ލިބުނުނަމަ މި ދުވަސް ދިވެހިން ނުދެކޭނެ.

    6
    16
  8. ގުދުގުދާބެއްޔާ

    ބިރުވެރި ޔާގުންޑާ އަތުވެއްޖެ ނަމަ އަދި މާބިރު ބޮޑުވާނެ! ދައުލަތުގެ ފައިސާ އަށް ވާނުވާ ނޭގޭނެ!

    3
    50
  9. ޕޮގުބާ

    ދިދަ ނަގާ ކޮންމެ ދުވަހަކުވެސް ހާއްސަކަމެއްނެތް

    19
  10. މުބީނު މާރނީ

    ވަރަށް މޮޅު ޅެމެއް. ހަޤީޤަތުގައި ވެސް މިއީ ސިއްކަ ދުވަސް.

    30
    1
  11. ނުބައި މީހުންނަށް ރަނގަޅު ދަރިން ލިބޭ

    ނުބައި މީހުންނަށް ރަނގަޅު ދަރިން އަދި ރަނގަޅު މީހުންނަށް ނުބައި ދަރިން ލިބިފައި ހުރިކަމީ އިސްލާމީ ތާރީޚް ހެކިދޭ ކަމެކެވެ. ކީރިތި رسول صلى الله عليه وسلم ގެ ސީރަތުން މިކަމުގެ ކިތަންމެ ދަލީލެއް ފެންނަން އެބަހުއްޓެވެ.

    8
    3
  12. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    ސިއްކަ އަކީ އިބޫ ގެ އަންހެނުން ފަޒްނާ ގެ ބައްޕަ އެވެ. މިހާރު ވެރިކަން ކުރަނީ އިބޫ އެއް ނޫނޭ ސިއްކަ އޭ ނުބުނާ މީހަކާ ދިމަލެއް ނުވެއެވެ. އެހެން އެބުނަނީ، ސިއްކަ ކަމަށް ވެރިކަން ހިންގަނީ ދިވެހި ރައްޔިތުން ޔަޤީން ކުރާތީއެވެ. އެއީ އިބޫ ކުރި ވަޢުދު ކަމަށްވާ އިންސާފް ގެ ވަޢުދާއި އެހެނިހެން ބޮޑެތި ވަޢުދު ތައް އިބޫ ނުފުއްދާތީއެވެ. އިބޫ ގެ ވެރިކަމެއްނަމަ އިބޫ މި ވަޢުދުތައް ފުއްދައިފީސް ކަމަށް ރައްޔިތުން ދެކޭތީއެވެ. މިހާރު މިހިނގަނީ ބިރުވެރި، އަދިރި ވެރިކަމަކަށް ވާތީއެވެ. ސިއްކަ ގެ ވެރިކަމެވެ. އިންޑިއާށް ރާއްޖެ ވިއްކާފަވެސް އިބޫ ބޭނުން ވަނީ ފައިސާއާއި ވެރިކަމެވެ. އެއަށްވުރެ "ޑްރެޑެޑް" (ބިރުވެރި) ކަމެއް ކޮބާ ހެއްޔެވެ؟ ޔާމީން ގެ ޅެން ވަރަށް ފުރިހަމަ އެވެ!

    18
    1
  13. Anonymous

    ނޮވެމްބަރ 3ގެ ސިއްކަ އަދި ކެރަފާ ބައާވާތުން ހަމައެކަނި 19ދިވެހި އިންސާނުންގެ ލޭ ބޯލީއެއްނޫނެވެ،އެތުރަށް އެއާއިލާތަކުގެ ކިތައް އަނބި ދަރިން ނިކަމެތިވެ ބިކަވެގެން ދިޔައީ، އެމަރުހޫމުންގެ ދަރިންނަށް ބައްޕަ ގެއްލިގެންދިޔަ ހިތާމަ އަބަދައްޓަކައި ތަހައްމަލްކުރަމުންދަނީ އެއީ ފިލައިގެންދާނެ ހިތި ހަނދާންތަކެއްބާ؟؟😭😭 ފ،

    17
    1
  14. ކަރުބުޑު

    ސިއްކަ ކުރިކަމެއް ކުރީ ވެރިކަމުގަ ހުރެގެނެއްނޫން.އެކަމަށް އަދަބުވެސް ލިބުނު.މަނިކުފާނު ކުރެއްވިކަމެއް ކުރެއްވީ ވެރިކަމުގައި ހުންނަވައިގެން.ތިޔަ އުޅުއްވަނީ އަދަބަށް ފިއްލަވައިގެން.ތިގޮތަށް ކިތަންމެ ކަމެއް ކުރެއްވިއަސް ދެނެއް ވެރިކަމެއް ނުލިބޭނެ.

    2
    22
    • ޙަަަހަ

      ބަލަ ސިއްކަވެސް ބައިވެރިވެ 19 ދިވެހިން މަރާލުން އޯކޭތޯ ތިބުނަނީ ، ކިހިނެއް
      އެއްވެސް ވައްކަމެއް އެކަމެއްގައި ކުޑަމިންވަރަކަށް ބައިވެރިވާ މީހަކު ހުއްޓަސް ތަހުޤީޤް ނުކޮށް އެންމެ މީހެއްގެ މައްޗަށް ހުކުމެއް ނުކުރެވޭނެ އިންސާފުން ، އެހެންވަނީނަމަ 2012 8 ފެބްރުއަރީގައި ޤައުމުގެ މަދަލުގައި ހުޅުޖެހުމުގެ ޒިންމާ އަންނި ނަގަންޖެހޭނެ ، އަދި ފުލހުންނަށް އަނިޔާކުރަން ހިތްވަރުދިން ނަޝީދުގެ މައްސަލަވެސް ނަޝީދު ބޮލަށް ޖެހިދާނެ ، އިންސާފަކީ މޭކަޕް އަކުން ފޮރުވޭނެ އެއްޗަކަށް ނުވާނެ

      11
    • ޝާފީ ރ

      ކަލޭ މޮޔަވީތަ؟ މޮޔަވީ ދުވަހު ބެރުޖެހީ ކާކު؟

      1
      5
    • ކޮވިޑް

      ބަލަ އަދަބު ލިބުނީމަ 19 ދިވެހިން ޝަހީދު ނުކުރާކަމަށް ވާނެތަ؟ރާއްޖެއަށް އަރާ ހަމަލާ ނުދޭކަމަށް ވާނެތަ؟ ކަރުބުޑު ގަ ލޭރަހަ ލިޔަސް ތީ ފުކެއް ބޮޑުވަރު. އަދަބަށް ފިލިމީހުނާ ، ކޯޓް ކުރިމަށްޗަށް ވެއްޓި ޑްރާމާ ކުޅުމީހުން ކަރުބުޑު ކަފަލަ މީހުނަށް ނުފެނިދާނެ. އިންޝާﷲ 2023އ. ރައީސް ޔާމީން ގެ އަހަރު އިންޝާﷲ.

      10
  15. މަހަށްދޭބަލަ

    ސަރުކާރުން ރައްޔިތުންގެ ރުހުމެއް ނެތި މަޖްލީހުގައި ތިބޭ ސަރުކާރުން ކަޓްދޭ މަޖްލީހުގެ މެމްބަރުން އެކަނި ވޯޓް ދީގެން ރައްޔިތުން ފެލަން ޓެކްސް ބޮޑު ކުރާއިރު އެމްއެންޕީ ސަރުކާރާއި އެއްކޮޅަށް ރައްޔިތުން ފެލަން ވޯޓްދިނީ އެއީ ކިއެއްވެތޭ އެއީ ސަރުކާރު ޖަވާބުދާރީ ކުރުވުންތޭ ރައްޔިތުން އަތުން ޓެކްސް ބޮޑު ކުރާއިރު އެވާހަކަ އެމްއެންޕީން ނުދައްކާ ދެން ކޮން ކަނޑުކޮހެއްތޭ މިހާރު ތިޔާ ގޮވަންފެށީދޯ ތަމެން ދެން މަހަށްދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ...

    10
  16. ޥެޓްރަން

    ހަގީގަތަކީ ދިވެހިންނަށް ނޭނގުނަސް ރާއްޖެ އިންޑިއާ އަށް ވިއްކާލުމުގެ އަޑީގައި ތިބީ ހަމަ އަދިވެސް އެމީހުން. ވެރިކަމުގަ ހުރި ސޮހޮލު ދަނބިދަރިލައްވާ އެ ހުރިހާ ކަމެއް އެ ކުރުވަނީ.

    10
  17. ޑައެލޯގް

    ބަލަ ޔާމީނާދިމާލަށް ވަގަށްގޮވޭކަށްނެތެވެ. ސަބަބަކީ ޔާމީނުގެ މައްޗައް ސަރުކާރުންކުރި ފުރަތަމަ ތުހުމަތުވެސް އެވަނީ ސަރުކާރު ބޭޒާރުވެ ޔާމީނަކީ ވަގެއްނޫންކަމަށްނިމިފައެވެ. އެހެންނަމަވެސް އިބޫ ރަލުގެމައްސަލާގައި ހުކުމްކޮށްފައިވެއެވެ. ވީމާ އެގޮތަށް ގޮވޭނީ ޔާމީނާ ދިމާލަކަށްނޫނެވެ. އިބޫއާދިމާލަށެވެ. އަދި އެކަމަކާ 3 ނޮވެމްބަރުގެ އުދުވާނަކާ ނުގުޅުވޭނެއެވެ. ސިއްކައާއި އިބޫވަނީ އިސްލާމިއްޔަތާއި ގައުމިއްޔަތު ވިއްކާލާފައެވެ.

  18. Burakashi

    މި އީ ފިސާރި ރަގަޅަށް ބޮލުރޮދި ކެޑިފައި ހުރި ބީތާ އެއް.......2023 ގައި މަހައްދޭ..ބެޔަސް ނުބެޔަސް 10 ހާސް ރުފިޔާ ލިބޭނެ އެއިރުން