ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ އެކުގައި މި ސަރުކާރު ކޯލިޝަންގެ ބައިވެރިން ވެސް މި ގައުމުން ބާލަން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ރޭ އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި މިތިބީ ގައުމުގެ ހާއިނުންނާއި ޣައްދާރުން ކަމަށެވެ. އެމީހުންނަކީ މާދަމާގެ މުސްތަގުބަލް ގެއްލުވާލި، ޅަ ދަރިންގެ ހުރިހާ އުންމީދުތައް ފެނަށް ދުއްވާލި ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ދެކޮޅަށް އެންމެ ބޮޑަށް ތެދުވާން ޖެހޭ އެއް ބަޔަކީ އައްޑޫގެ ރައްޔިތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު މި ގައުމު މި ހާލަތަށް ގެނައީ ދިވެހިންގެ ތެރެއިން ހާއިނުންގެ ބަޔަކު. އެ ބަޔަކު ކޮބައިތޯ؟ މިއަދު ހަނު ތިބީ ކީއްވެތޯ؟ މިކަންކަމާ ދޭތެރޭގައި އަޑު ނުއުފުލަނީ ކީއްވެތޯ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންޑިއާ އަށް މި ގައުމު ވިއްކާލައި ދިވެހިންގެ ކަނޑުތަކާއި ފަރުތަކާއި ގިރިތައް ދޫކޮށްލި މީހުން މާދަމާ ގައުމަށް ހެޔޮ އެދިގެންނޭ ކިއާފައި ރައްޔިތުން ކައިރި އަށް ދާނެ ކަމަށެވެ. އެހެންވެ، އެމީހުން އައުމުގެ ކުރިން ރައްޔިތުން ގޮތް ނިންމަން ޖެހޭ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"އިންޑިއާ ސިފައިން މި ގައުމުން ބާލައިގެން ވާކަށް ނެތް. އިންޑިއާ ސިފައިންނާ އެކީގައި މި ކޯލިޝަންގެ ވެރިން ގައުމުން ބާލަން ޖެހޭ،" މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ތައްޔާރަށް އޮތް ކަމަށެވެ. ހާއިނުންގެ އަތް ދަށުން ގައުމު ސަލާމަތް ކުރަން ދިވެހި ރައްޔިތުންނަށް ކެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޕީޕީއެމުން ބޭނުން ވަނީ އަމާން، ސުލްހަވެރި ރާއްޖެއެއް ހޯދައި ދިނުން ކަމަށް ވިދާޅުވިއެވެ.

"މި ގައުމުގެ ހާއިނުންނަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް އެނގޭ. އަޅުގަނޑު ނަންތަކެއް ދަންނަވާކަށް ނެތިން. އަޅުގަނޑު ނަންތައް ދަންނަވާ ވަރަށް ވުރެ މާ ސާފު." އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ވެރިކަމެއް ގެންނަން ޖެހެނީ ދިވެހިންގެ ވެރިކަމެއް، ދިވެހި ފަސްގަނޑުގައި ކުރަން ބޭނުންވާތީ ކަމަށެވެ. އަދި ދިވެހިންގެ ކަންކަން ދިވެހިން ނިންމުމުގެ ބާރު ހޯދަން ބޭނުންވާތީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މާތްވެގެންވާ އިސްލާމް ދީން ނޫން އެހެން ދީނަކަށް މި ފަސްގަނޑުން ޖާގަ ދޭން ބޭނުން ނުވާތީ،" އަދުރޭ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނެވީ އައްޑޫގެ ކުރިއެރުމަށް މި ސަރުކާރުން ކުރަމުން އަންނަ ކަންކަން ފެނިވަޑައިގެން ކޮސްވެ، ބަސްހުއްޓިފައި ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް މުހައްމަދު ނިހާދު ވިދާޅުވުމާ ގުޅިގެން އަދުރޭ ވަނީ އެ ވާހަކަ އަށް ރައްދު ދެއްވައިފައެވެ.

އަދުރޭ ވިދާޅުވީ ކޮސްވަނީ ނިހާދު މެން ކަހަލަ ދެއުޅިއެއް ނުވާ މެމްބަރުންތަކެއް ރައްޔިތުން އިންތިހާބު ކުރުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޓިނު

    އަދުރޭ ކަލޭ ކޮންމެހެން ބޮޑުބަސްބުނާނެ ކަމެއްނެތް ތީކާކުކަން ދިވެހިންނަށް ވަރަށް ބޮޑަށް އެނގޭ ޔާމީނު ވެރިކަމުގަ ބައްކުރި ބިންތަކާ އްެއްކުރިމުދާތައް ލ.ފޮނަދޫރައްޔިތުންނަށް އެނގޭ ވެރިކަމަށްގެންނަންޖެހޭމީހުނާ ޤައުމުން ބާލަންޖެހޭ މީހުން އެނގޭނީ ދިވެހިރައްޔިތުންނަށް އިޙްލާޞްތެރިންނާ މަކަރުވެރިންނާ ޚިޔާނާތްތެރިންނާ ވަކިކުރަން ދިވެހިރައްޔިތުންނަށްވެސް އެނގޭނެ

  2. އިސްރައްވެހިމް

    މިގައުމު އިންޑިޔާގެ އަޅުވެތިކަމުންނާ މިގައުމަށް އިންޑިޔާގެ ނުފޫޒާ އިންޑިޔާސިފައިން ބޭލުމަށް ކެރޭ އެކަންކުރާނެ މިހެއްގެ ފަހަތުގާ މިގައުމާ އިސްލާމްދީނުގެ ހައްގުގާ ވާންޖެހުނު ކޮންމެ ގުރުބާނީއެއްވުމަށް ކެރޭނެ މީހެއްގެ ފަހަތުގާ މަގޭ މުޅިއާއިލަ އަދި މިގައުމަށް ހެޔޮއެދޭ އެންމެހާ އަހުންނާއުހުތުންނަށް ގޮވާލަން މަމިހިރީ އެކކަށް ހުރިހާދިވެހިން މިކަމަށް އެއްބާވުމަށް ގޮވާލަން އިންޑިޔާ މިލިޓަރީ ނުފޫޒް ބޭރުކުރުމަށް

  3. ގަމާރު

    މިގައުމު އިންޑިޔާގެ އަޅުވެތިކަމުންނާ މިގައުމަށް އިންޑިޔާގެ ނުފޫޒާ އިންޑިޔާސިފައިން ބޭލުމަށް ކެރޭ އެކަންކުރާނެ މިހެއްގެ ފަހަތުގާ މިގައުމާ އިސްލާމްދީނުގެ ހައްގުގާ ވާންޖެހުނު ކޮންމެ ގުރުބާނީއެއްވުމަށް ކެރޭނެ މީހެއްގެ ފަހަތުގާ މަގޭ މުޅިއާއިލަ އަދި މިގައުމަށް ހެޔޮއެދޭ އެންމެހާ އަހުންނާއުހުތުންނަށް ގޮވާލަން މަމިހިރީ އެކކަށް ހުރިހާދިވެހިން މިކަމަށް އެއްބާވުމަށް ގޮވާލަން އިންޑިޔާ މިލިޓަރީ ނުފޫޒް ބޭރުކުރުމަށް

  4. ޯޓިނު

    އަދުރޭ މާބޮޑަށް ފޮނިނުވޭ

    10
    1
  5. ނަމަ

    އަދުރޭމީ ބާލަން ޖެހޭ މީހުން ކަޑަ އަޅަން ބަހައްޓާފަ ހުންނަ މީހެއްބާ؟

    8
    2
  6. ނަނަނަ

    މި އަދުރޭ ޕޯޑިއަމް އަށް އަރައިފިއްޔާ ކޮންމެވެސް ކަނޑުކޮހެއް ގޮވާނެ. ޢެއްވެސް ދިވެއްސަކު މި ފަސްގަނޑުން ބޭރު ނުކުރެވޭނެ..

    11
    1
  7. އަލްޖިބްރާ

    މިފަސްގަޑުން ދިވެއްސަކު ބާލަން ޖެހިއްޖެނަމަ އެންމެ ފުރަތަމަ ބާލާނީ އަދުރޭ އާއި ޔާމީނު !

    5
    3
  8. އަހުމަދުކަ

    އަނެއްކާ ތިބިވަރު ގުނާފަ އަދަދު ނުބުނީޔާ ކިތަންމެހައިވެސް ރަނގަޅު

    4
    1