މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އިދުކޮޅު އިއްތިހާދުގެ ކެނޑިޑޭޓް 80 އިންސައްތައަށް ވުރެ ގިނަ ވޯޓް ހޯދައި ކާމިޔާބު ކުރައްވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިމޭރުމުން ވާހަކަ ދެއްކެވީ ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރޭ ކުނޫޒްގައި ކުރިއަށްދިޔަ ޚާއްސަ ޖަލްސާގަައި ސްކައިޕް މެދުވެރިކުރަައްވާ ވާހަކަދައްކަވަމުންނެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލްވެވަޑައިގަންނަވާނީ އިބްރާހިމް މުހައްމަދު ސާލިހު ކަމާއިމެދު ޝައްކެއް ނުކުރަން. އަަދި ރިޔާސީ އިންތިޚާބު ގުޅިފަައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު އިންތިޚާބު ކާމިޔާބު ކުރައްވާނީ 80 އިންސަަައްތައަށްވުރެ ގިނަ ވޯޓުން" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވާހަކަފުޅުގައި ވަނީ އިބޫ ހޮވައިދިނުމަށް ރަތްޔިތުން އަރިހު އާދޭސް ދަންނަވާފައެވެ.

ރޭގެ ޖަލްސާގަ ވާހަކަ ދައްކަވަމުން ގާސިމް އިތުރަށް ވިދާޅުވިގޮތުގައި ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަަރީ ޖަލްސާގައި ރަައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާކަމީ އެޕާޓީއަަށް ލިބިވަޑައިގަންނަަވާ ވަރަށް ބޮޑު އުފަލެއްކަމުގަައި ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް މި ޖަަލްސާގައި ބައިވެރިވެވަޑައިގެންނެވީތީ އެކަމަށްވެސް ގާސިމް ވަނީ ޝުކުރު ދަންނަވާފަައެވެ.

ޖުމްހޫރީ ޕާޓީއަށް ދިހަ އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ވަނީ އެޕާޓީ އަށް ދިހަ އަހަރު ފުރުން އިރު އެ ޕާޓީއަށް އެކި އެކި ދައުރު ތަކުގައި ހިދުމަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. ގާސިމް ވިދާޅުވި ގޮތުގައި ޖޭޕީ ވެގެން ދާނީ ފަސްބެލުމެއް ނެތި ކުރިޔަށްދާ ޕާޓީއަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލިޕޭ

    މަނިކުފާނު މޮޔަފުޅުވީތޯ؟

  2. ރާޅު ބޯއީ

    80% އޭ ބުނެފަ ވޯޓްލައިދޭން އާދޭސްކުރަނީ. މޮޔަފުޅު ވީތޯ.

  3. އދ

    ޤާސިމަކީ ޣައްދާރެއް

  4. އިހަވަންދޫ މީހާ

    80% ޔަގީން ވާއިރު ދެން ރައްޔިތުންގެ ގާތު ތިޔަ ކުރަނީ ކޮން އާދޭހެއް ؟ މަނިކުފާނު ހަމަ ރަނގަޅަށްވެސް މޮޔަފުޅު ވީތޯ ؟

  5. ހުސޭނުބޭ

    ތިކޮޅުން އަމިއްލަ ނަންޖައްސާވާފައި ކުނޫޒަށް ވޯޓު ކަރުދާސް ފޮނުއްވަނީތޯއެވެ. އޭތުން ކުނޫޒުގެ ވޯޓުފޮށި ގުނާއިރު 80 ޕަސެންޓް ލިބިވަޑައިގަންނަވާނެއެވެ.

  6. ޢަލީ

    ކުރިންވެސް ތިހެން ކިޔައިގެން އުޅުނު ވީކަމެއް ހަރާމް، އިރާދަކުރެއްވިއްޔާ މިފަހަރުވެސް ވާނީ އެހެން. ރައްޔިތުންނަށް އެބަފެނޭ ރައްޔިތުންނަށްޓަކައި ކަންތައް ކޮށްދެއްވަނީ ކޮން ބޭފުޅެއްކަން. އެއީ ޢަބްދުﷲ ޔާމީންކަން. ކުރިންވެސް ބަދަލަކަށޭ ކިޔާ މީހުންގެ ބޯކާލީ، އެކަމުން ލިބުނު ގެއްލުމުން އަދިވެސް ބައެއްމީހުންނަށް އަރައިނުގަނެވިގެން މިއުޅެނީ، މިސާލުތައް ބައިވަރު، ބައެއްފަރާތްތަކުން އެމީހުންގެ ދަރިން ބޭރުގައި ކިޔަވަން ތިއްބާ އަނބުރާ ގެންނަށް ޖެހުނު، ޑޮލަރެއް ނުލިބިގެން. މިހާރު އެހެންތޯ ކާޑުޖަހާލީމާ އެލިބެނީ، ޑޮލަރު. އަދި ޑޮލަރެް ބޮޑުއަގުގަ ލިބުނަސް އެ ބޮޑުކުރަން އެޖެހުނީ އަނެއްކަންތައް މިހާރު އެހެންތޯ؟ އެލިބެނީ 100 ގެ ނޫޓު. މިއީ ރައްޔިތުން ވިސްނާ ފިކުރުކޮށް ޔާމީނަށް ވޯޓުދޭންޖެހޭ ކަންކަން. މިއީ ކުޑަ މިސާލެއް. ކިތައް ވިޔަފާރިތޯ ހުއްޓާލީ، ކިތައް ޢިމާރާތްތޯ ކުރިއަށް ނުގެންދެވިގެން ހުއްޓާލީ. ނިކަން ބައްލަވަ، މިހާރު މާލޭގެ ކިތައް ގެތޯ އެހެރަ މައްޗަށް އަރމުންދަނީ، ރަށްރަށުގެވެސް އެވަރު، އެއުޅެނީ މަސައްކަތްކުރާނެ މީހުން މަދުވެގެން ކުރަންހުރި މަސައްކަތް ގިނަވެގެން. އަނެއްކާވެސް ބަދަލަކަށް ދާންވީތޯ؟ ތިކަމެއް ނުވާނެ. ސަލާމް

  7. މުނާ

    އިބޫ ހޮވާދޭށޭ ކިޔާ އާދޭސް މިކުރަނީ ޖަލު ހުކުމުން ސަލާމަތްވާން...އިތުރު ކަމަކު ނޫން

  8. ޓިނު

    ވެދާނެ؟

  9. ރާޅު ބޯއީ

    ކިނބޫމެންގެ ރޭވުމަކީ ދޮޅު އަހަރު ވެރިކަން ކޮށްފަ (އެވެސް ލިބިއްޖެއްޔާ އިރާދަކުރެއްވިޔާ ނުލިބޭނެ) ނޯ ކޮންފިޑެންސް ވޯޓް ނަގައި ފައިސަލް ބޭރު އަރުވާލުން. އެއަށްފަހު ބުއްޅަބޭ ނައިބަކަށް ހަމަޖައްސާފަ ކިނބޫ އިސްތިއުފާ ދިނުން. އޭރުން އޮޓޮމެޓިކުން ބުއްޅަބެއަށް ވެރިކަން ލިބިގެން ދިޔުން.

  10. އިބިރިން ބެއްޔާ

    މާގިނައިން ވައުދުވުން މާބޮޑައް ޔަގީންވުން ވެސް ތީ ގޯހެކޭ...

  11. ފާތުމާބީ

    "ސްޕްރީމް ކޯޓުން އަހަރެމެން ޚުހުމެއް ނެރުނީމާ ކަމަކުނުދިޔަ"........... މަށަށް ހީވަނީ އީސީ އިން އިންތިޚާބު ނަތީޛާއެއް ހަހަރެމެން ނެރުމަށް ތައްޔާރުވަނީހެން........

  12. ފާގަ

    މީނަ ކައިރީ މާގިނަވާހަކަ ދައްކާނެ ކަމެއްނެއް "ކޯޓު" މިބަސް އެހެޔޮ ވިއްސާރަ ކޯޓެއް ވިޔަސް ބުނާއިރަށް މޭގަ ރިއްސާނެ