މެއިންޓެނަންސް މަސައްކަތެއް ކުރާތީ މާދަމާ މެންދުރު ފަހު ހުޅުމާލޭގެ ސަރަހައްދަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ހުޅުމާލޭގެ މީޑީއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް 02:00 އިން 03:30 އަށް ފްލެޓް 1 އިން 7 ހުންނަ ސަރަހައްދުގެ ފިލިގަސްމަގާއި، ނިރޮޅުމަގު އަދި ކަނީރުމަގާއި، ރީތިގަސް ހިނގުމުން މާދަމާ ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

އެ ގަޑިތަށް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށެވެ.

މީގެ ކުރިންވެސް މިފަދަ މަސައްކަތްތައް ކުރުމަށް ސްޓެލްކޯއިން ކަރަންޓު ކަނޑާލައެވެ. ނަމަވެސް ކަރަންޓު ކަނޑާލުމުގެ ކުރިން އެކަން އާންމުކޮށް އިއުލާންކުރެއެވެ