މެދުޒިޔާރަތުގައި ދިދަ ނެގުުން ހުއްޓާލިތާ އެތައް އަހަރެއް ފަހުން އިއްޔެ އެތަނުގައި ދިދަ ނެގުމުން ދީނީ އިލްމުވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރައްދުދީފިއެވެ.

މިނިސްޓަރ ޔުމްނާ ކުރި ޓްވީޓެއްގައި ވިދާޅުވީ މެދު ޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ޤައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ޤައުމީ ޖޯޝު އުފެދިގެންދާނެ ކަމެއް ކަމަށެވެ. އެއީ އެ ފަދަ އާސާރުތައް ބަލައިލުމަށް ދިވެހީންގެ އަދި ފަތުރުވެރީން ޝައުޤުވެރިވާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިއީ އެއްވެސް ގޮތަކަށް ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން. ސަގާފީ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް އިލްމުވެރިން ގެންދަވަނީ މެދުޒިޔާރަތުގައި ދިދަ ނެގުމަކީ ޝިރުކުގެ އަމަލަކަށް މަގުފަހި ކުރުން ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެދުޒިޔާރަތުގައި ދިދަ ނެގުން ޘަޤާފަތެއް ނޫން ކަމަށެވެ. އެއީ މީސްތަކުންގެ ތެރޭގައި ފެތުރިފައިވާ ބޮޑުވެގެންވާ މުންކަރާތެއް ކަމަށާއި ﷲގެ ރަޙްމަތަށްފަހު ރައީސް މައުމޫން ވަނީ އެކަން ހުއްޓުވާފައި ކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ. "އަލުން އެކަން ދިރުވަން އުޅުމަކީ ވަރަށް ބޮޑު ގޯހެއް." ޔުމްނާ ވިދާޅުވިއެވެ.

ޑރ.އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވީ ޒިޔާރަތްތަކަށް ނަދުރުބުނެ، އެތަންތަނުން ބަރަކާތް ލިބިގަނެ ވަލީވެރިންގެ ކިބައިން ކަންކަމަށް އެދި އުޅުން ފަދަ ޝިރުކުތައް ނެތިދިއުމަށްފަހު އަލުން ބަލުން މެދުޒިޔާރަތުގައި ދިދަ ނަގައި އެކަންކަމަށް މަގުފަހިވާ ގޮތައް އަމަލުކުރުމަކީ ނުބައިކަމަކަށް ހުޅުވޭ ދޮރަކަށް ނޫނީ ނުވާނެ ކަމަށެވެ.

ވަރަށް ގިނަ އިލްމުވެރިން އަންނަނީ މެދުޒިޔާރަތުގައި ދިދަ ނެގުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނަމުން އައި ތަނެކެވެ. އަދި އެތާ ކައިރިން ދާއިރު އިހުތިރާމް ކުރުމުގެ ގޮތުން ހަމްދުއަޅާ ވެސް އުޅުނެވެ. އެހެން ނަމަވެސް އެއީ ދީނީ ގޮތުން ރަނގަޅު ކަންކަމަށް ނުވާ ކަމަށް ބުނެ، އެ ކަންކަން ކުރުން ސަރުކާރުން މަނާކުރީ 1957 ވަނަ އަހަރު އެވެ. ނަމަވެސް ދިދަ ނެގުން ހުއްޓާލީ އޭގެ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ކަނބިލި ކުޑައާދަނު

    ދައިތަ ތި ބުނީ ރަނަގަޅަށް. އެއި ދީނީކަމެއް ނޫން. ލާދީނީ ކަމެއް. ދައިތަ ބުރުގާނާޅާ ތިހުންނަނީވެސް ހަމަ ލާދީނީ ކަމެއް.

    79
    8
  2. Anonymous

    ކަމަނާ ބޯ ނިވާނުކުރައްވާ ތިޔަ އުޅުއްވަނީ އެއީ ﷲ ގެ އަމުރަކަށް ނުވާތީތޯ؟

    70
    4
  3. އިސްތިއުފާއޭ

    ޔުމްނާ އިސްތިއުފާ ތިޔާއީ ބޫގަލް ހަދައިގެން ނެގި ދިދައެކޭ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ

    39
    5
  4. ރާއްޖެ

    ދުންޔާއަށް..
    ޒިޔާރަތް ހަދާފަ އެއީ ދީނީ ކަމެއްގަތޯ...
    ކުރިން ދިދަ ނަގާފަ ހުރީ ދީނީ ކަމެއްގަތޯ
    ނަދުރު ބުނަމުން އައީ ދީނީ ކަމެއްގެ ގޮތުގަތޯ...
    ދެކެމުން އައީ ދީނީ ކަމެއްގެ ގޮތުގަތޯ..

    37
    2
  5. ދީނީ ވާހަކަ ދައްކަން މީ ކާކުބާ…؟
    އާންމުންގެ ގިނަ މީހުންނަށް އެއީ ކޮންކަހަލަ ކަމެއްކަން މިހާރު އެނގޭނެ…އޮޅުވާނުލެވޭނެ…

    52
    3
  6. އަހުމަދު

    ދީނާ ހިލާފު ކަމެއްވެއްޖެއްޔާ ސަގާފަތޭ ސިންގަޕޫރުގަވެސް ކުރެޔޭ ކިޔާ ފެށޭތޯ ތިއުޅެނީ. ދީނީ ކަމެއްނަމަ ހޯހޯ

    25
    2
  7. އހ

    ތިޔަހެން ކިޔާފަ ގައު އަޅާ ފޮރުވާފައި ހުރި ފައްޅިތައް ސާފުކޮށް ކުރިން އެތަންތާގައި ބުދު ހުއްޓޭ ކިޔާފަ ބުދު ބެހެއްޓުމަށް މިކަމަނާ ފަހެއް ނުޖެހޭނެ. ތީ ލާދީނީ އަމަލެއް.

    26
    1
  8. ނުވާނެއޭ

    މިސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލްވީމައޭ އިތުރަށް ފައިސާ ޗާޕް ކުރަން ޖެހޭނީ ދެން ސަރުކާރު އެންމެ ރަނގަޅުވާނީ ސަރުކާރު އިސްތިއުފާ ދީފައި ތިޔާ ކަން ކުރެވޭ ފެންވަރު މީހުންނާއި މިކަން ހަވާލު ކުރިއްޔާއޭ މަޖްލީހުން ނުޖެހޭނެއޭ ސަރުކާރުން ހުށައަޅާ ބަޖެޓް ފާސްކުރަން ބަޖެޓް ފާސްކުރަން ޖެހޭނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ވޯޓަކުންނޭ އެކަން ނުކުރެވޭނެއޭ މަޖްލީހަށް ނުކުރެވޭނެއޭ ކޮށްގެން ނުވާނެއޭ ނުވާނެއޭ ނުވާނެއޭ...

    7
    3
  9. Anonymous

    ޔުމްނާ ތީ އިލްމުވެރިން ނަށް ރައްދުދެވޭ ވަރުގެ ކަމަނާއެއްތޯ ؟ ބައްޕާފުޅުމެން އުޅުއްވިގޮތް ދިވެހިން ދޫކޮށް ސައްހަ އިސްލާމް ދީނުގެ ޢަޤީދާގައި ދިވެހިން މިހާރު އުޅެންފަށައިފި !

    21
    2
  10. ނަމަ

    ޔުމްނާ ދެން އެއީ ކޮންކަމަކު ނަގާ ދިދަ އެކޯ

    17
    2
  11. ޢަލީ

    ދީނުގެ ކަންކަން ބަޔާން ކޮއްދޭނީ ދީނީ އިލްމުވެރިންނެވެ.

    19
    2
  12. ބޯކޮސް

    މީނާ ބުނާނެ މަރުދޫހު ކަލާންގެ ބުދު ހެދުންލެއްވުމަކީ ދީނީކަމެއް ނޫނޭ. އާސާރުތަކުން އާބާތުރަފިލުވާ ސަގާފަތާ ގައުމިޔަތު ދިރުވުމޭ.

    13
    2
  13. ކަމަނަ

    ތަރިކަ އާބާތުރަ ފިލުވުންތަ މުހިއްމީ އެއީ އަހަރުމެންނަށް ވާޖިބުކަމެއްނޫން އެއްބަސް ފިދަނެގުން އޯކޭ އެކަމަކު ތިތަދައްކާ ވާހަކައިން ރާއްޖޭޖެ ކޯޓޭތަކުގައިހުރި ބުދުތައްވެސް ނަގާ ބަހައްޓަންއުޚޢ ވައްތަރު ޖަހަނީ އެފަދަ ދުވަހެއް ނުދައްކަވާށި

    15
  14. ބީރުމީހާ

    ކޮން ކުންފުންޏެއްގެ ޚަރަދުގައިތޯ މިފަހަރު ތިޔަކަން ކުރަނީ ދިދަނެގުމުގެ ހަރަދު ބަޖެޓުގައި ހިމެނިފައިތޯ

    12
  15. ހުސެންބެ

    ހަލާކުހުރި ބިދުޢަ ހަދާމީހާއާއި ހަދުވާ މީހާއަށް

    13
    1
  16. ކިޔު

    ދިދަނެގުން ރަނގަޅު ކަމަށް ފެނޭ. އެތަނަކީ ވ މުހިއްމު ޓުވަރިސްޓް ސައިޓެއް. އެތަން ހުނަނަން ޖެހޭނީ އިހުގަ އެތަން ހުރި ގޮތަށް ރީތިކޮށް، ދިދަ ނަގައި ޒީނަތްތެރި ކޮށްފަ. ބިދުއަ އޭ ކިޔައިގެން ކޮންމެ ކަމެއް ހުއްޓުވައި ހުރަސް އެޅުމަކީ ވ ދެރަ ކަމެއް. މި ތަކްފީރީ ޖަމާއަތަށް ގައުމީ ދިދައާއި ގައުމީ ސަލާމަކީވެސް ބިދުއައެއް.

    7
    15
    • Anonymous

      ކިޔު ރަނގަޅުވާނެ ދީނޭ ޝަރިއްޔަތޭ ދިދައޭ ކިޔުމުގެ ކުރިން ދަންނަ ޢިލްމުވެރިންގެ ކައިރިން އައްސަވާލެއްވިއްޔާ. ޖާހިލުންގެ ބޭހަކީ ދަންނަ މީހުން ކައިރިން އެހުން. ނޫނީ ވާނެ ގޮތަކީ ޝިރުކެއް ބިދުޢައެއް ތައުޙީދެއް ވަތްކެއް ނުވާނެ.

      14
      1
  17. ސުމަން

    ދައިތަ ދިދަ ނެގީ ރ ޔާމީނަށް ތާއީދުއޮތްލެއް ބޮޑުކަމުން ބޫގަލްހަދައިގެން ރަށްޔަތުން އެމްޑިީޕީ އަށްވަށްދަންވެގެން .

    8
    2
  18. މުބީނު

    ދައިތައޭ! ސުއްބޫ! އެއީ ޅަކުއްޖެ އިއްޔެ މެންދުރުގެ.

    9
    1
  19. ވާނުވާ

    ތަމެންގެ ސަރުކާރުގެ މިނިސްޓަރުންނަކީ އެއީ ވާނުވާ މިނިސްޓަރުންނޭ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ

    9
    1
  20. ހައްދުންމަތި

    އައްސޭކު ޔުމުނަ މޮޅީ ތޯ ޢިލްމުވެރީންނަށްވުރެން؟

    9
    3
  21. ހުސޭނުބޭ

    އެކޮއިގެ ބައްޕަ ފަދައިން ހުރިހައި ޢިލްމެއް ހުރި ދެނިޔޭގެ އެންމެ ބޮޑު ޢިލްމުވެރިޔާ އެހެނިހެން ޢިލްމުވެރިންނަށް ގޮންޖަހާނެ. ލޮލް

  22. ކަލޯދަރި

    މެދުޒިޔާރަތް ދޮށުގައި ހުރެ ޙަމްދުކުރަނީ ﷲއަށް. އެވަރުވެސް އޭރުވޭ. މިހާރު މާ ނުބައި

  23. މިތުރާ.

    މިޔޮތީވާ ގައުމެއް ،ތަނެއްގެ ދިދައެއް ހުރީމަ ތިބައިގަޑު ހީވާނީ ހިނިއަރައިގެން އުޅޭހެން، އިންސާހުންނައް ނުރައްކާވާ ބޮޑެތި ޖަޜީމާތައް ހިންގާއިރު މި އެދުރުން ތިބެނީ ނިދާފާ،

    5
    4
  24. 20000

    އިސްލާމް ދީނާ ދުރު ކަންކަން ކޮށްގެން ބަޔަކު ހިތްހަމަ ޖައްސަން ނޫޅުއްވާ 2023 ނުލިބޭނެ ދެނެއް، ތިޔަބައި މީހުންގެ ގޮތް އެގިއްޖެ، ދަސްވެ ބާވެއްޖެ. އެމްޑީ އެން އެކްޓިވޭޓް ކުރަން އުޅޭ ސަރުކާރެއް މީ

    6
    1
  25. ނެގުނުކަތީބު

    ގަބުރުމަތީގައި ބިނާ ހެދުމަކީ އިސްލާމްދީނުގައި ހަރާމްކަމެކޭ ކިޔާ އަޑު އަހަން. އެހެންކަމަށްވާނަމަ އިލްމުވެރިން އެތަންތަން އެގޮތަށް ބެހެއްޓުން މަނާނުކުރަނީ ކީއްވެތޯ؟ އެތަން ތަޅަލާފާ ނަގަންވީ ނޫންތޯ؟ ޒިޔާރަތް ކައިރީގައި ދިދަ ނެގުމަށްވުރެ މާނުބައިކަމެއްނޫންތޯ ޒިޔާރަތްހެދުމަކީ. އިލްމުވެރިންނަށްވެސް މިފެންނަނީ އެއްލޮލުން.

  26. އަހްމަދު

    އަހަރެމެން ބުދު ކިޔާ އެއްޗެތި ވަރަށްގިނަ ފިހާރަ ތަކުގައި ހެދުން އަޅުވާފައިހުރޭ. އަދި ކުޑަކުދިން ކުޅެން އެކި ނަންނަމުގައި ހަދާފާހުންނަ ބުދުވެސް ގެންގުޅޭ. ޑޮކްޓަރ އިޔާޒު ވިދާޅުވެދެއްވާ ބަލަ މީއިސްލާމްދީން ހުއްދަ ކަންތައްތޯ؟ މިކަންތައްތަކުން ޝިރުކަށް މަގުފަހި ނުވަނީތޯ. ދިދައެއް ނެގުމުން ޝިރުކަށް މަގުފަހިވަނީ ކީއްވެތޯ؟ ބައެއްކަންތަކާ އަޅާނުލާ އެއަށްވުރެ މާ އާދައިގެ ކަންތައް މާބޮޑުކޮށްލުންތޯ އިލްމުވެރިންގެ ޒިންމާއަކީ.

  27. ތަސްލީމާ ނަސްރީން ވަލް ރަދީފް

    ކަލޭގެ ލަދު ކޮބާ؟؟

  28. ލަކީ

    ހެހެ މިގައުމުގަ ހުސް ދީން

  29. ސިބް އައި

    ބައްޕަ ވައްތަރަށް ދޯ ތިއުޅެން ފެށީ . ބުރުގާ އެޅުމަކީ ދީނީކަމަކަށް ނުވާތީ އަނބިމީހާ ބުރުގާ ނާޅުވާ. ކޮބާ ދީނީ ކަންތަކަކީ ؟ މިސްކިތައް ޖަމާޢަތަށް ނުދަނީ ދީނީ ކަމަކަށް ނުވާތީ ؟ މިއީ ކޮންފަދަ ބޮޑު މުޞީބާތެއްތޯ ދިވެހިންނާއި ކުރިމަތިވެފައިވާ.

  30. ރައްދު

    ފަތުވާ ނެގީ ގޮޅބ ފޮތުން

  31. ކުއްލި.

    ޢޭ ، މިޒާހިރުގެ ކުރިއަށް ޑރ. ކިއީދޯ. އަނެއްކާ އަނެއްކަންތައް. ޑރ. ކިޔައިގެން ދިވެހި ބަޖެޓުން ލާރި ނަގަން ފެށީ. ޔުމްނާ އެބުނީ ހެއޮކޮށް. ދިދަނެގުމަކީ ދީނީކަމެއްނޫން.

  32. ޢަލީ

    މި ދީނީ ޢިލްމުވެރިންވެސް ކޮންމެ ކަމެއް ބޮޑުކޮށްލައިގެން ނަފުރަތު އުފެއްދުން ކުރަާ ކަމަކީ

  33. ހިއްސް

    ﷲ ތަޢާލާ ވަނީ ތިއައްވުރެ މާފުރިހަމަ މަންހަޖެއް 7 އުޑުމަތިން ބާވައި ލައްވާފައި ވަނީ އެނގިލައްވާތޯ ފުރަތަމަ މަންޖެ ތިހުރީވެސް އެފުރިހަމަ މަން ހަޖާޚިލާ ފައް!

  34. ފުކެއް ބޮޑުވަރު

    ދެން އެއްޖިންސުން ގުޅުން ހިންގާފަވެސް ބުނަންވީ ދީނީކަމެއް ނޫނޭ. ބަޔަކު ނުކިޔައޭ އެއީ ދިނީ ކަމެކޭއެއް، ދީނާ ޚިލާފު ކަމެކޭއޭ ކިޔަނީ، މީ 30 އަހަރުވަންދެން ދައުލަތް ހުސްކޮއްފަ އަދިވެސް ދައުލަތައް ބަލަދު އަރާފަހުރި ވެރިމީހާގެ މިނިސްޓަރު ދަރީގެ ހާލު، ދެން ވިސްނާލާ ހިންގަން ނޭނގޭކަންވެސް ނޭނގޭ ވެރިމީހާގެ ހާލަތާ ދޭތެރޭ.
    މި ދެން ފުކެއް ބޮޑުވަރު