މާލެ އާއި ހުޅުމާލޭގައި ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕާޓީ ކުރަނިކޮށް މަސްތުވާތަކެއްޗާއިއެކު ޓިކްޓޮކް ތަރި ހުނޭޝާ އާދަމް ނަސީރު (ހުނޫ) ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ފުލުހުން ރޭ ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުނު މައްސަލައިގައި 12 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން އެމީހުން ހައްޔަރު ކޮށްފައިވަނީ މާލެއާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް 12 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހުނޭޝާ އާދަމް ނަސީރު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 7 ދުވަސް ޖަހާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ގިނަ ފިލްމުތަކެއް ކުޅެފައިވާ ފިލްމީތަރި މަރިޔަމް ރިޝްފާ ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ އޮޕަރޭޝަނުގައި ހުނޫ ހައްޔަރު ކޮށްފައިވާއިރު، މީގެ ކުރިން ވެސް އޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައެވެ.

ފުލުހުން ހިންގި މިއޮޕަރޭޝަނުގެ ތެރެއިން ގާތްގަނޑަކަށް ކިލޯއަކާއި ގާތް ކުރާ އަދަދަކަށް މަސްތުވާތަކެތީގެ އެކި ވައްތަރުތައް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ގިނަ އަދަދެއްގެ ފައިސާ ވެސް ފެނުނު ކަމަށާއި އެމީހުންނާއި ދެކޮޅަށް ހުރި ހެކިތަކުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިސްތަށި

    މިފަހަރު ދޫނުކުރާތި! ކުޅިކުޅެން މުހުލަތު ދެވިއްޖެއްނު އިސްލާހެއް ނުވި! ދެން ބާއްވާ ޖަލުގަ ޕާޓިކޮށް ބޯން!

  2. ކާފަ

    ތިޔައީ އިތުރަށް މަޝްހޫރުވުމެއް.ހުރިހާކަމަކުން ހައްދު ފަހަނައަލާފައިވާ ވެރިކަމެއްގައި ތިޔައީ މާބޮޑުކަމެއްނޫނެވެ.އެންމެ ފަހުން ކުއްވެރިވާނީ ޕޮލިހުންނެވެ.

    13
    2
  3. ނެތީމޭ

    ސަރުކާރު ހާމަކަން ބޮޑު ނަމަ ދެން ކިއެއްވެތޭ ތިލަފުށި އެއްބަސްވުން ހާމަ ނުކޮށްގެން އުޅެނީ އަދި މާލެ އާއި ވިލިގިލީގެ ދެމެދު އަޅާ ބްރިޖް އެއްބަސްވުން ހާމަ ނުކޮށްގެން އުޅެނީ އަދި އިންޑިއާ ހެލި ކޮޕްޓަރު ތަކަށް ދިވެހިސަރުކާރުގެ ބަޖެޓުން މަހަކު ޚަރަދު ކުރަމުންދާ 25 މިލިއަން ޑޮލަރުގެ ވާހަކަ ހާމަ ނުކޮށްގެން އުޅެނީ ރައީސް އިބޫ އުޅެނީ ދެން އާންމު ރައްޔިތުން ނަށް މަކަރާއި ހީލަތުގެ ދަށުން ދެން ހެދޭނީ ކޮން މަކަރެއް ތޯ ބަލަންއޭ މަމެންނަށް ހީވެއޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ...

  4. އައްމަޓީ

    ތިޔަހުރިހާއެންމެން ބަންދުކޮށްފައި ތިއް

  5. އައްމަޓީ

    ތިޔަހުރިހާ އެންމެން ބައްދުކޮށްފައިތިއްބާ، ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭގައިވަނީ ތީގެ ގިނައަދަދެއްގެ ބަޔަކަށް މައާފްދީ، ދޫކޮށްލާފަ، އޭގެފަހުން މަސްތުވާތަކެތި ފާޅުގައި ވިއްކުމާއި މަގުފޭރުނާއި ވައްކަންކުރުން ވަޅީ ހައްދުފަހަނައަޅާފައި، ތިޔަހައްޔަރުކުރި 12 މީހުންވެސް މާދަމާ ތިބޭނީ މިނިވަންވެ ޑްރަގްވިއްކުމާއި ޕާޓީކުރަން، ހަރުދަނާ ސިޔާސަތެއްނެތީމަ ވާގޮތް،

  6. Anonymous

    ހާދަ ހަޔާތްވެސް ކުޑަ މީހެކޭ މިއީ. ބޭރުފުށުން ލަދެއް ނެތް އިރު ހިތުގައި އޮންނާނީ ކޮން ލަދެއް ބާވައޭ އޭރުވެސް ހީވޭ. މިފަހަރު މިއޮތީ އެއީ ހަޤީޤަތަކަށް ވެފާ. ނަމަވެސް މާދަމާ ދޫވާން ތައްޔާރުވާތި. އެއީ ސިޔާސީ ކުލައަކަށް ސޮއިކޮއްލީމާ ދޫވާނެތީ.

    10
  7. ކަލޯގަޔާ

    ވަރަށް ޕާޓީ ވައްތަރު ޖަހާ ... ހެހެ