މި ސަރުކާރުގައި ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުވެފައިވާތީ އެމްޑީޕީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ވައްޑެ ވިދާޅުވީ މި ސަރުކާރުން ވެރިކަމަަށް އައުމުގެ ކުރިން ދެއްކީ ސިޔާސީ މަގާމުތައް އިންތިހާއަށް އޮތް ވާހަކަ ކަމަށެވެ.

ވައްޑެ ވިދާޅުވީ ކުރީގެ ދައުރު ނިމުނު އިރު އޮތީ 470 ސިޔާސީ ވަޒީފާ ކަމަށެވެ. އެެހެން ނަމަވެސް މި ސަރުކާރުގައި އެ ވަޒީފާތަކުގެ އަދަދު ދެ ގުނަ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިމަންނަމެންގެ ވަރިކަމެއްގައި އެ އަދަދު މަތިބަރުކަން ކުޑަކުރާނަމޭ ކިޔަފައި އެ އަދަދު، ސިޔާސީ ވަޒީފާ އެބަ ހުރި 1068 ވަޒީފާ. ކޮންތާކުތޯ އެ ޖެހުނީ" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ އެފަދައިން ވިދާޅުވުމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުވިކަން ހަމައެކަނި ދައްކަނީ ޕިޕީއެމް/ޕީއެންސީގެ މެމްބަރުން ނޫން ކަން މިހާރު އެނގިއްޖެ ކަމަށެވެ.

"ހުދު އެމްޑީޕީގެ މެމްބަރުންވެސް ދައްކަނީ އެ ވާހަކަ. ދައުލަތުގެ މަތިބަރުވެ ބޭކާރު ހަރަދުތައް ބޮޑުވެ ފައިސާ ހުސްވެ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުރީ ހުއްޓިފައި. ޒިޒާވުގައި ހުރީ އެއް މަސްދުވަހުގެ ކާޑު" ޝިޔާމް ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކަށް ކުރާ ހަރަދު އިތުރުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.

ސިޔާސީ މަގާމުތަކަށް ކުރާ ހަރަދުތައް އިތުރުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވީ މަސައްކަތެއް ނެތި " ހަމަ ހުންނާކަން" މި ސަރުކާރުން ސިޔާސީ މަގާމަކަށް މީހަކު އައްޔަނު ނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ހަރަދު ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ގިނަވަނީ !

    7
    1
  2. އާބަކުރު

    މިހާރު ޤައުމު ބަނގުރޫޓްވުމާ ދިމާލައްދާތީ ރުޕީ ބޭނުންކުރުމާބެހޭ ގޮތުން މަޝްވަރާކުރާ ވާހަކަވެސް އަޑުއިވޭ އެއީ ތެދެއްކަމައްވާނަމަ މިވަރުވާއިރުވެސް ހަމަތިބޭނީތަ

  3. ކައިކައި ހުސްވަނީ އާދޭ ކާން

    އަތޮޅު ތެރޭގެ ފެނަކައަށް ބެލިޔަސް 5 މެނޭޖަރުން ހަމައެކަނިވެސް ފެނަކާގައި. ވާކަމެއްހަރާން... އަމިއްލަޔަށް ބޭޒާރުވަނީ ތިތިބެގެން... މަޖުލީހުން ތިނޫން އެހެންކަމަކާ އުޅެންވީ..