ލ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސްވެރިންނަށް ފައިސާ ނުދޭތާ މަސް ދުވަސް ވެފައިވާ މައްސަލައިގައި ލ. އަތޮޅާއި ތ. އަތޮޅުގެ ދޯނިތަކުގެ ކެޔޮޅުންނާއެކުގައި މަޝްވަރާތައް ފަށައިފިއެވެ.

މަސްވެރިންނަށް ފައިސާ ނުދޭތާ މަސް ދުވަސް ވުމުން ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިން މިހާރު ދަނީ މާންދޫ ޕިޝަރީޒް ކޮންޕްލެކްސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ.

ތ. ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ހާނިމް "ވަގުތަށް" ވިދާޅުވީ މަސްވެރިންގެ ފައިސާ ދިނުމާ މެދުގައި މާންދޫ ފިޝަރީޒް ކޮންޕްލެކްސްއިން އަދިވެސް ގޮތެއް ނުނިންމާ ކަމަށެވެ.

" ކޮންމެ ދޯންޏެއްގެ ކެޔޮޅުން އެބަ ވައްދާ އެ މީހުންގެ އޮފީހަށް މަޝްވަރާ ކުރަން ފައިސާ ކަންތަކުގައި. އަޅުގަނޑުމެން ބޭނުންވަނީ ކިރި މަސްކޮޅަށް ފައިސާ ވީހާ ވެސް އަވަހަށް ދިނުމަށް." ހާނިމް ވިދާޅުވިއެވެ.

މަސްވެރިންނަށް ފައިސާ ނުދޭތީ އިހްތިޖާޖް ކުރަނީ

މާންދޫ ފިޝަރީޒް ކޮންފްލެކްސްއިން ތެލާއި އައިސްވެސް މަސްވެރިންނަށް ރަނގަޅަށް ނުލިބޭ ކަމަށާއި ހުރިހާ އެއްޗެއް ހުންނާނީ ލިމިޓް ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް މަސްވެރިން ދަނީ ހާމަކުރަމުންނެވެ.

ފައިސާ ނުލިބިގެން 26 މަސްވެރި ދޯންޏަކުން މިއަދު އިހްތިޖާޖް ކުރަމުންދާއިރު އެ ފަރާތްތަކުން ގޮވާލަނީ ކިރާ މަހަށް ބަރާބަރަށް ފައިސާ ދިނުމަށެވެ.

މަސްވެރިން ކިރާ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުން ވައުދުވެފައިވާ ކަމެކެވެ. ނަމަވެސް މަސްވެރިންގެ ކަންބޮޑުވުމަކީ ހަމަ އަގު ނުލިބުމެވެ. އަދި ތެލާއި އައިސް ނުލިބުމަކީ އެ ފަރާތްތަކުގެ ކަންބޮޑުވުމެކެވެެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަަަހަ

    އެތައްވަރަކަށް ހަޅޭލަވާ މުޒާހަރާކޮށް އެތައްވަގުތެއް ގެއްލުވާލައިގެން ، މިއަދު ލާރިކޮޅުދިނަސް މަސްވެރިން ބުނާނެ ހާދަ ރަނގަޅުބައެކޭ އެއީ އަދި ސަރުކާރު ވަރަށް ހެޔޮލަފާއޭ ، ގަރަހިތައަށްވުރެ ހަނދާންބަލި ބައެއްތީ

    • އަސްް

      މާންދޫ އެއީ ސަރުކާރު ތަނެއް ނޫން.

      • ޙަަަހަ

        ލިޔެފައޮތް އެއްޗެއް ކިޔާލިންތޯ

  2. އިސްތިއުފާ

    މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ މާރިޔާ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނޭ އިސްތިއުފާ

  3. ހުސޭނުބޭ

    މި ސަރުކާރު ގެންނަން އެންމެ ތާޢީދުބޮޑުކޮށް ވޯޓުދިނީ މަސްވެރިން. ތާހިރުވެއްޖެއެއްނު!

  4. ހަހަ

    2023 ބޮޑުތަނުން ލާދީނީ އެމްޑީފީން ބަލިކުރާނެ