ހުޅުމާލޭގައި ގެތައް 10 ބުރިއަށް ނެގޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނިންމުން އަދިވެސް ގެޒެޓް ނުކުރާތީ އެ ގަވައިދު ގެޒެޓްކުރަން އަންގަން ރައްޔިތުންގެ މަޖިލީގުގެ ގަވައިދު ކޮމިޓީން ފާސްކޮށްފިއެވެ.

ހުޅުމާލޭގައި މިހާރު ވެސް އެންމެ މައްޗަށް އިމާރާތް ކުރެވެނީ ހަ ބުރި އަށެވެ. ނަމަވެސް ނިމިގެން ދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުން އޮތީ ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްތައް ނެގޭ ގޮތަށް ހަދަން ފާސްކޮށްފައެވެ.

އެކަމަކު އެ ނިންމުން މިހާތަނަށް ވެސް ތަންފީޒުނުކޮށް އޮތުމުން އަދިވެސް އެންމެ މައްޗަށް ނެގެނީ ހަ ބުރި އަށެވެ.

އެހެންވެ އެ މައްސަލަ ފަހުން ވަނީ މަޖިލީހުގެ ގަވައިދު ކޮމިޓީން ބަލައިފައެވެ.

ގަވައިދު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނީ ގަވައިދު ގެޒެޓު ކުރަން ފޮނުވަން ހައުސިން މިނިސްޓްރީން ދެކޮޅު ހެދުމަކީ ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުމުގައި އެހެން އިދާރާތަކުން ވެސް އެއްބާރުލުން ނުލިބިުމުގެ ޖާގަ އޮތް ކަމަށް ގަބޫލުުކުރެވޭ ކަމަށެވެ.

ހަމަ އެހެންމެ ޕްލޭނިން މިނިސްޓްރީގެ އަމަލަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ރައްޔިތުންެގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިފައިވާ އިމްތިޔާޒްތަކާއި ބާރުތައް ހުރުމަތްތެރިކޮށް ނުހިތުން ކަމަށެވެ.

އެހެން ކަމުން ގަވައިދު ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި "ހުޅުމާލެ ޕްލޭނިން އަދު އިމާރާތްކުުރުމުގެ ގަވައިދު" ޕްލޭނިން މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވަން އަންގަން ވަނީ ގަވައިދު ކޮމިޓީން ފާސްކޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިސްތިއުފާ

    ރައީސް އޮފީހުގެ ހުރިހާ މިނިސްޓަރުން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    6
    11
  2. ސޮއްފާނު

    10 ބުރި މާ ކުޑަ. 30 ބުރިއަށް ނެގޭގޮތައް ހަދާފަ.. ބާކީ ހުރިއްޔާ ހުރި ހުސްތަންކޮޅުގައި ގާޑިޔަލުގަ މަސްޖައްސާހެން ފިތޭގޮތައް ހަނދަރަކަށް ބިލްޑިން އަޅާލާ. އޭރުން ތޮއްޖެހުން ކުޑަވާނީ. ދެން އިންސާނުން މަގުމައްޗައް ނިކުމެވޭނީ ވަކި ދަންފަޅިއެއްގައި ކަމުގައި ހަމަޖައްސާފަ ބާކީ ހުރި ދަންފަޅިތަކުގައި ޕާޓޭއިންނާއި ތައިލޭންޑު ކަސްބީންނާއި ބަނގުރަލުގެ އާވިއަރުވަމުން ތެޅިބޭލޭ އިއްޒަތްތެރިންނަށް އުޅެވޭގޮތައް ހަދާލާ.

    13
    1
  3. އިސްތިއުފާއޭ

    ރައީސް އިބޫ އިސްތިއުފާ އޭނާ އަށް ނޭގެއޭ ކަމެއް ކުރަން ސްލޯ ރައީސް ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ ސްލޯ ސަރުކާރު އިސްތިއުފާ

  4. އަލި ދީދީ

    މެންބަރުގެ ގެ ކޮޅު 20 ބުރިއަށް ނަގަން ވީބާ، އަމިއްލަ އެދުން ބޮޑު މަޖިލިސް

  5. ޓެކްނިކަލް

    ރާއްޖޭގެ ހުރިހާ ކަމަކަށް ރައްޔިތުންގެ މަޖިލީހުން ގޮތް ކަނޑައެޅުމަކީ އެއާމެދު ވިސްނަންވެއްޖެ ކަމެއް. ގެދޮރު އިމާރާތްކުރުމާއި ކުރެހުމާއި ބިމުގެ ހާލަތު ދެނެގަތުމާއި މިކަހަލަ ސައެންސާ ގުޅުންހުރި ހިސާބުކިތާބު ހަދައިގެން ކުރަންޖެހޭ ކަންކަން މަގުމަތިން ހަޅޭއްލަވައިގެން އެއްވާ ބަޔަކު ނިންމަންވީމާ އެކަމުން ނުކުންނާނެ ނަތީޖާ ހިތިވާނެ. ކޮންމެ ކަމަކަށްވެސް އެކަމެއްގެ ތަޢުލީމު ލިބިގެންވާ ހުނަރުވެރިންގެ ބަސް އޮންނަންޖެހޭނެ. މިރާއްޖެއަށް ޕީއެޗްޑީ ހަދައިގެން ކިޔަވައިގެން މީހުން އައުމުގެ ބޭނުން ނެތިގެން މިދަނީ މިކަހަލަ މީހުން މަޖިލީހުގައި ތިބެގެން އަމިއްލަ އެދުމަށް ނިންމާ ނިންމުންތަކުގެ ސަބަބުން.

  6. މަތިމަތިން

    ކިތަންމެ މައްޗަށް ނެގިޔަސް ތިއިން ގެއެއްގައި ސައިކަލެއްހާ މިންވަރުގެ ޕާކުކުރާނެ ތަނެއް ނުބާއްވާނެ. އެކަމަކު ބިލްޑިންގ ކޯޑުގައި ޕާކިންގ މިވެނިއެވެނި މިންވަރަކަށް އޮންނަންވާނެއޭ ބުނެފައި އޮންނާނެ. ބިލްޑިންގ ކޯޑާ ޚިލާފަށް ގެ ހެދިޔަސް ފިހާރައާއި ހޮޓާފަދަ ތަންތަން އެތަންތަނުގައި ހިންގުމުގެ ހުއްދަ އެބަދޭ. ދެން ކީއްކުރާ ބިލްޑިންގ ކޯޑެއްތަ! މީ އަރަތެއްހެން އޮންނަ ކޯޑެއް.

  7. ވާލުސޮރު

    މަޖިލިސް މެންބަރުން އަމިއްލަ އެދުން ހާދަބޮޑޭ. ހުޅުމާލެވެސް ތޮއްޖައްސާ އެތަން ޚަރާބުކޮށްގެންވެސް ތިމާމެންގެ ވިޔަފާރި ފުޅާކޮށް އަމިއްލަ ޖީބު ފުރެނިކޮށް ވަރިހަމަ. 10 ބުރިއަށް ނެގުމަކީ އެއްގޮތަކަށްވެސް ބުއްދިވެރި ނިމުމެއް ނޫން. ރަށަށް އެކަށީގެންނުވާވަރަށް އިމާރާތްތައް އުސްކުރުމުން ފެންނާނީ މާލޭގެ މަގުތަކުން ފެންނަމުންދާ ހިތްދަތި މަންޒަރު. 5 ބުރިއަށް މިހާރު ހުރި އިމާރާތްތައް 10 ބުރިއަށް އިމާރާތްކުރަން ހުއްދަދިނުމުން މިހާރު އިމާރާތްތައް ހުރި ސަރަޙައްދުގެ އާބާދީ ދެގުނަވާނެ. ވެހިކަލްތައް ދެގުނައަށް އިތުރުވާނެ. ރަށް އޮބިނޯންނަވަރަށް އާބާދީ އިތުރުވާނެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުންވެސް ކަންކުރަނީ އެރަށެއްގެ ބިމާއި މަގުތަކުގެ ޖާގައަށް އެކަށީގެންވާވަރަށް އިމާރާތްތަކުގެ އުސްމިން ކަނޑައެޅުން. ރިއަލްއެސްޓޭޓް އަދި އެހެން ވިޔަފާރިތައް ކުރާ މީހުންގެ އަމިއްލަ މަންފާއަށް ހުޅުމާލޭގެ އަމާން މާޙައުލު ހަލާކުކޮށްނުލާ! އާދޭސްކޮށްފަ މިބުނީ. ޔާﷲ މިވެރިންނަށް ހެޔޮ ވިސްނުންދެއްވާށި

  8. އަސަދު

    ހުލުމާލޭގައި ދިރިއުޅެވޭ ވަރެއް ނޫން ، ކާބޯތަކެތި މާ އަގުބޮޑު ހިޔާފުކެޓު ސަރަހައްދު ހުރި ޓިނު ސްކޫލް ގޮތަށް ލޯކަލް މާކެޓެއް ހަދަން ވ މުހިންމު