ރާއްޖޭގައި ފާޅުކަން ބޮޑުގޮތެއްގައި އެހެން ދީނެއްގެ ޝިއާރުތައް ފާޅުނުކުރެވޭނެ ކަމަށާއި އެކަން ރާއްޖެ އަންނަ ބިދޭސީންނަށް އިދާރާތަކުން އަންގައިދިނުމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އެލްޖޭއަށާއި ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށުކައުންސިލްތަކަށް ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަންދާ ކަމަށާއި ފަތުރުވެރިންގެ ގޮތުގައި ވެސް ގިނަ އަދަދެއް ބޭރު މީހުން ރާއްޖެއަށް ޒިޔާރަތް ކުރާ ކަމަށެވެ.

އެހެންކަމުން އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި ފަތުރުވެރިން ގެންނަ ފަރާތްތަކުން ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބިދޭސީންނަށް އިރުޝާދު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ސާކިއުލާގައި ބުނެފައި ވެއެވެ.

"ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނޫގެ ދަށުން ހެދިފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގެ 9 ވަނަ މާއްދާ ސާފުވާނެ ގޮތަށް އެފަދަ ފަރާތްތަކަށް ރަނގަޅަށް އިރުޝާދު ދިނުމަކީ ވަރަށް މުހިންމު ކަމެއް." މިނިސްޓްރީއިން ސާކިއުލާގައި ބުނެފައި ވެއެވެ.

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ރާއްޖެ އައުން-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ގަވައިދުގެ 9 ވަނަ މާއްދާގައި ވަނީ ރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެ މީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި އާއްމު ތަންތާގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި، އެ މީހުން އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ މަނާކަމެއް ކަމަށް ބަޔާން ކޮށްފަ އެވެ.

ސާކިއުލާގައި ބުނެފައި ވަނީ އެ ގަވައިދަށް ބަލައި، ރާއްޖޭގެ އެއްވެސް އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށެވެ.

ސިފައިންގެ ހިމާޔަތުގައި ޔޯގާ "އަޅުކަން" ކޮށްފިކަމަށް ބުނެފި

އަދި މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު، ރާއްޖޭގައި ޓޫރިސްޓު ގެސްޓްހައުސް ހިންގުމާ ބެހޭ ގަވާއިދާ އެއްގޮތަށް އާންމު އިޖްތިމާއީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް އެފަރާތްތަކަށް އިރުޝާދު ދޭން ވާނެ ކަމަށެވެ.

އެހެންކަމުން ރާއްޖެއިން ބޭރުން މީހުން ގެންނަ މީހުނަށް އެ މައުލޫމާތު ސާފުކޮށްދީ އިރުޝާދުތައް ދިނުމަށް އިދާރާތަކަށް މިނިނިސްޓްރީއިން ވަނީ އަންގާފަ އެވެ.

ސާކިއުލާގައި ބުނެފައި ވަނީ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީފެން އެފަދަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިރޭމު

    'ބޮސް' ޣައިރުގާނޫނީ އަމުރެއް ކުރިޔަސް އެޔަސް ތަބާވާން ނުޖެހޭނެކަން އަންގާފަވެސް ސާކިޔުލާއެއް ނެރެބަލަ. ވަކިން ހާއްސަކޮށް ކޮންސްޓްރަކްސަން މީހުންނަށް. އަދި މަގުމަތީ ގަވައިދުން ޕާކުކޮށްފަ ހުންނަ ސައިކަލުތަކަށް އައްސުން އަރައިގަނެ، ބަހައްޓާފަ ހުންނަތަނުން އެހެން ތަންތަނަށް ނުގެންދެވޭނެކަންވެސް ސާކިޔުލާޔަކުން އަންގަބަލަ. އެހެންނޫނީ، ތީ ހަމަ ޖަމަލު ފޮޑި، މިނިސްޓަރޫ!

  2. ދަރަނި ދަންތުރަ

    މިވަރުގެ ނާގާބިލު މީހަކު މިހާތަނަށް އިސްލާމިކު މިނިސްޓަރު ކަމުގެ މަގާމަށް ނާދޭ ، ހަމަ ފައްކާ ހިޔަޅެއް ، އިސްލާމް ދީނަށް ގައްދާރުވި ގައްދާރެއް ހާއިނެއް