ސިފައިންގެ ހިމާޔަތުގައި ހުޅުމާލޭގައި މީހަކު ޔޯގާ އަޅުކަންކޮށްފިކަމަށް ބުނެ އެފަދަ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް އައްޝައިހް އާދަމް ނިޝާން އާއްމުކޮށްފިއެވެ.

ވީޑިއޯއިން ފެންނަނީ ހުޅުމާލޭ ތޮށިގަނޑު މަތީގައި މީހަކު މޫދަށް ކުރިމަތިލައިގެން އިނދެ ހަރަކާތްތަކެއް ކުރާ މަންޒަރެވެ. ޝައިހް ނިޝާން ވިދާޅުވީ އެއީ އިއްޔެ ހެނދުނު ސިފައިން ސެކިއުރިޓީއާއި ޙިމާޔަތް ދީގެން ހުޅުމާލޭގައި، ހިންދީ ދީނުގެ ޔޯގާ ޙަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ "ސޫރިޔާ ނަމަސްކާރު - ސަން ސެލިއުޓޭޝަން" ހަދަމުން ދިޔަ މަންޒަރު ކަމަށެވެ.

ދީނީ ގޮތުން މިއީ އެއްގޮތަކަށްވެސް ހުއްދަވާނެކަމެއް ނޫން ކަމަށާއި މިފަދަ ޝިރުކުގެ ޢަމަލުތައް ކުރުމަށް ފުރުޞަތު ދިނުމަކީ ޤާނޫނީ ގޮތުންވެސް މަނާކުރެވިފައިވާ ކަމެއް ކަމަށް ޝައިހް ނިޝާން ވިދާޅުވިއެވެ. ދިވެހި ސިފައިންނާއި ފުލުހުންގެ މައްޗަށް ދީނީގޮތުންނާއި ޤާނޫނީ ގޮތުން ވާޖިބުވެ ލާޒިމްވެގެންވަނީ މިފަދަ ކަންކަން ހުއްޓުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ޝިރުކާއި ކުފުރުގެ ކަންކަން ކުރުމަށް ފުރުޞަތުދީ، އެތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައި ޙިމާޔަތްދީ ހަދާ މީސްތަކުން މާދަމާ، އެމުޝްރިކުންނާއި ޝިރުކުގެ ޢަމަލުތަކާއި އެކު މަޙްޝަރު ވާން ބޭނުންވަނީތޯ ޝައިހް ނިޝާން ސުވާލު ކުރައްވާފައި ވެއެވެ.

އަދި ތިމަންމެން އެކަން ކުރީ ތިމަންމެންގެ ވެރީންނާއި ބޮޑުން އަންގައިގެނޭ ބުނެ ސަލާމަތްވާނޭ ކަމަށް ހީކުރަނީތޯ ވެސް އޭނާ އެއްސެވިއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ޔޯގާ ހަރަކާތްތައް ކުރި މީހާ އެކަން ކުރަމުން ގެންދިޔައިރު އަތިރިމަތީގައި އާދައިގެ ހެދުމުގައި ބަޔަކު ތިއްބެވެ. އެއީ ސިފައިން ކަމެއް "ވަގުތު" އަކަށް ކަށަވަރެއް ނުވެއެވެ. ނަމަވެސް އެސަރަހައްދުގައި އެމްއެންޑީއެފްގެ ކާރެއް ޕާކް ކޮށްފައި އޮތް މަންޒަރު ވީޑިއޯ އިން ފެނެއެވެ.

މިއަހަރުގެ ޖޫން މަހު ދިވެހިސަރުކާރާއި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ ގުޅިގެން ބޭއްވި ޔޯގާ ހަރަކާތްތަކަށް ބަޔަކު ހުރަސް އަޅައި ބޮޑު ހަމަނުޖެހުމެއް ހިންގާފައި ވެއެވެ. އެމައްސަލައިގައި ޝައިހް ނިޝާންގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޝައިހް ނިޝާން

    އޭނާ ކަސްރަތު ކުރަނީ ނޫންތަ އަޅެ އޭނާވެސް ހަމަ ދިވެހިން ކަސްރަތު ކުރަން ގޮސް ކުރާކަންތައް ކުރަނީ އެކި އެކި ފަރާތައް އެބުރުމުމާއި އެކިގޮތްގޮތަށް އަތް ބެހެއްޓުމާއި، އެކި ގޮތްގޮތަށް އިށީދެ އިނުން ދޯ މީ ހަމަ ދިވެހިން ކަސްރަތު ކުރަން ގޮސް ކުރާ ކަންތައް މާދެން ކަންތައް ބޮޑުކުރަނީ ޝައިހް ނިޝާން

    19
    97
  2. އަން

    މުންކަރާތްތައް ގިނަ އަނިޔާވެރި ވެރިކަމެއް.

    89
    10
  3. ޝިހާ

    ޢޭނަ ގޭ ކޮޓަރި ތެރޭ އެއީ ކަސްރަތހެއް ނަމަ ކުރަން ވީނު! ކީއްވެ ފުއްޓަރަށް އެރި އިރުމައްޗަށް ވާގޮތައް އިނދެގެން އެވައްތަރު ޖައްސަނީ ނޫނީ އެބަސީ ގަ ހުންނަ ޖިމަށް ދާންވީނު މީމާރިޔާ އާއި ސޯލިހު ކުރުވާކަމެއް ހުރިހާ ސިފައިންނާ ފުލުހުނ ވެސް މިހާރު ތިބީ ސިރުކުގެ ބަލިޖެހި ފައިސާ އަށް ވިކިފަ މާއައްލާހުގެ ކޯފާ މިބައިމީހުން ނަށް ލައްވާށި އާމީން

    25
    5
  4. ޔޯގޭޝް ވަރާޔަ

    އެމީހަކު ކުރިކަމެއް އެމީހަކަށް، ކަސްރަތު ކުރުމަކީ ފައިދާ ބޮޑުކަމެއް. ނުބެހޭކަން ކަމާބެހުމަކީ ބޮލުރިހުމެއް! ރަގަޅީ ބަސްމަދު ކުރުން.

    8
    31
    • Anonymous

      ކަސްރަތުތައް އެބަހުރި ބައިވަރު ކުރެވޭނެ
      ޖިމަށް ދާންވީ، ދުވަންވީ، އެރޮބިކްސް، މިހެންގޮސް ކަސްރަތުތައް އެބަހުރި.
      އެކަމަކު ހިންދީންގެ އަޅުކަމެއް ކަމަށްވާ ޔޯގާ ނޫން އެހެން އެއްޗެއް ނުފެނުނީބާ މި އާލާތުންނަށް. ވާނީވެސް އެހެންތާ މިހާރުވެސް އެމީހުން ޖެހި ބެރަކަށް ނަށަމުން މިދަނީ. ފިލްމުތަކާއި ލަވަތައް. މުޅި މި ޤައުމުގައި ތިބީ އެމީހުން. ޓީޗަރުންނަށް ވެސް ތިބީ އެމީހުން. ވެރިޔާ އޮތީ އޭނާގެ ފަސްބައިގައި އެލިގެން.

      11
      1
  5. ކިޔުންތެރިއެއް

    މިރާއްޖޭގައި އިސްލާމީ ޝަރީއާތްހިންގާނަމަ ތި ސިފައިންނަށް ހައްގުވާ އަދަބު ލިބޭނެ. ބަޓް އޯކޭ. މިދުނިއޭގަ ދޭ އޯޑަރަށް ތަބާވެ މުސާރަނަގައި އަނބިދަރިން ބަލާހަދާ. ހަމަގައިމުވެސް ސަލާމަތްނުވެވޭނެ ދުވަހެއް އެބައޮތް.

    20
    5
  6. ނޫރު

    އިއްޔެ ހެދުނު ހުޅުމާލެ ގައި ތިސަރަހައްދު ސިފައިންގެ 3 މީހުންނާއި ވެހިކަލް ވެލިގަނޑު މަށްޗަށް ެެެެެެެެެެެެެެެެެެެެެެ އަރުވައިގެން، އޮއްވާ ދެކުނިން. މި ވެހިކަލް ހުޅުމާލެ އެކި ހިސާބުތަކުގައި އަތިރި މަތީގައި ހެނދުނު އުޅޭތީ ފެނޭ.

    15
    1
  7. ދަރަނި ދަންތުރަ

    އެމީހުން ފައްލިޔަށް ގޮއްސަ ވެސް ކުރަނީ ކަސްރަތޭ ބުނެވިދާނެ ، ﷲ ހަރާމް ކުރައްވާފައިވާ ކަމެއް ކޮންމެ ތާކު ކުރިޔަސް ވަނީ ހަރާމް ކަމަކަށް މިއީ ލާދީނީ ވެރިކަމެއް

    21
    5
  8. ހަދީ

    މައުމޫނު ގައްޔޫމު ފަލަކީން ބަލާފަ ކީކޭތޯބުނަނީ މިގެރިގުޔަށް އަޅުކަންކުރާމީހުންނާމެދު. ޢިސްލާމްދީން ތޯއެކުރިއަރުވަނީ.

    14
    2
  9. އައިމޯ

    ކަސްރަތާއި ޔޯގާގެ އަޅުކަމާއި އެއި ދޭއްޗެއް ، ދިވެހިންނަށް މިކަން ނޭގޭތީ ދެރައީ ޖޫސްތައްޓެއްގެ ނަމުގައި ރާތައްޓެއް ގެނެސް ދިނަސް އެނުވާނެ ޖޫހަކަށް ، އެވާނީ ހަމަ ރަލަށް ، އެހުއްދަވާނެތަ ބޯން ، ؟؟؟؟

    24
    4
    • ރަން ރީނދޫ

      ނޭނގެނީ އެއް ނޫން. އެމީހުން ﷲގެ ދީނަށް ފުރައްސާރަ ކުރަނީ. ތިމާމެނަކީ ނޭނގޭ ބަޔަކު ކަމުގައި ބުނެ. މިއީ ދިވެހިންގެ ތެރޭގައި އުޅޭ ލާދީނީ މީހުންގެ ބަހުރުވަ.

  10. އހ

    މިއީ ސީދާ ލާދީނީ ކުރިއަރުވާ ސަރުކާރެއް.

  11. އަލީސް

    މީ އަޅެ މޮޔަ ވެގެން އުޅޭ ބައެއްތަ؟

  12. Anonymous

    ކިހާބޮޑު ބަލާފުޅެއްމީ.
    މިނޫނީ ބަޔަކު މިޤައުމުގައި ވެރިކަން ނުކުރަނީތޭ
    ﷲގެ ޢަޒާބަށް ބިރުވެތިވެ މިބިން ޝިރުކުގެ ޢަމަލުތަކުން ސަލާމަތް ކުރުމަކީ ވަލިއްޔުލް އަމްރު ގެ ޒިންމާއެއް. އިޔާޒޫ ކޮބާތޯ ތިބޭފުޅުން. ހަމަ އޯކޭތޯ. ނަމާއި އެއްގޮތަށް ތޯ އަދިވެސް.

  13. ލއލ

    ޝޭހު ނީޝާން ކީއްވެތަ އެމީހާ ގޮސް ނުހުއްޓުޥީ، ކީއްވެތަ އެމީހާޔައް ނަސޭހަތްދީ ރަންގަލުގޮތް ކިޔާނުދުނީ. ތި ސޯޝަލްމީޑިޔާފ=ގައި ފެތުރުމުގެ ބޭނުމަކީ ކޮބައިތަ

    3
    5
  14. ކޭ

    އެމީހުންނަށްވެސް އެމީހުންގެ އަޅުކަންކުރެވޭނެ ދިވެހިންވެސް އަޅުކަންކަރަން ތިއްބަ ހުއްޓުވައިފިއްޔާ އެއީ މައްސަލައަކަށްވާނެ ބޭރުގައުމެއްގައި. ދެންމިހެންބުނީމަ ބުނާނެ ގާނޫނާ ގަވައިދޭ މިކަހަލަ ކުރީގެ ތާކުންތާކު ނުޖެހޭ ގަވައިދުތައް އުވާލަންޖެހޭ ވަކިބިމެއްގައި ވަކި ދީނެއްގެ އަޅުކަމެއްނޫން ކުރަން އޮންނަނީ.

    1
    6
  15. ދުންނިކަ

    އޭނަ އެކުރާ ހަރަކާތްތަކަށް ބަލާފަ އެކުރަނީ ޝިރުކެކޭ ބުނާކަށް އަހަރުމެންނަކަށް ނޭނގޭ. އޭނާ އެކުރާ ކަމަކީ ﷲ ނޫން ފަރާތަކަށް އަޅުކަންކުރުން ނުވަތަ ނޫންކަން އެނގޭނީ އޭނާއަށް. ދެން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ. މީހަކު ހަރަކާތެއް ކޮށްލާއިރަށް އެއީ ޝިރުކެކޭ ހަރާމްކަމެކޭ ބުނުމަކީ އިންސާނުންނަށް އެކަށޭނަ ކަމެއްނޫން.

    1
    5
  16. އުގުރި

    ކުރާނެ ކުރާނެ ހުރިހާކަމެއް ވެސް ކުރާނެ.... އެހެން ވީމައެއްނު މިތިބެނީ ބަލަހައްޓައިގެން އަގަ ނަގާގެން.. ް

  17. ޛޖ

    މީހަކު ނުބައިކަމެއް ކުރާތަން ފެނިޖިއްޔާ އެކަން ހުއްްޓުވުން އޮތީ.އެކަމު މުޅި ސޯޝަލްމީޑިއާއަށް މި ލާފަ މިއޮތީ ކޮންކަމެއް ސާބިތުކޮށްދޭންބާ!

    • ރަން ރީނދޫ

      އެކަން ހުއްޓުވަން ޖެހޭ ފަރާތްތަކުން އެކަން ނުހުއްޓުވާނަމަ، ރައްޔިތުންނަށް އެކަން ހާމަކޮށްދީ ،ދެވަނަ ފަހަރަށް މިފަދަ ބަޔަކު ވެރިކަމަށް ގެނައުމަށް ނޭނގި ތިބެ ވޯޓް ދެވިދާނެތީ، ރައްޔިތުންނަށް ސާފު ކޮއްދިނުން އެއީ އިސްލާމް ދީނުގައި ހުއްދަ ކަމެއް.