ލ. މާންދޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސްވެރިންނަށް ފައިސާ ނުދޭތާ މަސްދުވަސް ވެފައިވާތީ މިއަދު ވެސް މަސްވެރިން އިހްތިޖާޖް ކުރަން ފަށައިފިއެވެ.

ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ހާނިމް "ވަގުތު" ވިދާޅުވީ، މާންދޫ ފިޝަރީޒް ކޮންފްލެކްސް ކައިރީގައި މިއަދު ވެސް އިހްތިޖާޖް ކުރަމުންދާ ކަމަށެވެ. އަދި ފައިސާ ލިބެންދެން އިހްތިޖާޖް ހުއްޓާ ނުލާނެ ކަމަށެވެ.

ހާނިމް ވިދާޅުވީ، މިއަދު ދޯނިތަކުގެ ކެޔޮޅުންނާއި މަޝްވަރާ ކޮށް ފައިސާ ދެވޭނެ އިންތިޒާމް ހަމަ ޖައްސަމުންދާ ކަމަށް ހޮރއިޒަންއިން ބުނެފައިވާ ކަމަށެވެ.

މަސްވެރިން އިހްތިޖާޖު ކުރި ނަމަވެސް، ފައިސާ ދެވެން ނެތް ކަމަށް ބުނެފި

"އެ ބޭފުޅުން ބުނެފި މިއަދު ފައިސާ ދިނުމަށް މަސައްކަތް ކުރާ ކަމަށް. އެކަމު އަނެއްކާވެސް ފައިސާ ލިބޭނީ މަސް ދުވަސްވީމަ ކަމަށް. އެގޮތެއް އަޅުގަނޑުމެން ބޭނުމެއް ނޫން. ހަފްތާއަކުން ހަފްތާއަކުން ފައިސާ ލިބުން ބޭނުންވަނީ. ނުވަތަ ކޮންމެ ދުވަހަކު ކިރާ މަހަށް ފައިސާ ދިނުން." ހާނިމް ވިދާޅުވި އެވެ.

ފައިސާ ނުލިބިގެން ގިނަ މަސްވެރި ދޯންޏަކުން މިއަދު އިހްތިޖާޖް ކުރަމުންދާއިރު އެ ފަރާތްތަކުން ގޮވާލަނީ ކިރާ މަހަށް ބަރާބަރަށް ފައިސާ ދިނުމަށެވެ.

މަސްވެރިން ކިރާ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުން ވައުދުވެފައިވާ ކަމެކެވެ. ނަމަވެސް މަސްވެރިންގެ ކަންބޮޑުވުމަކީ ހަމަ އަގު ނުލިބުމެވެ. އަދި ތެލާއި އައިސް ނުލިބުމަކީ އެ ފަރާތްތަކުގެ ކަންބޮޑުވުމެކެވެެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާލާ

    ނެތް އެއްޗެއް ނުދެވޭނެ.. މަސްތައް ނުކިރާގެން ކުނިވިޔަަސް ގޯސް ވާނީ މަސްގަންނަ ފަރާތް.. މަސްތައް ކުނި ނުކުރާންވެގެން ފައިސާ ނެތަސް މަސްތައް ނަގަނީ.. ހެޔޮ އެެއްގޮތެއްވެސް ކަލޭމެންނަކަށް.. ކިހިނެއް ރާއްޖޭގެ ހުރިހާ މަސްވެރިން ކޮންމެ ދުވަހަކު ބާނާ މަސްގަންނާނީ..

    3
    5