އައްޑޫސިޓީގެ ބައެއް އަަވަށްތަކުގެ މަގުތަކުގައި ގޭގޭގެ މީހުން ގަސް އިންދާފައި ހުންނާތީ އެކަމުން އުނދަގޫތަކެއް ވަމުން އަންނާތީ އެގޮތަށް އަމަލުނުކުރަން އައްޑޫސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ބައެއް ގޭގެ މަގުތަކުގައި އެކި ބާވަތްބާވަތުގެ ގަސްތައް އިންދާ ހައްދާފައި ހުރުމުގެ ސަބަބުން ދުއްވާ ތަކެއްޗާއި މަގު ހިނގާ ފަރާތްތަކަށް އުދަގޫ ވާކަމުގެ ޝަކުވާ މިއޮފީހަށް ލިބެމުންދާ ކަމަށެވެ.

އެހެން ކަމުން މަގުތަކުގައި ގަސް އިންދާ ހައްދާ ފަރާތްތަކުންނާއި ޕޮޓްފަދަ ތަކެތީގައި ގަސް އިންދައި މަގުމަތީގައި ބަހައްޓާ ފަރާތްތަކުން އެކަން އެހެން ނުކުރުމަށް ޢާއްމުކޮށް އަންގައި އިޢުލާން ކުރާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލްގެ ބަޔާނުގައި ވަނީ "މަގަށް ދަތިވާގޮތަށް ހުންނަ މިފަދަ ގަސްތައް މިއަދުން ފެށިގެން ނަގައި މަގު ސާފުކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ." ބުނެފައެވެ.

ސިޓީ ކައުންސިލުން ބުނީ، މީގެ ކުރިން ވެސް ގޯތިން ބޭރުގައި ހުންނަ ގަސްތައް ނަގައި ސާފު ކުރުމަށް އަންގާފައިވާ ކަމަށެވެ.

އައްޑޫސިޓީއަށް ބަލާއިރު، ގުޅިފައިވާ ރަށްތަކުގެ މީހުން އަންނަނީ ގޭގެ ބޭރު ފާރުގައި ޒީނަތްތެރި ކުރުމުގެ ގޮތުން ރީތި ގަސްތައް ހައްދަމުންނެވެ. ބައެއް ފަރާތްތަކުން ޕޮޓްތަކުގެ ގަސްތައް ހައްދާއިރު، އަނެއްބައި ފަރާތްތަކުން ހައްދަމުން އަންނަނީ މަގުގައި ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޯލްގެޓު

    ނިޒާރު މީ ކޮންފެންވަރެއްގެ ކާކުތަ؟ތައުލީމެއްވެސް ލިބިފަހުރި މީހެއްނޫން. މީނާއަކީ ވަރަށް އަނގަ ނަޖިސް ހަސީލަތް ނުބައި މީހެއް. މީހުނައް އަރާ ރުޅި ބާލަނީ ގަސްތަކައް. މީނާ އަށް ވޯޓުލެވުނު މޮޔަހީވޭ

    20
    1
  2. ރަން ރީނދޫ

    ނިޒާރަކީ ކަޓު ޚިޔާލުގެ މީހެއް. ޑައިނަސޯތަކާއެކު އެކްސްޓިންކްޓްނުވެހުރީ ކިހިނެއް ކަމެއް ނޭނގޭ. ހިތަދޫގެ ހަމައެކަނި ރައްވަންތަ ކަމަކީ މަގުތަކަށް ހިޔާދޭ ގަސްތައް. އެމްޑީޕީ ކައުންސިލުން މަގުތަކުގައި ހުރި ހުރިހާ ގަހެއް ނައްތާލައިފި. ވޯޓް ހޯދަން ނާންނާތި ރައްޔިތުން ކާރިޔަށް.

    12
  3. ނިޔާ

    ހުޅުމާލެ މާލެ . ރާއްޖޭގެ އެހެން ރަށްރަށަށް ޖައްސާލަބަލަ. ގަސްހައްދާފަ މަގުތައް ރީތިކޮށްލާފަ އޮންނަގޮތް ފެންނާނެ. ގަހެއް ރުކެއް ހުރިއްޔާ ކަޑާލަާ ނައްތާލަން ހާދަ ފޯރި އެބަހުއްޓޭ. ވަޅުގަޑު ހެދި މަގުތަކުން ދުއްވާލެވޭވަރު ނުވޭ. ހޫނުގަދަކަމުން މަގުމަތީ ހިގާއުޅެވޭވަރެއް ނުވޭ..

  4. ލަކީ

    ޙެހެ ރަންގަޅު ވާހަކަ ދައްކާމީހާ ގޯސް މީ މިވާވަރަކީ ނުލާހިކު ހަނި ގޯޅިތަކުގަވެސް ހުރޭ ގަސް އިންދާފަ ވަރައް ދަތިވޭ ހަމަ

    1
    3
  5. Anonymous

    ކޮން ރަނގަޅު ވާހަކައެއް! މި ނިޒާރު ކުރީ ސަރުކާރުގަ އެހެރަ ރަށު އޮފީސް ކުރިމަތީ އޮންނަ ޕާކުން ރުކެއް ކަނޑާލައިގެން ފޮނު އެރުވި. މިހާރު ކިތައް ރުކާ ގަސް މީނާ ކަނޑާލައިފި. މީނާ ވީ ފެންނެތް ގަސް ނެތް ރަށަކަށް އަރުވާލަން

  6. ދާނިޝް

    ގަސްގަހާގެއްސަށް އެލާޖިކް ބައިގަނޑެއް ދިރިއުޅޭތަނެއް. މިބައިގަނޑު ގެންދަންވީ ކޮންމެވެސް އެހެން ތާކަށް. ތި ކަޓު އައްޑޫ ދުވަހަކުވެސް ތަރައްޤީއެއް ނުވާނެ. ތިހެން ގަސް ކަނޑާލަ ކަނޑާލަ ތިބޭ.

    • ފެން ނަގާ ދާނި

      އޭ ކޮން ބައިގަނޑެކޭ ކިޔާކަށް، ކަލޭގެ ތި ވިސްނުން ކަޓީ މި އައްޑޫގަ ނާގާބިލް މޭޔަރެއް ހުރުން އެއީ މުޅި އައްޑޫ ރައްޔިތުން ކަޓުވާކަމެއްނޫން އެހެން ނަމަ މި ރާއްޖޭ ވެސް ކަޓު ރާއްޖޭ ރައްޔަތުން ވެސް ކަޓު އެއީ ކަޓު އިބުރާހީމް މުޙައްމަދު ސޯލިހު އަށް ވޯޓުދިނީ ތީ
      ކަލޭ ކަހަލަ ކަޓު ހިޔާލުގެ މީހުން ތިބޭތީ ގޯހީ