ލ. މާންދޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސްވެރިންނަށް ފައިސާ ނުދޭތާ މަސްދުވަސް ވެފައިވާތީ މަސްވެރިން ކުރަމުން އައި މުޒާހަރާ ހޫނުވެ، ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފިއެވެ.

މާންދޫއިން މަސްވެރިންނަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވުމާއި އެކީ މަސްވެރިން މާންދޫ ފިޝަރީޒް ކޮންފްލެކްސް ކައިރީގައި މުޒާހަރާ ކުރަން ފަށާފައިވަނީ އިއްޔެއެވެ. މުޒާހަރާ ކޮށްގެން ވެސް މަސްވެރިން ބޭނުންވާ ގޮތަށް އެކަންކަން އެފަރާތްތަކުން ކޮށްދީފައި ނުވާތީ މިއަދު ވެސް މަސްވެރިން ވަނީ މުޒާހަރާ ކޮށްފައެވެ.

ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ހާނިމް "ވަގުތު" ވިދާޅުވީ، މިއަދު ވެސް މަސްވެރިން މުޒާހަރާ ކުރަމުން ދިޔައީ މަހަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ އެކަން ކޮށްދިނުމަށް ކަމަށެވެ. އަދި މިއަދު މާންދޫ ފިޝަރީޒް ކޮންޕްލެކްސްގެ ވެރިޔާ ޝިޔާމް އެބޭފުޅުންނަށް ޖަވާބުދާރީވުމަށް ޑިމާންޑް ކުރި ކަމަށް ވެސް ހާނިމް ވަނީ ވިދާޅުވެފައެވެ.

ހާނިމް ވިދާޅުވީ، މަސްވެރިން އެތަނުގައި މުޒާހަރާ ކުރަމުން ދަނިކޮށް އެކަން ކުޑަކޮށް ހޫނުވެފައިވާ ކަމަށެވެ.

"ކުޑަކޮށް ހޫނުވި މުޒާހަރާ. އެގޮތުން ބަހުގެ ހަމާތައް ދެފަރާތުން ވެސް ދެމުން ދަނިކޮށް ފުލުހުން ބާރުގެ ބޭނުން ކޮށްގެން ޕެޕަރ ސްޕްރޭ ޖެހޭ އެކަން ހުއްޓުމަކަށް ގެންނަން. އެފަރާތްތަކުން ވެސް މަތިން އޯޑަރު އައީމާ އެކަން ކުރާނެތާ" ހާނިމް ވިދާޅުވިއެވެ.

ހާނިމް ވިދާޅުވީ، މިއަދު ކުރި މުޒާހަރާގެ ތެރެއިން ދޯނިތަކުގެ ކެޔޮޅުންނާއި މަޝްވަރާ ކޮށް ފައިސާ ދެވޭނެ އިންތިޒާމް ހަމަ ޖައްސަމުންދާ ކަމަށް ހޮރއިޒަންއިން ބުނެފައިވާ ކަމަށެވެ.

"އެ ބޭފުޅުން ބުނެފި މިއަދު ފައިސާ ދިނުމަށް މަސައްކަތް ކުރާ ކަމަށް. އެކަމު އަނެއްކާވެސް ފައިސާ ލިބޭނީ މަސް ދުވަސްވީމަ ކަމަށް. އެގޮތެއް އަޅުގަނޑުމެން ބޭނުމެއް ނޫން. ހަފްތާއަކުން ހަފްތާއަކުން ފައިސާ ލިބުން ބޭނުންވަނީ. ނުވަތަ ކޮންމެ ދުވަހަކު ކިރާ މަހަށް ފައިސާ ދިނުން." ހާނިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަސްވެރި23

    އަހަރެމެން މަސްވެރިން ގެ ފައިސާކޮޅު ފޭޜިގަނެގެން އުޅޭތީ ބުނިހާ ވެސް އެއްޗަކީ ދޭންޖެހޭ ފައިސާ ދޭށޭ.މިދެން ބލ އެއް ނޫންތޯ.ތި ކުޅެނީ އެންމެފަހުން މަސްވެރިންގެލެޔާ.ދިވެހި ލޭނާރާ.ހަދާން ކުރާތި.އިންޝާﷲ މި ވެރިކަން ވޯޓުންނިމުމަކަށް ގެންނަށް ކުރަންޖެހޭ މަސައްކަތް ފާޅުގައި ފެށުމަށް ދިވެހި މަސްވެރިން ނުކުންނަވާ.ކެޑިހާ ބައިސާކޮބާ! ފައިސާކޮޅު ނުދީ ލާހިކު ކުޅަދާނައެއް ނޫން އުޅޭކަށް. މަސްވެރިން ތައްޔާރުތޯ؟ސިޔާސީ މަގާމުތައް ،ކުންފުނިތަކަށް ހާހުން ވަޒީފާދީ ،ވެރިކަން ރިޝްވަތުދީގެން ލިބިދާނެކަމަށް ތި ރާވާރޭވުން ދިވެހިން ނަށް ސާފު.މަސްވެރިން ތައްޔާރުތޯ؟ ލައިކްޖައްސަވާ!

    24
  2. އިބްރާހިމް

    މަސްވެރިންނަށް އެމްޑީޕީ ސަރުކާރުން ހަމައަގުދެނީ. ހައްގު މިންވަރު. ނޫއިޤްތިސާދު ، ރައްވެހިފަތިސް. ޕެޕަސުޕްރޭ.

    30
    4
  3. އިބްރާ

    މަސްވަންދެން އިބޫސާލިހށް ނުކައި ހުރެވޭނެތޯ؟

    25
    1
  4. އުގުރި

    ބޭނި މަސްކޮޅު ދީކިރާލާ ވަގުތުން ފައިސާދީ...

    18
    2
  5. ރަން ރީނދޫ

    މަސްވެރިންނަށް ފައިސާ ނުދޭ ސަރުކާރޭ ކިޔާ ބެނާ ދެމި މީހުން ވެރިކަމަށް އައިސް ،ލާރިކޮޅު ނުލިބިގެން ،އަޑު އުފުލި މަސްވެރިން ރޯނާގަންނުވައިފި.ހީހީ ހާހާ ހޯހޯ ނިނިނިނި.

    25
    2
  6. ނަމަ

    ޕެޕަރ ސްޕްރޭ އެއް ނޫނެއްނު ފައިސާ ދޭށޭ ބުނީމަ ކިހިނެން އެހެދީ

    10
  7. ކޮބާތަ މިމީހުން މަސް ބޭރުކޮށްގެން ލިބޭ ފައިސާތައް…ދެގުނަ ބޮޑުކޮށް ބޭރުކުރާއިރުވެސް ނޯވޭ މަސް ގަންނާނެ ފައިސާ ފޮއްޗެއްހާ މިންވަރުވެސް…ގާސިމްގެ ސިކުނޑީގަ ބަރަންޏެއް އޮޅިފަ ކަންނޭނގެ…

    15
    • ވަރަށް ބޮޑު ތެދެއް

      މަސްވެރިޔާ ލޯބޯ ފިއްސައިގެންނާއި، ގަދަ ވަޔާ ވިއްސާރައިގައި ބުރަ މަސައްކަތުން ބާނާ މަސް އެކަށިގެންނުވާ ކުޑަ އަގެއްގައި ގަނެލާފައި އޭގެ އެންމެ ފޮނިމީރުކަން ހޯދަނީ ބޭރަށް އެމަސް އެކްސްޕޯޓު ކުރާ މީހުން. އަދި ހަމަ އެމަސް ދަޅެއްގައި ބަންދު ކޮށްފައި، އެމަސް ބޭނި މަަސްވެރިޔާގެ އާއިލާ އަށް ވިއްކާލަނީ އެ މަސްކޮޅާ ނުބައްދަލު ބޮޑު އަގެއްގައި.

      12
      1
  8. ހުސޭނުބޭ

    މަ ހީކުރީ މަސްވެރިން މޫނަށް ޖެހީ ޑޮލަރުކަމަށް

    19
  9. އާނ

    ކޮވިޑް ތެރޭ މިނިސްޓަރުުންތައް ގޮވި އަޑު އެހިން "ނުނިވި ހުރި ހަމަ އެކަނި އިންޖީނަކީ މަސްްވެރިކަމޭ" ބަރާބަރު ދެދުވަސް ތެރޭ ހަނދާން ނެތިއްޖެ! މިހާރު ޗަ ހާވަނީ ކޯންޗެއް ކަލޯމެން؟؟

  10. އަލިމުތް

    މަދެން ހީހީ ބަނޑުގަ ގޮތްލައިފި. މަސްވެރިން ލައްކަ މޮޅުބަޔަކު ކަމަށް ވެރިކަމަށް މި މީހުން ގެނެސް ނުވިތާކަށް އެއްކޮށް މަޖިލިސް ދިނީމަ ލޮލަށް ޕެޕާ ސްޕްރޭ!

  11. ދޮގުވެރިއެމެރިކާނުން

    ފައިސާދެވޭނީ އެފައިސާއިން ފައިދާއެއްނެރެފަ ކަލޭމެން މަސްވެރިންތިބޭ ޗަންޗަނާ ބަލަން މިހާރު ސާފުވެއްޖެ އިބޫ 2023

    1
    3
  12. ލ

    ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވިސްނުންފުޅުތޫނު ކިޑްނީން ވިސްނާލާފަ މަސްވެރިން ލޮލައް ޕެޕާޖަހާފަ. ހައްދުންމައްޗައް ވޯޓްހޯދާން އާމަ އަހަރުން ވިސްނާނޫ ތަނބޮށިން ކަން ހަނދާން ބަހައްޓާތި. ހަންދާން ކުރާތި ޓްރާންސް ޕޯޓް މިނިސްޓަރާ އޭނާގެ ފިރިކަލުން ނަށް ދެވޭނީ 2 ވޯޓް ހައްދުން ނައްޓައި ހައްދުން މަތީ މަސްވެރިން ބިކަހާލުގަ ޖައްސާފަ އަހަރުން ކައިރިޔައް ވޯތައް ނޫމާތި އަޔަސް ނުދޭން.