ހުޅުމާލޭ ހުންނަ ރެހެންދި ސްކޫލުގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިގެން ދަރިވަރުން ސްކޫލުން ނެރެ، ސްކޫލް ހުސްކޮށްފިއެވެ.

އަލިފާނުގެ ހާދިސާ ހިނގީ ދަރިވަރުންނާއި ހެނދުނުގެ ދަންފަޅީގެ ކިޔެވުން ފެށެން ގާތްވެފައި ވަނިކޮށް އަލިފާނުގެ ހާދިސާ ހިނގީ އެ ސްކޫލުގެ ފަސް ވަނަ ފަންގިފިލާގައި ކަމަށް ބައެއް ބެލެނިވެރިން ބުނެއެވެ.

ނަމަވެސް އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ ފުރަތަމަ ފަންގިފިލާ އާއި ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާ ހިނގީ ރެހެންދި ސްކޫލުގެ ފުރަތަމަ ފަންގިފިލާ އަދި އެންމެ މަތީ ފަންގިފިލާ ގައި ހުރި ކަރަންޓް ބޯޑުގައި އަލިފާން ރޯވެގެން ކަމަށެވެ. ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން އަ07:19 ހާއިރު އަލިފާން ނިއްވާލި ކަމަށާއި އެއްވެސް މީހަކަށް މިހާދިސާގައި އަނިޔާއެއް ނުލިބޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ރާއްޖޭގެ ސްކޫލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން އެއީ ވަރަށް ނުހިނގާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސޫއޫދު

    ޢިމާރާތް ހަދާއިރު ހަދަނީ އޭރުއެތަނެއްގެ ނަގާލޯޑެއްބަލާ ކަރަންޓްވިއަސް ފަހުން މުޅިތަނައް ބަދަލަުގެއްނައިރު ނުބަލާތިބެ ބޮޑެތި މާކަރީލައިޓް ތަކާއޭސީ ފަދައެތައްބަދަލެއްގެނޭ އަދިބޮޑެތީ އިވެންޓްތައް ބާއްވާއިރު އެތައްލައިޓް ކައްކާ ކަރަންޓްސާމާންތައް ކާނިވާގޮތައްހަދާ ގެންދަނީ މާލެ ސުކުލްތަކުގެ ތެރެއިން ރަނގަޅުފެންވަރައް ފަޔާރްސިސްޓަމްހުރިތަނަކައްވާނެއެތަން

    10
    1
  2. ފިކުރީ

    7:19 ގައި ނޫން ތިކަމެއްވީ..7:00 ހާއިރު އޭރު ސެޝަން ނުވެސްފަށާ..

  3. ފިކުރީ

    7:19 ގައި ނޫން ތިކަމެއްވީ..7:00 ހާއިރު އޭރު ސެޝަން ނުވެސްފަށާ.. ސުކޫލުންވެސް މެސެޖްކުރި 7:08 ކުދިން ބަލާ އަންނަން.

    • ކީކޭ ދެން ބުނާނީ

      ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން އަ07:19 ހާއިރު އަލިފާން ނިއްވާލި ކަމަށާއި އެއްވެސް މީހަކަށް މިހާދިސާގައި އަނިޔާއެއް ނުލިބޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ...(07:19) އަލިފާން ނިއްވާލިކަމަށް ބުނާ ގަޑި ގަޑި ގަޑި ގަޑި

  4. މުހައްމަދު ހަސަން

    ވަރަށް ރަގަޅު އެއްވެސް ކުއްޖަކަށް ގެއްލުމެއް ނުވިކަން. ތިޔަށްވުރެ މާހަލުތު ދަށުގައި އޮތީ ޣާޒީ ސްކޫލްގެ ކަރަންޓް ވިއުގަ. ބައެއް ކްލާސްތަކުގައި ބޮކިވެސް ނުދިއްލޭ ކަރަންޓް ޝޯޓްވާތީ.

    17
  5. ކ. އަތޮޅުން

    ވަރަށް ރަނގަޅު ޚަބަރު ރަނގަޅަށް ކިޔާލަން.. 7:19 އަލިފާން ނިއްވީއޭ އޮތީ...އަދި ހެނދުނު ދަންފަޅި ކިޔަވަން ފެށެން ގާތް ވަނިކޮށް ކަމަށްވެސް އެއޮތީ ބުނެފަ އެކަމެއް ހިނގީ... ތަނެއް ދޮރެއް ނުބަލާ ވާހަކަ ދައްކާތީ ފިތުނަ ފަސާދަ އުފެދެނީ

    14
  6. ޙަަަހަ

    މިއަހަރު ކިޔެވުން ފެށުނީއްސުރެ ތިސްކޫލް ކްލާސް ރޫމްތަކަށް ފެންފައިބާ ، އެކަމަކު ވެރިއަކަށް ފެނިގެންތާވާނީ ، މިހާރު ސްކޫލްތައް ހިންގަންޖެހެނީ ބެލެނިވެރިން ، ކުލަލިއަސް ކަބަޑެއް ހޯދިއަަސް ބެލެނިވެރިން ބޮލަށްޖަހާފަ އޮންނަނީ ، ސިޔާސީ ޓީޗަރުން ތިތާގިނައީ

  7. ހަސަނު

    ސްކޫލްގެ ކަރަންޓަށް ދިމާވާ މައްސަލަތަށް ރަނގަޅު ސެޓިފައިޑް އިލެކްޓިރިޝަނަކު ލައްވާ ޙައްލުކުރުވުމަށްފަހު ހުރިހާ އިކްއިޕްމަންޓްތަކެއް ބަރާބަރަށް ޓެސްޓްކުރުންއެދެން.

    މިހާރު އިރުއިރުކޮޅާ ފަންގެފިލާތަކުން ބްރޭކަރ ވެއްޓޭ މަސްއަލާ ރަނގަޅަށް އިންވެސްޓިގޭޓްކުރުންވެސް އެދެން.

  8. ވިސްނާށޭ

    ގަވާއިދުން ކަރަންޓް ސާކިޓްތައް އިންސްޕެކްޓްކުރުން ތާވަލް ކުރުން މުހިއްމު.