ލ. މާންދޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސްވެރިންނަށް ފައިސާ ނުދޭތާ މަސްދުވަސް ވެފައިވާތީ ކުރަމުންދާ މުޒާހަރާގައި ބައިވެރިވި ދޯނިތަކަށް ފައިސާ ދިނުމަށް ހޮރައިޒަންއިން އެއްބަސްވެއްޖެއެވެ.

ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ހާނިމް "ވަގުތު" ވިދާޅުވީ، މާންދޫ ފިޝަރީޒް ކޮންފްލެކްސް ހިންގާ ކުންފުނި ހޮރައިޒަންއިން މިއަދު ހަވީރު 6:00 ގެ ކުރިން މަސްވެރިންނަށް ފައިސާ ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ހާނިމް ވިދާޅުވީ ހޮރައިޒަންއިން ފައިސާ ދޭނެ ކަމަށް ބުނީ މުޒާހަރާގައި ބައިވެރިވެފައިވާ 26 ދޯންޏަށް ކަމަށެވެ.

"އަޅުގަނޑުމެން މަޑުކޮށްލައިގެން މި ތިބީ މިއަދު 6:00 ޖަހަންދެން ފައިސާ ލިބޭނެ ކަމަށް. ފައިސާ ނުލިބިއްޖިއްޔާ އަނެއްކާވެސް މުޒާހަރާ ފަށާނަން." ހާނިމް ވިދާޅުވިއެވެ.

ހޮރައިޒަނުން މަސްވެރިންނަށް ފައިސާ ނުދޭތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ފައިސާ ނުލިބިގެން ގިނަ މަސްވެރި ދޯންޏަކުން މާންދޫގައި އިހްތިޖާޖް ކޮށްފައިވާއިރު އެ ފަރާތްތަކުން ގޮވާލާފައިވަނީ ކިރާ މަހަށް ބަރާބަރަށް ފައިސާ ދިނުމަށެވެ.

މަސްވެރިން ކިރާ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުން ވައުދުވެފައިވާ ކަމެކެވެ. ނަމަވެސް މަސްވެރިންގެ ކަންބޮޑުވުމަކީ ހަމަ އަގު ނުލިބުމެވެ. އަދި ތެލާއި އައިސް ނުލިބުމަކީ އެ ފަރާތްތަކުގެ ކަންބޮޑުވުމެކެވެެ