ރާއްޖޭގައި އައިސްއަށް ތައިދު ކުރާ މީހުން ހަމަލާ ދޭން ތައްޔާރު ކުރި ބައެއް ގޮވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހަމަލާއެއް ދޭން އުޅުނު މައްސަލައިގައި މިހާތަނަށް 14 މީހަކު ވަނީ ހައްޔަރުކޮށްފައެެވެ. އެ އެންމެންނަކީވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންނެވެ.

މި މައްސަލައާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެރަރިޒަމް އެންޑް ވަޔަލެންޓް އެކްސްްޓްރިމިޒަމް ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު ހަސަން ވިދާޅުވީ، ފުލުހުންނަށް ލިބުނު މައުލޫމާތަކީ ގޮވާ ތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ހަމަލާއެއް ދޭން އުޅޭ ކަމަށެވެ. އަދި ގޮވާ ތަކެތި ކަަމަށް ބެލެވޭ ތަކެތި ހައްޔަރު ކުރި މީހުންގެ އަތުން ނެގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުސްވަތު ވިދާޅުވީ، މިކަމުގައި ބޭރުގެ ބައެއްގެ ބައިވެރިވުމެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވި ނަމަވެސް އެކަން ބަލަމުންދާ ކަމަށެވެ.

"ގޮވާތަކެތި ބޭނުންކޮށްގެން ދޭން އުޅުނީ، އެ މީހުން ކުރި ކަންތައް ކާމިޔާބުވި ނަމަ، ގިނަބައެއްގެ ފުރާނަ އަށް އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށްވާތީ ޑިސްރަޕްޓް ކުރަން ޖެހުނީ". އުސްވަތު ވިދާޅުވިއެވެ.

މި ހަމަލާ ދޭން އުޅުނީ ކޮން ތަނެއްގައިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މައުލޫމާތު ދެެވެން ނެތް ކަމަށް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޒުވާރި ޒަރީރު

    ތީ ސަރުކާރާ އިންޑިއާ ގުޅިގެން މިރާއްޖޭ ގެރައްތަކުގައި ސްލުހަ ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ ސިފައިން ޑިޕްލޯއި ކުރަން ރާވައިގެން ކުޅޭ ޑްރާމާ އެއް!!

    38
    1
    • ސްގީ

      ތިއީ ހަމަވަރަށް އެކަށީގެންވާކަމެއް.

      12
      2
    • Anonymous

      އަނެއް ސްޓަންޓް...ދެން ތި ގުޅުވާ ރޯވި އަލިފާންގަޑާ މަރުވި 10 ބިދޭސީންނާ..ގުޅުވާފަ ބުނޭ ތި 14 މީހުން ރާވައިގެން ހިންގި ކަމަކޭ ހޫޅުޖެހުމަކީ. ޑެން އިންޑިއާއަށް ތި ހަބަރު ދައްކާފަ ތިމީހުންނަށް ދައުވާ ކުރޭ. އެއޮތީ ގޭމް ފިނިޝްވެފަ...ހިންދީ ޑްރާމާއެކޭ މި ފުލުހުން ޖަހާ ސަކަރާތެކޭ އެއްވަރު...ބޮޑު މުސީބާތެއް..އުވާލަންވި މުއައްސަސާއެއް..ބލއެއް

      17
      1
      • މަ

        އަސްލު ސްޓޯރީ އަކާ ވައްތަރު ތި ވާހަކަ

  2. Anonymous

    ހުސް ދޮގު

    19
    2
  3. Anonymous

    މިނޫންވެސް ދުވަހެއް އެބައޮތް ރޯ ބުހުތާނު ދޮގު ހަދާއިރު ތިހެންވިއްޔާ އޭސީ އާ ކަރަންޓު ސާމާން ހަދާ އެންމެން ހައްޔަރު ކުރަންވީ ތިބުނާ ބަޔަކު އެއްވެސް ބަޔަކަށް އުނދަގުލެއް ކުރަނީއެއްނުން އަމިއްލަ މަސައްކަތުން ހެދިކާ ހަދައިގެނާ މަސް ވިއްކައިގެން ދިރިއުޅެނީ ދެން ހަމަ ބަޔަކު އެއީ ހަރުކައްޓޭ ބުނާއިރު ހައްޔަރުކުރަނީ

    22
    2
  4. ރެކިދީ

    މިއުޅޭ ޝިމްބެއްޔާ ވެސް ގޮވާތިކިތި ގެންގުޅޭ އޭނާ ވެސް އޭސީ ހަދާ

    15
  5. މޮހޯ

    ކޮބާ ބޮޑިކޭމް ވީޑިއޯ؟

  6. ޖިހާދު

    ރޯބުހުތާނު ދޮގު

  7. ޅާމް

    ރާއްޖެއަށް އެންމެ ނުރައްކާތެރި އަދި ވަރުގަދަ ހަމަލާއެއް މިހާތަނަށްދިންކަމުގައި ގަބޫލު ކުރެވެނީ އަލަންގިރި އޭނާގެ ހަތިޔާރުން ދިން ހަމަލާއެވެ.

    13
  8. ޖިހާދު

    ތިޔަ އުޅެނީ މިތަނުގަ ރަސޫލާގެ ސުންނަތުގަ ހިފާގެންތިބި މީހުންނަށް ބިރުދަށްކަން އޭރުން އެކަންކަން މިތަނުން ނެތިގޮސް ދާނެތީ ކަމަށް ބަލާގެން ދެން އުމުރުން17އަހަރުގެ މީހަކަށް ޝުހާ ނަމާދު ދަމު ނަމާދު ފަދަ ނަމާދަށް ކޮށްލަން މިސްކިތަ ދާންވެސް ޖެހިލުން ވާނެ ތިޔައީގޭމް އެހެންނޫންނަމަ ފުލުހުންނަ އެކަން ހާމަކުރެވެން ޖެހޭނެ

    12
    1
  9. ޔާންޔާ

    ރާއްޖެއަށް އެންމެ ނުރައްކާތެރި އަދި ވަރުގަދަ ހަމަލާއެއް މިހާތަނަށްދިންކަމުގައި ގަބޫލު ކުރެވެނީ އަލަންގިރި އޭނާގެ ހަތިޔާރުން ދިން ހަމަލާއެވެ.

  10. ކިސް

    ތިއެއް ނުއެއް ފެންނާނެދޯ..ތިކަމުގައި އެއްވެސް ޕޮލިހަކު ސާމިލް ވޭތަ