ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ކޮންޓްރެކްޓާއި އަދި ސަރުކާރު ވަޒީފާތައް ގާތްތިމާގެ މީހުންނަށް ހޯދައިދީގެން އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންތައް ހޯދާނެ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ 2018 ވަނަ އަހަރު މަޖިލީހުން ފާސްކޮށް، ގެޒެޓް ކުރުމަށް ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ގަވާއިދެއް އަދިވެސް ގެޒެޓްކޮށްފައިނުވާ މައްސަލައިގައި މަޖިލީހުގެ މެންބަރުން ނުރުހުން ފާޅުކުރެއްވުމުންނެވެ.

ގަވާއިދު އެކުލަވާލާ ގެޒެޓު ކުރުމަށްޓަކައި 2018 ވަނަ އަހަރު ވަނީ މިނިސްޓްރީއަށް ފޮނުވާފައެވެ. އެކަމަކު، ގިނަ ދުވަސްތަކެއް ވެގެންދިޔަ އިރުގައި ވެސް ގަވާއިދު ގެޒެޓް ނުކުރާތީވެ، އެ ކޮމެޓީން ވަނީ 2020 ވަނަ އަހަރު އެ މައްސަލަ ބަލަން ފަށާފައެވެ. އެއަށް ފަހު ކޮމެޓީން ނިންމީ، އެކަން ރަނގަޅު ކުރުމަށް ހަފުތާއެއްގެ މުހުލަތެއް މިނިސްޓްރީއަށް ދިނުމަށެވެ

އެކަމަކު، އެއީ މަޖިލީހުގެ ގަދަރު ކުޑަކުރުން ކަމަށް ވިދާޅުވެ، ބައެއް މެންބަރުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ނުރުހުން ފާޅުކުރައްވާފައެވެ.

މެންބަރުން އެފަދައިން ވިދާޅުވާން ފެއްޓެވުމުން މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ ވިދާޅުވީ ސަރުކާރުން މަޖިލީހުގެ ގަދަރު ކުޑަކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި އެއީ މުޅި ޖުމްހޫރިއްޔަތަށް ވެސް ލިބޭ އުނިކަމެއް ކަމަށެވެ. އަދި، އެކަން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތިބޭ މެންބަރުން ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"މަޖިލީހުގެ ގަދަރާއި އިއްޒަތް މިގޮތަށް ކެނޑިގެންދާއިރު އަޅުގަނޑުމެން ހަތަރު ވަނާއަކަށް ވިއްކާލި ގަދަރަށް މި މަޖިލީސް ބާއްވައިގެން ތިބުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެސް، ޖުމްހޫރިއްޔަތަށް ވެސް ލިބޭ ވަރަށް ބޮޑު އުނިކަމެއް" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އެދޭހާ ގޮތަކަށް މެންބަރުން ކަންތައް ކުރައްވާ މައްސަލަ ހައްލުކުރެއްވުމަށްޓަކައި ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތިބި މެންބަރުންނަކީ ކޮބައިތޯ ބެއްލެވިދާނެ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ހޯދިދާނެ، މި މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ތެރެއިން އެކި ބާވަތުގެ ސަރުކާރުގެ ކޮންޓްރެކްޓްގަޔާއި އަދި، ވަޒީފާ ދެއްވާފައި ތިބި ބޭފުޅުންގެ. އެއީ އިއްޒަތްތެރި މެންބަރުން ފާހަގަކުރެއްވި ނުކުތާތަކަށް ބަލާ [ގަދަރު ކުޑަކުރިޔަ ނުދިނުމަށްޓަކައި]" އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހަށް ސަރުކާރުން ފޮނުވާހާ ބިލެއް، ފޮނުވިހާ ގޮތަކަށް ފާސްކުރަނީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތިބޭތީ ކަމަށް މެންބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންނަކީ އެކި ޒާތްޒާތުގެ ވިޔަފާރި ކުރައްވާ މެންބަރުންނެވެ. އަދި، ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގަން ވެސް އެފަދަ ކުންފުނިތަކާއި ހަވާލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކކ

    ހުސް ކޮރަޕްޓް މީހުން. ނަޝީދަކީ އެންމެ ކޮރަޕްޓް މީހާ.

    13
    1
  2. އަލީ

    ބޯކޮއް ކާލަނީ ދުވާލަކު ދެކޮންޓެއިނާ ހިންގާލާ ގުޅިގެން ތަރައްގީކޮއް މާލޭ މަގުތަކުގަ ހުރިގުދަންތަކާ ޝޯރޫމްތައް އަގުބޮޑު ކާރުތައްބެލީމައެގޭ ހިންގާލާވަރު ނަޝީދު ތިމީހުންގެ އަތުގަހިފާގެން ވޯޓްހޯދަން ނިކުތްއިރު ތިބީމާރުކޭޓް ހޮޓަލުން ހޫނުމަސްރޮއްޓެއްކޭގޮތައް މިހާރު ކޮފީބޯލަން ވެސް ކުރޮސްރޯޑް ނޫނީ ކޮއްމެވެސް ބުރޭންޑެއްގެ ރެސްޓޯރެންޓެއްގަ ހަމައެވަރުލިބޭތަނެއްތަ ތިތާހުރި ގޮނޑިތަކަކީ ނޫނީ ތިތަނުގެ ސަޔާކެއުންހުއްނަނީ ފިހުނު ޔޫއެސް ޑޮލަރުންތަ ބައެއް މީހުނަކީ ކުރިންވެސް ތަނަވަސްބައެއް ބޮޑެތިކުންފުނިތަކުގެ ވެރިން

  3. ޛިލޭ

    ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިކުރާމް ހަސަން

  4. ވެއްޓިދާނެތީ

    ކޮބާ ބޭނުމަކީ އެއީ ކޮންމެމްބަރުންނެއްތޯ ބެލުމުގެ ނުބެލިޔަސް ތިޔަތިބީ އެމެމްބަރުން ދިމާލައްފެންނަން ކާކައް އޮޅުވާލަން ކަމައްތަ ތިޔައުޅެނީ އަހަރެމެންނަކައް އޮޅުވައެއްނުލެވޭނެ ތިޔައީ ހަމަ ދެފަރާތުން ރާވައިގެންކުޅޭ ކުޅިވަރެއް

    5
    1
  5. ހުސޭނުބޭ

    އެބުނާ ލިސްޓްގެ ކުރީގައި ތިމާ އެބަ އޮތްކަން ދަންނާތި

  6. ޑައެލޯގް

    ނުބަލާނެ ތިކަމެއްވެސް ނުކުރެވޭނެއެވެ. ތިޔައީ 2023 އަންނާތީ ދައްކާވާހަކައެވެ.

  7. ދަރަނި ދަންތުރަ

    ބާރަށު ދާއިރާގެ މެންބަރު ބޮޑުވަގު އަހުމަދު އެތަށް ބަޔަކަށް މީނަގެ ނުފޫޒުން ވަޒީފާ ފުލެޓް ހޯދައިދިން މީނަގެ ޓޫ އޭ ކޮމްޕެނީ ފެނަކައިގެ އެތަށް ޕްރޮޖެކްޓް ތަކެއް ކޮރަޕްޝަނާ ފަސާދައިގެ އައްޕަ ، ބަނޑޮސް ރިސޯޓު ތިޖޫރީ ދަވާލި

  8. Anonymous

    އީވާ ގެ ދެމަފިރިންގެ މަސްލަހަތު އޮންނަ ކުންފުނި ތަކަށް (މިސާލަކަށް ރިޔަން ) މި ސަރުކާރުން ހަވާލުކޮށްފައި ހުރި މަސައްކަތްތަކުން ތިޔަ ލިސްޓު ފަށައިގަންނަން ފެނޭ!