ހުޅުމާލޭގެ ގެސްޓު ހައުސްތަކަށް ހާއްސަކޮށް ބީޗު ސަރަހައްދެއް ކަނޑައަޅަން ނިންމައިފިއެވެ.
ހައުސިން ޑިވޮލިޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ގެސްޓް ހައުސްތަކަށް ހާއްސަކޮށްގެން ކަނޑައަޅާ ބީޗު ސަރަހައްދެއް ކަމަށެވެ.
އެގޮތުން ގެސްޓު ހައުސްތަކަށް ހާއްސަކޮށް ކަނޑައަޅަން ނިންމާފައި ވަނީ ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ތީމްޕާކާއި ޖެހިގެން އޮތް ބީޗް ސަރަހައްދު ކަމަށް އެޗްޑީސީން ބުނެއެެވެ.
އެޗްޑީސީން ބުނީ އެ ނިންމުމަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އެދިލެއްވުމުގެ މަތިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ނިންމި ނިންމުމެއް ކަމަށެވެ.
ހަމަ އެހެންމެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ގެސްޓްހައުސް ވިޔަފާރިއަކީ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިއެއްކަމުން، މި ފަދަ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މުހިންމުކަމަކަށް ވުމުން، އެފަދަ ސަރަހައްދެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން އިތުރަށް ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އަދި އެ މަސައްކަތުގައި އެ ކޯޕަރޭޝަންގެ ފުރިހަމަ އެއްބާރުލުން އަބަަދުވެސް ލިބޭނެ ކަމަށެވެ.
މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށްރަށުގައި ގެސްޓު ހައުސްތައް ހިންގަމުންދާ އިރު އެ ގެސްޓު ހައުސްތަކަށް ހާއްސަކޮށް އެ ރަށްރަށުގައި ވެސް ބީޗުތައް ކަނޑައަޅާފައި ވެއެވެ.
އެންމެން އެރިއުޅޭ ބީޗްއެއް ވަކިބަޔަކަށް ކަޑައެޅުމަކީ އިންސާފެއް ނޫން ! ވަކިން މޫދަށް އެރި އުޅެން ބޭނުން ބަޔަކު ރެސޯރޓްތަކަށް ދިޔައިމަ ނިމުނީ !
އޮރިޔާން ވާން ބީޗް ހަދަނީ
އަނެއްކާ އަނެއް ލާރިގަނޑު ފެންފޮދަކާއި ނުލާ ދިރުވާލަން ތައްޔާރުވަނީ
މީނުބައިކަމެއް ފެޝުމުގެ ކޮޅުމަތި؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟ ...އޭ މުސްލިމުންނޭ އަދިވެސް ހޭއަރާކަށް ނުވޭތޯ......... ﷲ ގެ ކޯފާ އަކީ ކުއްލިއަކަށްއައްނައެއްޗެއްކަން ހަނދުމަ ކުރާށެވެ
ކުރިމަގުގައި ދެތިންލައްކަ ރައްޔިތުން އުޅޭނެ ކުޑަކުޑަ ތަނެއްގައި ތިފަދަ ބީޗެއް ހެދުމަކީ ވަރަށް ގޯސްކޮށް ކުރެވޭނެ ކަމަކަށް ވާނެ. އާންމު ރައްޔިތުންނަށް ނުފެނި ގެސްޓުން ތި ބީޗުގައި މިނިވަންކަމާއެކު އުޅެވިދާނެބާ!
ތިއުޅެނީ މުއްސަދިން ފައްޔާޒަށް ލާރިގަޑެއްދީގެން އެމީހުންނަށް ފައިދާވާގޮތަށް ކަމެއްކުރާށެވެ. ދެންބުނާނީ ރައްޔިތުންނަށް ޓްވަރިޒަމް ކުރިއަރުވާ ވާހަކައެވެ. ޓްވަރިސްޓުން ރާއްޖެނައުމަށް ބޭރުގަ މަސައްކަތްކޮށް ޓްވަރިޒަމް ބޯއިކަޓް ކުރަންއުޅުނުމީހުން ކިހިނެއް ތިކަންކުރިއަރުވަނީ އަމިއްލަ ފައިދާއަށް ނޫންގޮތަކަށް
އަހަރުމެން އާންމުން މޫދަށް އެރިލަން އޮތް ރީތި ތަންކޮޅު މަހުޖަނުންނަށް ދެނީ!